ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަތަރު މެޖިސްޓްރޭޓު ކޯޓަކަށް މެޖިސްޓްރޭޓުން އައްޔަންކޮށްފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިމާރާތް/ ފޮޓޯ: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

އަތޮޅުތެރޭގެ ހަތަރު މެޖިސްޓްރޭޓު ކޯޓަކަށް މެޖިސްޓްރޭޓުން އައްޔަންކޮށްފިއެވެ.

މެޖިސްޓްރޭޓް ކޯޓުތަކަށް ފަނޑިޔާރުން ހޯދުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން 2026 އޮގަސްޓް 03 ގައި ކޮށްފައިވާ އިއުލާނުގެ ދަށުން ފަނޑިޔާރުކަމަށް ޝައުގުވެރިކަން ފާޅުކޮށް ކުރިމަތިލެއްވި ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ކޮމިޝަނަށް ލަފާ އަރުވާފައިވާ ބޭފުޅުން އައްޔަންކުރަން ނިންމީ 12 އޮކްޓޯބަރުގައި ބޭއްވި އެ ކޮމިޝަނުގެ ޖަލްސާގައެވެ.

އެގޮތުން އެ މަގާމުތަކަށް އައްޔަންކުރި ބޭފުޅުން މަގާމުގެ ހުވާކުރެއްވީ އިއްޔެއެވެ.

މެޖިސްޓްރޭޓް ކަމަށް އައްޔަންކުރެއްވި ބޭފުޅުންނަކީ:

  • ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް އަލްއުސްތާޒާ މަރިޔަމް ޢާސިރާ
  • ބ. އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް އަލްއުސްތާޒު ޙުސައިން ރަމީޒު
  • ހއ. ހޯރަފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް އަލްއުސްތާޒު ފަތުޙުﷲ ޢަލީ
  • ބ. ގޮއިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމަށް އަލްއުސްތާޒާ ދިޔާނާ މަޖީދު

އެ ބޭފުޅުންނަށް މަގާމުގެ ހުވައި ލައިދެއްވީ ސުޕްރީމްކޯޓުގައި ބޭއްވުނު ރަސްމިއްޔާތުގައި ސިވިލް ކޯޓުގެ އިސް ޤާޟީ އަލްއުސްތާޛާ މަރްޔަމް ވަޙީދުއެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: