ހަކުރު، ކިޑްނީ، އަދި ހިތުގެ ބަލިތަކަށް ހާއްސަ ބޭސް ތަކާއިމެދު ރާއްޖޭގެ ޑޮކްޓަރުންނާއި ނަރުހުން ގެ ހޭލުންތެރިކަން އިތުރު ކުރުމަށް އެސްޓީއޯ މެޑިކަލް ސާވިސަސް އިން ހާއްސަ ކޮންފަރެންސެއް ބާއްވައިފި.
އެ ކުންފުނިން ބުނެފައިވާގޮތުން މި ކޮންފަރެންސް ގެ މައިގަނޑު މަގްސަދަކީ އެސްޓީއޯއިން މިދިޔަ އަހަރު ސެޕްޓެމްބަރު މަހުގައި ރާއްޖެއަށް ތައާރަފް ކުރި އެސްޓްރާޒެނެކާ ބްރޭންޑް ގެ ބޭސްތަކުގެ ތެރެއިން ހަކުރުބަލީގެ ދެވަނަ ސްޓޭޖް ގެ ބަލިމީހުންނަށް ފަރުވާކުރުމަށް ހާއްސަ ބޭސް ތަކާއި ގުޅޭގޮތުން މައުލޫމާތު ދިނުމެވެ. އެގޮތުން އެއްބޭހަކީ ލޭގައި ހިމެނޭ ގުލޫކޯޒް ލެވެލް ކޮންޓްރޯލް ކުރުމަށް މުހިއްމު ރޯލެއް އަދާ ކުރާ ބޭހެއްކަމަށް އެމެރިކާގެ ގެ އެފްޑީއޭ އިން ނިންމާފައިވުމުން މިއާއި ގުޅޭ މުހިއްމު މައުލޫމާތު ރާއްޖޭގެ ސިއްހީ ދާއިރާގެ މަސައްކަތްތެރިންނަށް ފޯރުކޮށްދިނުން ކޮންފްރެންސްގެ މަގުސަދުތަކުގައި ހިމެނޭކަމަށް ބުނެފައިވެއެވެ.
100 އަށް ވުރެ ގިނަ ސީއްހީ ދާއިރާގެ މަސައްކަތްތެރިން ބައިވެރިވި މި ކޮންފަރެންސްގައި ރާއްޖޭގެ ފުންނާބު އުސް ޑޮކްޓަރުން ކަމަށްވާަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ ޑރ. މުހައްމަދު ސިރުހާން، ޑރ. އިބްރާހިމް ޝިހާމް، އަދި ޑރ. ޝަނީޒް ނަޖްމީ ވަނީ ހަކުރު، ކިޑްނީ، އަދި ހިތުގެ ބަލިތަކާއި ބެހޭ މުހިއްމު މައުލޫތުތައް ކޮންފްރެސްގައި ހިއްސާކޮށްފައިކަމަށްވެސް ބުނެފައިވެއެވެ.
އެސްޓީއޯ މެޑިކަލް ސާވިސަސް އަކީ އަބަދުވެސް ސިއްހީދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް ދާއިރާއާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކޮށްދީ ދާއިރާ ކުރިއެރުވުމަށް ގިނަގިނަ މަސައްކަތްތަކެއް ކުރަމުންއަންކުންފުންޏެއްކަމަށްވެސް ބުނެފައިވާއިރު، ކުންފުނީގެ މައިގަނޑު މަގުސަދަކީ ދިވެހި ރައްޔިތުންނަށް ފެންވަރު ރަނަގަޅު ބޭހާއި ވަސީލަތްތައް ފޯރު ކޮށްދީ ސިއްހީދާއިރާގެ ފެންފަރު އިތުރައް ހަރުދަނާ ކުރުންކަމަށްވެސް ބުނެފައިވެއެވެ.

