ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވީއައިއޭގައި ވެލްކަމް މޮނިއުމެންޓެއް ބަހައްޓައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ”ވެލްކަމް“ މޮނިއުމެންޓެއް ބަހައްޓައިފިއެވެ.

ވީއައޭގައި ބޭއްވި ރަސްމިއްޔާތެއްގައި މިއަދު ވަނީ އެ މޮނިއުމެންޓް ހުޅުވާފައެވެ. އެ މޮނިއުމެންޓް ހުޅުވައި ދެއްވީ އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދާއި އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުން ކަމަށްވާ މުހައްމަދު ލަމްއާން އަދި މުޖުތަބާ ލަތީފެވެ.

އެ މޮނިއުމެންޓް ހުންނަނީ ބްރިޖުން އެއާޕޯޓަށް ދިއުމަށް ދަތުރުކުރާ މަގުގެ މެދުގައި ހުންނަ ޕޮލިސް ޕޯޓް ކައިރީގައެވެ.

އެ މޮނިއުމެނޓްގައި ވީއައިއޭގެ ނަން ޖަހާފައިވާއިރު ވަގުތު އިނގޭނެހެން ގަނޑިއެއް ވެސް ބަހައްޓާފައިވެއެވެ. ވީއައިއޭގެ އާ ޓާމިނަލްގައި ބޭނުންކުރާ ދިވެހި ގަލުވަޑާމުގެ ޑިޒައިން މި މޮނިއުމެންޓުގައި ވެސް ވަނީ ބޭނުންކޮށްފައެވެ.

އެމްއޭސީއެލްއިން ބުނީ އެ މޮނިއުމެންޓްގައި ހަރުކޮށްފައިވާ އެލްއީޑީ ސްކީނުން އެއާޕޯޓްގައި މިހާރު ކުރިއަށްދާ ކަންތައްތައް ދައްކުވައިދޭނެ ކަމަށެވެ. އަދި މިއީ އެއާޕޯޓްގެ މަލަމަތި ރީތިކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ބެހެއްޓި މޮނިއުމެންޓެއް ކަމަށެވެ.

އޭގެ އިތުރުން އެމްއޭސީއެލްއިން ބުނީ ކަސްޓަމަރުންނަށް ފަސޭހަވާނެހެން އެއާޕޯޓްގެ ތްރެފިކް ފްލޯއަށް ބަދަލުތައް ގެނެއުމުގެ މަސައްކަތް ވެސް އެ ކުންފުނިން ކުރަމުންދާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: