ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޯޓުތަކުގެ އިދާރީ މަސައްކަތްތައް ތަރުތީބު ވެގެންދިއުމަކީ އަދުލު އިންސާފު ގާއިމު ކުރުމަށް ލިބިގެންދާނެ ކުރިއެރުމެއް: އުއްތަމަ ފަނޑިޔާރު

ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޯޓުތަކުގެ އިދާރީ މަސައްކަތްތައް ތަރުތީބު ވެގެންދިއުމަކީ އަދުލު އިންސާފު ގާއިމު ކުރުމަށް ކުރާ މަސައްކަތަށް ލިބިގެންދާނެ ކުރިއެރުމެއް ކަމަށް ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އެޑްމިނިސްޓްރޭޓަރުންނަށް ބޭއްވި ކޮންފަރެސްގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނު ވިދާޅުވީ އެފަދަ ކޮންފަރެންސް އެއް ބޭއްވުމުގެ ބޭނުމަކީ ޝަރުއީ ކޯޓުތަކުގައި މަސައްކަތް ކުރައްވާ ހުރިހާ އެޑްމިނިސްޓްރޭޓަރުން އެއްތަނަކަށް އެއްވެ މަސައްކަތުގެ ތަޖުރިބާ ހިއްސާކޮށް ކޯޓުތަކުގެ އިދާރީ ކަންކަމުގައި ކުރިމަތިވާ ދަތިތަކާއި ގޮންޖެހުންތައް ހޯދައި ހައްލު ހޯދޭނެ މިސްރާބުތައް ކަނޑައެޅުން ކަމަށެވެ.

ގައުމަށް އަންނަ ބަދަލުތަކާއި ދުނިޔެއަށް އަންނަ ބަދަލުތަކާއި އެކު ކުރާ މަސައްކަތަށްވެސް ހެޔޮ ބަދަލުތަކެއް އަންނަން ޖެހޭ ކަމަށް މުއުތަސިމް ވިދާޅުވިއެވެ. މިހާރު އިންފޮމޭޝަން ޓެކްނޮލޮޖީއަށް ބަރޯސާވާ މިންވަރު އިތުރުކުރަން ޖެހޭ ކަމަށާއި އަދި ކަރުދާހުގެ ބޭނުން މަދުކުރަން ޖެހޭކަމަށް ވެސް މުއުތަސިމް ވިދާޅުވިއެވެ. ދައުލަތުގެ އެހެން އިދާރާ ތަކުން ކަންކަން ރަނގަޅުކޮށް ގެންނަ ބަދަލުތަކަކީ ކޮބާ ތޯ ބަލާ އެބަދަލުތަކާއި އެއްވަރަށް ފައިހަމަ ކުރަން ޖެހޭ ކަމަށް މުއުތަސިމް ވދާޅުވިއެވެ.

މުއުތަސިމް ވިދާޅުވީ އެޑްމިނިސްޓްރޭޓަރުންނަކީ ކޯޓުތަކަށް ހިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ހިދުމަތް ފޯރުކޮށްދޭން ތިބި ބައެއްކަން އަބަދުވެސް ހަނދާނުގައި ބަހައްޓަންޖެހޭ ކަމަށެވެ. އެއީ ފަނޑިޔާރުންނާއި އިދާރީ މުވައްޒަފުން ކުރައްވަނީ އެއް މަސައްކަތެއް ކަމަށާއި އެއީ އަދުލު އިންސާފު ގާއިމް ކުރުމުގެ މަސައްކަތް ކަމަށް މުއުތަސިމް ފާހަގަކުރެއްވިއެވެ.

އިދާރީ މުވައްޒަފުންގެ އެހީތެރިކަމާއެކީ ނޫނީ ފަނޑިޔާރުންނަށް އަދުލު އިންސާފު ގާއިމް ކުރުމުގެ މަސައްކަތް އެންމެ ފުރިހަމައަށް ނުކުރެވޭނެ ކަމަށް މުއުތަސިމް ވިދާޅުވިއެވެ.

ކޯޓު ތަކުގެ އިދާރީ ހިދުމަތްތަތއް ބައްޓަން ކުރަން ވަނީ ކޯޓުތަކަށް ހިދުމަތް ހޯދަން އަންނަ މީހުންނާއި ފަނޑިޔާރުންގެ ބޭނުން ތަކަށް ބަލާ މަސައްކަތް ކުރާ މުވައްޒަފުންގެ ހައްގުތައް ހިމާޔަތއް ކުރެވޭނެ ގޮތަކަށް. އެކިއެކި ކޯޓުތަކަށް ކުރާ ޒިޔާރާތްތަކުގައި އިދާރީ އިންތިޒާމުތަކާއި އިދާރީ ގޮތުން ދިމާވާ ކަންކަން އަޅުގަނޑާ ވަނީ ހިއްސާކުރެވިފަ. މި ވާހަކަ ތަކަކީ މި ކޮންފަރެންސްގެ ތެރޭގައި ފުޅާކޮށް ދެކެވެން ޖެހޭ ވާހަތަކެއް. މި ދަންނަވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ އުމްރާނީ ވަސީލަތްތަކާއި މުވައްޒަފުންގެ މުސާރާއިގެ ވާހަކަ ހިމެނޭ ގޮތަށް

ކޯޓުތަކަށާއި އަދި އިދާރީ މުވައްޒަފުންނަށް ގޮންޖެހުންތައް ހުރި ނަމަވެސް އަދުލު އިންސާފު ގާއިމު ކުރުމުގައި ކޯޓުތަކުގެ މުވައްޒަފުން ކުރައްވާ މަސައްކަތަށް މުއުތަސިމް ވަނީ ޝުކުރު ދަންނަވާފައެވެ. ޖުޑިޝަރީގެ ކަންކަން ހަރުދަނާކޮށް ރަންގަޅު ކުރުމަށް ޖުޑީޝަން ސާވިސް ކޮމިނަނުން އަދި ޑީޖޭއޭ އިން ކުރައްވާ މަސައްކަތްވެސް މުއުތަސިމް ވަނީ ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: