ކޮވިޑް ދުވަސްވަރު ދައުލަތަށް ހިލޭ އެހީގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ލިބުނު ކަމަށް ދައްކަމުން އައި ވާހަކަތަކަކީ ތާކުންތާކު ނުޖެހޭ ވާހަކަތަކެއްކަން އެނގޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އަބްދުﷲ ޝަރީފް ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ހަބަރަށް ފަހު ޕްރޮގްރާމްގައި ވާޙަކަދައްކަވަމުން މެމްބަރު ޝަރީފް ވިދާޅުވީ، ނިމިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގެ ދައުރުން ފެށިގެން ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގެ ދައުރު ނިމިގެންދިއުމާއި ދެމެދު އުފައްދާފައިވާ ވަރަށްވުރެ ބޮޑު ދަރަންޏެއް އުފައްދާފައިވާކަމަށެވެ.
ޝަރީފް ވިދާޅުވީ، ރާއްޖޭގައި ކޮންމެ އަހަރެއްގައިވެސް ބަޖެޓު އެކުލަވާލަމުންދަނީ ލިބޭނެ ކަމަށް ލަފާ ކުރާ އާމްދަނީ ފަދަ ކަންކަމަށް ރިއާޔަތްކޮށްކަމަށެވެ. އެހެންނަމަވެސް ނިމިދިޔަ އަހަރުގެ ތެރޭގައި 2024 ވަނަ އަހަރުގެ ބަޖެޓު ފާސްކޮށް ނިންމާލާފައިވަނީ ވަރަށް ގޯސްކޮށްކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެ މައްސަލައަށް އަލިއަޅުއްވާލަނީ ގައުމުގެ ތަރައްގީއަށް އެދޭ ރައްޔިތުން އެ މައުލޫމާތުތައް އެނގެން ބޭނުންވާތީކަމަށެވެ. އޭނާ ވިދާޅުވީ، ސިޔާސީ ގޮތުން ކަންތައް ތަކެއް ކޮށްފައިވާ ވާހަކަ ދައްކަވަންޖެހެނީ އެ ސަބަބާއި ގުޅިގެންކަމަށެވެ. އެހެންނަމަވެސް ކޮށްފައިވަނީ ސިޔާސީ ގޮތުންވެސް ކޮށްގެން ނުވާނެ ކަންކަން ކަމަށެވެ.
ޝަރީފް ވަނީ ރައީސް އިބްރާޙިމް މުހައްމަދު ސާލިހުގެ ވެރިކަމުގެ ފަހު ދުވަސްވަރު ހިންގާފައިވާ ބައެއް އަމަލުތަކުގެ މިސާލުތަކެއްވެސް ދެއްވާފައެވެ. އޭނާ ވިދާޅުވީ، ރައްޔިތުން އަބަދުވެސް ތަރައްގީއަށް އެދޭނެކަމަށެވެ. އެހެންނަމަވެސް އެކަން ކުރަންވާނީ ގައުމަށް ލިބޭ އާމްދަނީގެ މައްޗަށް ބިނާވެ އެކަންކަން ކުރަންޖެހެނީ ގައުމުގެ ރައްޔިތުން ސަލާމަތުން ތިބެކަމަށްވެސް ފާހަގަކުރެއްވިއެވެ. އަދި ގައުމިއްޔާތުގެ ސިފަ ހުންނަ މީހުން ކަންކަން ކުރާނީވެސް އެގޮތުގެ މަތިންކަމަށް ހިއްސާކުރެއްވިއިރު، ނިމިދިޔަ އަހަރުގެ ތެރޭގައި 2024 ވަނަ އަހަރުގެ ބަޖެޓު އެކުލަވާލި އިރު ހުރީ ސިޔާސީ މަގުސަދުތަކެއ ހާސިލުކުރުުގެ ގޮތުން އެތަކެއް ބައިވަރު މަޝްރޫއުތަކެއް ފައްޓާފައިކަމަށް އަލިއެޅުއްވިއެވެ.
ޝަރީފް ވިދާޅުވީ، ކޮވިޑް ދުވަސްވަރު ބޭރު ގައުމުތަކުން ގިނަ އަދަދެއްގެ ހިލޭ އެހީ ލިބުނުކަމަށް ބުނާ ވާހަކަތަކަކީވެސް ތާކުން ތާކު ނުޖެހޭ ވާހަކަތަކެއްކަން ރަނގަޅަށް އެނގޭކަމަށެވެ. އަދި ދައުލަތުގެ މާ މާލިއްޔާތުގައި އެވަގުތު ހުރި ފައިސާއިން މެނޭޖު ނުކުރެވިގެން ޕްރިންޓުކޮށްގެން ބޭނުންކުރިކަންވެސް އެނގޭކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެމްޑީޕީއަށް ގައުމުގެ ހާލަތު ރަނގަޅަށް އެނގޭނެކަމަށެވެ. އަދި ސޮވަރެއިން ޑިވެލޮޕްމެޓު ފަންޑުވެސް ހުސްކޮށްލާފައިހުރިކަން އެނގޭކަމަށްވާއިރު އެ ހާލަތުގައި ގައުމު އޮތް އިރު ރައްޔިތުން އިހުސާސްތަކާއި ކުޅެލުމަށްޓަކައި ސަރުކާރުން އެވަގުތެއްގައި އެ ރަށެއްގައި އެންމެ މުހިންމުވެފައި ހުރި ކަމެއް ދެނެގަތުމަށްފަހު ކުޑައެއް ބޮޑެއް ބެލުމެއް ނެތިބަޖެޓުކުރިކަމަށް ހިއްސާކުރެއްވިއެވެ.
އޭނާ ވިދާޅުވީ، ބައެއް ރަށްތަކުގައި ފަސް ވަރަކަށް ކްލާސްރޫމްގެ ސުކޫލު އިމާރާތްތައް ހަދަން ބަޖެޓުކޮށްފައިވާކަމަށެވެ. އަދި ބައެއް ރަށްތަކުގައި ގިނަ އަދަދެއްގެ މަގުތައް ހެދުމަށްވެސް ހިމެނިކަމަށް މައުލޫމާތު ދެއްވިއިރު ޓްރާންސިޝަން ޕީރިއަޑުގައި ޕިއެންސީއިން ދިން ބަޖެޓު ލަފާ ބަލައިގަތުމަށްފަހު އަމަލުކޮށްފައިވަނީ ދިމާ އިދިކޮޅަށް ކަމަށްވެސް ފާހަގަކުރެއްވިއެވެ. އ

