ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީސީބީން ބެލިޔަސް ކުންފުނިތަކުގެ ވެރިންނަށް ކުރާ ތުހުމަތުތައް މަޖިލީހުން ވެސް ބަލަންޖެހޭ: ނާޒިމް

ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ހިއްސާވާ ކުންފުނިތައް ނުވަތަ އެސްއޯއީތަކުގެ ވެރިންނާ މެދު ސޯޝަލް މީޑިއާގައި ކުރާ ކޮރަޕްޝަންގެ ތުހުމަތުތައް ޕްރައިވެޓައިޒޭޝަން ބޯޑް (ޕީސީބީ)ން ބަލަމުންދާ ކަމަށް ބުނި ނަމަވެސް، އެކަން ރައްޔިތުންގެ މަޖިލީހުން ބަލައި ޔަގީންކުރަންޖެހޭނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ކުންފުނިތަކުގެ މާލީ ހާލަތު ސީދާ މާލިއްޔަތު ކޮމިޓީން ބެލުމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވަނީ ބުދަ ދުވަހުގެ މާލިއްޔަތު ކޮމިޓީގައި ހުށަހަޅުއްވާ ޚިޔާލުފާޅު ކުރައްވާފައެވެ.

އެކަމަށް ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ އަންގާރަ ދުވަހު ޕީސީބީގެ ވެރިންނާ ވާހަކަދެކެވުނުއިރު، ވާހަކަދައްކަން ވާނީ ކަޅާ ހުދުންނޭ އޭނާ ވިދާޅުވިކަމަށެވެ.

އަޅުގަނޑުމެން ސުވާލު ވެސް ކުރާނީ ކަޅާ ހުދުންނޭ. ކަޅާ ހުދުންނޭ ޖަވާބު ވެސް ދެއްވަން ވާނީ.

ނާޒިމް ވިދާޅުވީ އެ ބައްދަލުވުމުގައި ވެރިކަމެއްގެ ފަސް އަހަރު ޚިޔާނާތްތެރިވެފަ ހުރިވަރު މިންވަރު އެނގި ހާމަވަނީ އެ ފަސް އަހަރު ނިމުމުން ކަން ފާހަގަކުރައްވާފައިވާނެ ކަމަށާ ފެނަކައިން ވެސް ހަތަރު ބިލިއަން ރުފިޔާ ގެއްލި، ދަރަނިވެރިވެގެން ދިޔައިރު އެބޭފުޅުން ތިއްބެވި ވާހަކަ ދެންނެވި ކަމަށެވެ. އަދި މި ފަސް އަހަރު ނިމުމުން، މި ފަސް އަހަރުގެ ވާހަކަ އަޑުއަހަން ބޭނުން ނުވާ ކަމަށް ޕީސީބީއަށް ދެންނެވި ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ މިހާރުވެސް ކުންފުނިތަކުގެ ކަންތައް ގޯސްކޮށް ދާނަމަ އެ ބޭފުޅުން އެކަން ހުއްޓުވާނަންތޯ ސުވާލު ކުރެއްވި ކަމަށެވެ. އަދި އެބޭފުޅުންގެ ބެލެނިވެރިކަމުގެ ދަށުގައި މި ފަސް އަހަރު އެފަދަ ކަންކަން ނުހިގާނެ ކަމުގެ ޔަގީންކަމާ ގެރެންޓީ ދިނުމަށް ވެސް އެދިވަޑައިގެންފައިވާ ކަމަށެވެ.

އަނެއްކާ އަނެއް ކުންފުނިން ހަތަރު ބިލިއަން ރުފިޔާ ނުގެއްލޭނެ ކަމަށް. ދަރުވާނުލާނެ ކަމަށް.، ދެން ވިދާޅުވި އާނއެކޭ. އެހެން ނަމަވެސް އެކަންކަން އަޅުގަނޑުމެން ޔަގީންކުރަން ޖެހޭނެ. އެހެންވީމަ އަޅުގަނޑު ދެންނެވިން މިހާރުވެސް އިވެމުންދާ އަޑުތަކާ ކަންތައްތައް ތަހުގީގު ކުރެވޭނެ ނިޒާމެއް އެބައޮތްތޯ އޭ. މިހާރު ދެން މީ ސޯޝަލް މީޑިއާގެ ޒަމާން. އަޅުގަނޑުމެންނަށް އެބަ އަޑު އިވޭ ކުންފުންޏަކުން ކުންފުނީގެ ކްރެޑިޓް ކާޑު އެމްޑީއަކު ބޭނުން ކުރައްވައިފިއޭ. 

ނާޒިމް ވިދާޅުވީ ޕީސީބީން އެ މައްސަލަތައް ބަލައި، އެކަންކަން އިސްލާހު ކުރާނެ ކަމަށް ބުނި ނަމަވެސް އެކަން މަޖިލީހުން ވެސް ކަށަވަރުކޮށް ބަލަންޖެހޭ ކަމަށެވެ. ނާޒިމް ތަކުރާރުކޮށް ވިދާޅުވީ ކޮންމެ ވެރިކަމެއްގައި ވެސް ހިޔާނާތްވި އަދަދު ސާފުވަނީ ފަސް އަހަރުގެ ދައުރެއް ނިމި އާ ބަޔަކު ވެރިކަމާ ހަވާލުވުމުން ކަމަށާ އޭގެ ކުރިން އެބަޔަކު ވެރިކަމުގައި ތިއްބާ މުއައްސަސާތަކުން އެކަން ހުއްޓުވަން މަސައްކަތް ނުކުރާ ކަމަށެވެ. ނަމަވެސް މި ވެރިކަމުގައި އެކަން އެހެން ވިޔަ ނުދިނުމަށް މަޖިލީހުން މަސައްކަތް ކުރަން ޖެހޭނެ ކަމަށް މެންބަރު ވިދާޅުވިއެވެ. 

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: