ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ މަގާމުތައް މަދުކުރަން ރައީސް ނިންމަވައިފި

ރައީސް މުއިއްޒު ކެބިނެޓް ބައްދަލުވުމުގައި : ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހަރަދުކުޑަކުރުމުގެ ގޮތުން ސިޔާސީ މަގާމުުތައް މަދުކުރުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ދިވެހިރާއްޖޭގެ މާލީ ހާލަތު ގޯސްވެފައިވާކަމަށްވުމުން ގިނަ މާލީ އިސްލާހުތަކެއް ހުށައެޅުމަށް ނިންމާފައިވާކަން ފިނޭންސް މިނިސްޓަރ ޑރ މުހައްމަދު ޝަފީގުވަނީ ހާމަކުރައްވާފައެވެ. ރައީސް ޑރ މުހައްމަދު މުއިއްޒު އަމިއްލަ އެކްސް އެކައުންޓު މެދުވެރިކޮށް ހިއްސާކުރެއްވިގޮތުން ދައުލަތުގެ ހަރަދު ކުޑަކުރުމަށްޓަކައި ސަރުކާރުންވަނީ ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ސަރުކާރުގެ ރިކަރެންޓް ހަރަދު ކުޑަކުރުމަށް އެކި ފިޔަވަޅު އެޅުމަށް ކަނޑައެޅިފައިވާކަމަށާއި އޭގެ ތެރޭގައި ސިޔާސީ މަގާމުތަކުގެ އަދަދުތައް މަދުކުރުމުގެ އިތުރުން އެކި މުނާސަބާތަކުގައި ބާއްވާ ހަފްތާތަކަށް ކުރާ ހަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުމަށްވެސް ހިމަނާފައިވާނެކަމަށެވެ.

ރައީސް ވިދާޅުވީ އިސްވެ ދެންނެވި ގޮތަށް އަމަލުކޮށް ކުރިއަށް އޮތް މިނިވަން ދުވަހުގެ ފުޅަނދު ބުރާއި ކުޅިވަރުތަކާއި ރިސެޕްޝަން ފަދަ ކަންކަންވެސް ނުބޭއްވުމަށް ނިންމާފައިވާކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ހަމައެކަނި ބާއްވާނީ މިނިވަން ދުވަހުގެ ޖަލްސާއެއް ކަމަށާއި އެތައް ގުނައަކުން ހަރަދުތައް ކުޑަކުރުމަށް ކަމާއި ބެހޭ ފަރާތްތަކަށް އަންގާފައިވާކަމަށެވެ. ރައީސް ވިދާޅުވީ، ބަޔާންކުރެއްވި ފިޔަވަޅުތަކުގެ އިތުރަށްވެސް ގިނަ ފިޔަވަޅުތަކެއް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އަޅުއްވާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: