ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސުޕްރީމް ކޯޓަށް ފަނޑިޔާރަކު ހޯދުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން އިއުލާނުކޮށްފިއެވެ.

ޖޭއެސްސީން ނެރުނު އިއުލާނެއްގައި ވަނީ، ގާނޫނުއަސާސީގެ 148 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާދިނުމަށް ޓަކައި، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލައްވަން އެދިލައްވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުއްވުމަށް، ފަނޑިޔާރުންގެ ގާނޫނުގެ 17 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހުޅުވާލާފައިވާ ކަމަށެވެ.

އެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ މި މަހުގެ 8 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00ގައެވެ. ކޮމިޝަނުގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށް ވެސް އެޕްލިކޭޝަން ހުށަހެޅޭނެ އިންތިޒާމު ހަމަޖައްސާފައިވާ ނަމަވެސް ހާޑް ކޮޕީ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ސުންގަޑި ހަމަވުމުގެ ކުރިން އެ ކޮމިޝަނުގެ ކައުންޓަރަށް ހާޑްކޮޕީ ހުށަހެޅޭނެ ކަމަށް ވެސް ޖޭއެސްސީން ބުނެފައިވެއެވެ.

ސުޕްރީމް ކޯޓަށް ފަނޑިޔާރަކު ހޯދަން އިއުލާނުކޮށްފައި މިވަނީ އެ ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސެއިން ރިޓަޔަރކުރައްވަން ނިންމެވުމާ ގުޅިގެންނެވެ.

ޖޭއެސްސީން މީގެ ކުރިން ބުނެފައިވާ ގޮތުގައި، ފަނޑިޔާރުންގެ ރިޓަޔަރމަންޓް ގަވާއިދުގެ ދަށުން ބަލަންޖެހޭ އެންމެހައި ކަންކަން ބެލުމަށްފަހު، އެމަނިކުފާނު އެދިވަޑައިގެންނެވި ފަދައިން 1 ޑިސެންބަރު 2026 އިން ފެށިގެން ޝަރަފުވެރިކަމާއެކު ރިޓަޔަރކޮށްދެއްވުމަށް ނިންމެވީ، މިދިޔަ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހު ބޭއްވުނު ޖޭއެސްސީގެ ޖަލްސާގައެވެ.

ފަނޑިޔާރު އަލީ ރަޝީދުގެ އިތުރުން، މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ތިއްބަވަނީ އުއްތަމަފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު، ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް، ފަނޑިޔާރު ހުސެއިން ޝަހީދު، ފަނޑިޔާރު އަބްދުﷲ ހަމީދު އަދި ފަނޑިޔާރު މުހައްމަދު ސަލީމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: