ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަރުވާލި ފެނަކައާއި، މޯލްޑިވިއަން މިދިޔަ މަހު ހިނގީ 14 މިލިއަން ރުފިޔާ ފައިދާގަ: ޝުޖާއު

ޝެއާރކޮށްލާ ކަހަލަދޯ؟

ނިމިދިޔަ ސަރުކާރުން ދަރުވާލި ފެނަކައާ މޯލްޑިވިއަން ވެސް ފާއިތުވި މަހު ހިނގީ 14 މިލިއަން ރުފިޔާ ފައިދާގައި ކަމަށްރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެރޭ ޕީއެންސީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ، ބައެއް ރަށްރަށުގަ ކަރަންޓު ކެނޑިގެން އުޅޭކަން އެނގ ިވަޑައިގަންނަވާ ކަމަށެވެ. އަދި އެކަންކަން ހައްލު ކުރުމަށް ކުރަމުންދާ މަސައްކަތާ، ހައްލު ކުރުމަށް ހުރި ގޮންޖެހުންތައް ވެސް މި ސަރުކާރުން ރައްޔިތުންނަށް ކިޔައިދޭނެ ކަމަށެވެ.

އެގޮތުން ފެނަކައަކީ މި ސަރުކާރާ ހަވާލުވިއިރު ވަރަށް ހާލުގަ އޮތް ކުންފުންޏެއް ކަން ފާހަގަކުރައްވާ ޝުޖާއު ވިދާޅުވީ އެ ކުންފުނި އޮތީ ހަތަރު ބިލިއަން ރުފިޔާއިން ދަރުވާލާފައި ކަމަށެވެ.

މިއަދު ރަށްރަށުގައި ކަރަންޓު އެ ކެނޑެނީ ފާއިތުވި ފަސް އަހަރު އިންޖީނެއް އޯވަރހޯލް ވެސް ކޮށްފައި ނުވާތީ ކަމަށާ މެންބަރުގެ ދާއިރާގައި އެ މައްސަލަ ވަރަށް ބޮޑުވެ އެކަން ހައްލު ކުރުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.

އަޅުގަނޑުގެ ދާއިރާގެ ދެ ރަށުގަ ކަރަންޓު ކެނޑެނީ. ބަލައިލިއިރު ވޭތުވެދިއަ ފަސް އަހަރު ދުވަހު އިންޖީނެއް އޯވަރހޯލް ކޮށްފަ ނެތް. އިންޖީނުގަ އިންނަ ފިލްޓަރު ދޮވެގެން ހަމަ އެ ފިލްޓަރު އަޅުވަމުން ދިޔައީ. އަޅުގަނޑުމެން އައިސް ފެނައިގެ ހިސާބުތައް ބަލައިލާ، ފޮތްތައް ބަލައިލިއިރު އިންޖީނަށް ބޭނުންވާ ފިލްޓަރު ހުންނަނީ ބަރާބަރަށް ގަނެފަ. ފިލްޓަރެއް ނުއެއް ދޭ ރަށްރަށަކަށް. މިއީ ހާލަތަކީ. އެހެންވީމަ ކަރަންޓު ކެނޑޭ ހާލަތު އަންނާނެ.

މި ސަރުކާރުން ދަތި އުނދަގޫ ހާލަތުގައި ވެސް ހޯދި ކުރިއެރުންތަކާ ކާމިޔާބީތަކަށް އިޝާރާތްކުރައްވާ ޝުޖާއު ވިދާޅުވީ ރައީސް މުއިއްޒުގެ ފަސް މަހުގެ ތަފާސްހިސާބަށް ބަލާއިރު އޮޕަރޭޝަނަލީ ފެނަކަ މިދިޔަ މަހު ހިނގަމުންދިޔައީ 14 މިލިއަން ރުފިޔާގެ ފައިދާގަ ކަމަށެވެ. އަދި އެއީ ކުންފުނި މެނޭޖްކުރަން މަސައްކަތް ކުރާކަމުގެ އަލިގަދަ ހެއްކެތް ކަމަށް ވެސް މެންބަރު ވިދާޅުވިއެވެ. އޭގެ އިތުރުން މޯލްޑިވިއަން އޮތީ ދެ ބިލިއަން ރުފިޔާއިން ދަރުވާލާފައި ނަމަވެސް މިދިޔަ މަހު އެ ކުންފުނި ވެސް ހިނގަމުންދިޔައީ 14 މިލިއަން ރުފިޔާގެ ފައިދާގަ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

އޭނާ ވަނީ މި އުނދަގޫ ހާލަތުން އެހެން ހާލަތަކަށް ބަދަލުވުމަށްޓަކައި މި ސަރުކާރުން ވަރަށް އުނދަގުލުގެތެރޭގައި މަސައްކަތް ކުރަމުންދާ ކަމަށާ އެކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތް ވަކިން ޚާއްސަކޮށް ފާހަގަކުރައްވާ، އެމަނިކުފާނަށް ޝުކުރުއަދާކުރައްވާފައެވެ.

ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ވެރިކަން ނިމުނުއިރު ގިނަ ކުންފުނިތަކުގެ ހާލަތު ދަށްވެ، ކުންފުނިތައް ދަރާފައިވާ ކަމަށާ ރާއްޖޭގެ އިގްތިސާދީ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް، މި ސަރުކާރުން ބުނެއެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: