ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމު އޮތް ހާލަތު އެނގިތިބެ އެމްޑީޕީ ދަނީ ސަރުކާރަށް ނަފްރަތު އުފައްދަމުން: ޝަރީފް

މެމްބަރު ޝަރީފް: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމުގެ ހާލަތު އެނގިތިބެ އެމްޑީޕީއިން ދަނީ ސަރުކާރާއިމެދު ނަފްރަތު އުފެއްދުމުގެ ގޮތުން އެކި ވާހަކަތައް ދައްކަމުންކަމަށް ހުޅުމާލެ އުތުރު ދާއިރާގެ މެމްބަރު ހުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ހަރުގެ ޖަލްސާގައި ހުސައިން ވަނީ ސަރުކާރާއި ދެކޮޅަށް އެމްޑީޕީން ކުރާ ތުހުމަތުތަކަށް ރައްދު ދެއްވައި، އެ ޕާޓީގެ މިދިޔަ ފަސް އަހަރުގެ ވެރިކަމަށް ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ، ވެރިކަމަށް 7 މަސް ވުމާއި ގާތަށް ގޮސްފައިވާއިރު ފެންނަމުންދަނީ ގައުމު އޮތް ހާލަތު އެނގިތިބެ އިދިކޮޅު މައި ޕާޓީ އެމްޑީޕީ ޕީއެންސީގެ ސަރުކާރާ މެދު ރައްޔިތުންގެ ތެރޭގައި ނަފްރަތު އުފެއްދުމަށް މަސައްކަތްކުރަމުންދާ މަންޒަރުކަމަށެވެ.

ޝަރީފް ވިދާޅުވީ، ފެންނަމުންދަނީ ނަފްރަތު އުފެއްދުމުގެ މަގުސަދުގައި ބޭނުން ގޮތަކަށް ވާހަކަތައް ތަރުތީބުކޮށްގެން، ގަސްތުގައި މަސައްކަތްތައް ކުރަމުންދާ މަންޒަރުކަމަށެވެ. އަދި އެ ޕާޓީގެ އަމަލުތައް ހުރީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް ކަމަށާއި އަމަލުތައް ހުރީ އެއްވެސް ވަރަކަށް ސިޔާސީ ބުރަދަނެއް ނެތް ބަޔަކު މީހުންގެ އަމަލުތައް ހުންނަ ގޮތަށް ކަމަށްވެސް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، އޭނާ ސިޔާސީ މަސައްކަތްތައް ފެއްޓެވީ 2020 ވަނަ އަހަރުގައިކަމަށެވެ. އަދި މަސައްކަތްތައް ކުރުމަށް ނުކުތީ ގައުމުގެ ދެކެ ވާ ލޯބީގެ ސަބަބުން އޭރު އިދިކޮޅުގައި އޮތް ޕީޕީއެމް ޕީއެންސީގެ ޕްލެޓްފޯމްއަށް ކަމަށް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، އެ ޕްލެޓްފޯމުގައި މަސައްކަތްތައް ކުރަމުން އައީ އަމިއްލަ އެޖެންޑާއެއް އޮވެގެން ނޫންކަމަށާއި ގައުމު ދެކެ ވާ ލޯބިގެ ސަބަބުން ދުނިޔޭގެ ސިޔާސީ އޮއެވަރު އޮތް ގޮތުން ބާރު ގަދަ ގައުމުތަކުގެ ނުފޫޒުގައި ރާއްޖެ ފަދަ ގައުމުތައް ޖެހޭނެކަން އެނގިވަޑައިގަންނަވާކަމަށް ވުމުންކަމަށެވެ. އޭނާ ވިދާޅުވީ، ސިޔާސީ މަސައްކަތްތަކަށް ނުކުތީ ގައުމުގެ ހާލަތަށް ރިއާޔަތްކޮށް އަަދާކޮށްދޭންޖެހޭ ފަރުދީ ޒިންމާއެއް އޮތްކަމަށް ގަބޫލުކުރެވޭކަމަށް ވުމުންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: