އިކޮނިމޮކް މިނިސްޓަރު މުހައްމަދު ސައީދު ޗައިނާއަށް ކުރެއްވި ދަތުރުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާ، ޗައިނާގެ ރައީސް ޝީ ޖިންޕިން އެއްބަސްވެވަޑައިގެންނެވި މުހިންމު އެއްބަސްވުން ތަންފީޒު ކުރުމުގައި އިތުރު ކުރިއެރުންތަކާ ފަސޭހަތައް ލިބިގެންދާނެ ކަމަށް، އެމްބެސެޑަރު ވަންގް ލިޒިންގް ވިދާޅުވެއްޖެއެވެ.
ސަމާ ޑާވޯސް ފޯރަމްގައި ބައިވެރިވުމަށް ޗައިނާއަށް މިނިސްޓަރ ސައީދު ބެއިޖިންގ ވަޑައިގެން ޑެއިލީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުކަމަށާއި، އެ ގަުއމުގެ އިތުރު ސިޓީތަކުން ރާއްޖެއަށް ކުރާ ސީދާ ދަތުރުތައް ވެސް އިތުރުކޮށްފައިވާ ކަމަށެވެ. ސައީދު ވިދާޅުވީ މިއީ ވިޔަފާރިއާއި އިގްތިސާދަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
އެ ދަތުރުގައި މިނިސްޓަރު ވަނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ޗައިނާ އިންޑަސްޓްރިއަލް އެންޑް ކޮމާޝަލް ބޭންކް (އައިސީބީސީ)ގެ ސީނިއާ އެގްޒެކެޓިވްސްއާ ބައްދަލުކުރައްވާފައެވެ.
އެ ބައްދަލުކުރެއްވުމަކީ މިއަހަރުގެ ޖެނުއަރީ މަހު ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގް އާއިއެކު ކުރެވުނު މަޝްވަރާތަކުގެ ތެރެއިން، ވިޔަފާރި އާއި އިޤްތިސާދު ގުޅުންހުރި މަޝްވަރާތަކުގައި ހުށައެޅިފައިވާ ކަންކަމާ ބެހޭ ގޮތުން ބޭއްވި ބައްދަލުމެކެވެ.
އެ ބައްދަލުވުމުގެ އިތުރުން ބުދަ ދުވަހު މިނިސްޓަރު ވަނީ ޗައިނާގެ މިނިސްޓަރ އޮފް ކޮމާރސް، ވޮންގ ވެންޓޮއޮ އާއި ވެސް ބައްދަލު ކުރައްވާފައެވެ. ބައްދަލުވުމުގައި ޗައިނާއާއި ރާއްޖެއާއި ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސް ވުމެއްގައި ސޮއި ކޮށްފައިވާއިރު ވިޔަފާރީގެ ދާއިރާއަށް ލުއި ފަސޭހަތަށް ގެނެއުމަށްޓަކައި ރާއްޖެއާއިއެކު ވިޔަފާރީގެ މުޢާމަލާތްތައް ގިނަ އަދަދަކަށް ހިންގާ ބޮޑެތި މާކެޓްތަކާއިއެކު، ކަރަންސީ ސެޓެލްމެންޓް އެރޭންޖްމަންޓްތައް ހެދުމަކީ ސަރުކާރުން އިސްކަންދެއްވާ ކަމެއް ކަމަށް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

