ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސައިބާ ކްރައިމާ ގުޅުންހުރި ކުށްތައް ކަނޑައެޅުމަށް ގާނޫނުލްއުގޫބާތަށް އަނެއްކާ ވެސް އިސްލާހެއް

ޝެއާރކޮށްލާ ކަހަލަދޯ؟

ސައިބާ ކްރައިމާ ގުޅުންހުރި އަމަލުތައް އެއީ ކުށް ކަމުގައި ކަނޑައެޅުމަށްޓަކައި ގާނޫނުލްއުގޫބާތަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް އަނެއްކާ ވެސް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.

ސައިބާ ކްރައިމާ ގުޅުންހުރި އަމަލުތައް ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް އިތުރު ކުރާ ކުށްތަކުގެ އިސްލާހަކީ މިދިޔަ ސަރުކާރުން ތައްޔާރުކޮށް، 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާހެކެވެ. ނަމަވެސް، ދައުރު ނިމުނީ އެ ބިލާ މެދު އެ މަޖިލީހުގައި ވަކި ގޮތެއް ނުނިންމައެވެ.

މި އިސްލާހުގައި ގާނޫނުލްއުގޫބާތުގެ 230 ވަނަ ބާބުގެ ފަހަތަށް ކޮމްޕިއުޓާ އަދި ކޮމްޕިއުޓަރާ ގުޅުންހުރި ކުށުގެ ނަމުގައި ބާބެއް އިތުރުކޮށްފައިވެއެވެ.

ސަރުކާރުގެ ފަރާތުން މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ ހުށަހެޅުއްވި އެ ބިލުގައި ވާގޮތުން ހުއްދަނެތި ކޮމްޕިއުޓާ ސިސްޓަމަކަށް އެކްސެސް ވުމާ، ހުއްދަނެތި ކޮމްޕިއުޓާ ޑޭޓާ އިންޓަސެޕްޓްކުރުން އަދި ޑޭޓާއަށް އިންޓަފިއާ ކުރުން ވެސް އެއީ ކުށެއް ކަމުގައި ކަނޑައެޅިގެން ދާނެއެވެ.

އޭގެއިތުރުން، އިތުރު ކުށެއް ކުރުމަށް މަގުފަހިކުރުމުގެ ނިޔަތުގައި ހުއްދަނެތި ކޮމްޕިއުޓާ ސިސްޓަމަކަށް އެކްސެސްވުމާއި، ހުއްދަ ނެތި، ސިސްޓަމަކަށް އިންޓަފިއާ ކުރުން، ސައިބާވަޔަލަންސްގެ އަމަލުތައް އަދި ނަހަމަގޮތުގައި ޑިވައިސްތައް ބޭނުންކުރުމަކީ ވެސް ކުށުގެ ގޮތުގައި މި ބިލު ފާސްވުމާއެކު ކަނޑައެޅިގެންދާނެއެވެ.

މި ބިލުގައި ކުށުގެ ގޮތުގައި ފާހަގަކޮށްފައިވާ އިތުރު ކަންކަމުގެތެރޭގައި ކޮމްޕިއުޓަރާ ގުޅުންހުރި ފޯޖަރީގެ އަމަލުތަކާ، އޮޅުވާލުމުގެ އަމަލުތައް އަދި ކޮޕީރައިޓާ އެއާ ގުޅޭ އެހެނިހެން ހައްގުތަކަށް އަރައިގަތުމުގެ އަމަލުތައް ހިމެނެއެވެ.

އިސްލާހުގައި ބުނީ، އެ އަމަލުތަކަކީ ކުށެއް ކަމުގައި ކަނޑައެޅި ނަމަވެސް ކޯޓު އަމުރެއްގެ ދަށުން ނުވަަތަ ގާނޫނަކުން ބާރު ލިބިގެން ދޭ ހުއްދައެއްގެ ދަށުން އެކްސެސް ކުރުމަކީ ކުށެއް ކަމުގައި ނުބެލެވޭނެ ކަމަށެވެ. އަދި އެފަދަ ކުށަކަށް އަރައިގެންފި ނަމަ އަހަރަކަށް ވުރެ ގިނަ ދުވަހަށް ޖަލަށް ލުމުގެ އަދަބު ކަނޑައެޅުމަށް ވެސް އެ އިސްލާހުގައި ވަނީ ހުށަހަޅައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: