ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަމާލުވޭ! ހަޔަރ އެޑިއުކޭޝަންގެ ނަމުގައި އޮޅުވާލައިގެން ދަރިވަރުން އަތުން ފައިސާ ހޯދަނީ

ދަރުބާރުގޭގައި ބޭއްވި ވިލާ ކޮލެޖުގެ ދަސްވެނިވުމުގެ ރަސްމިއްޔާތެއްގެ ތެރެއިން - ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ވިސާ ހަމަޖެއްސުމާއި ޓިކެޓް ގަތުންފަދަ ކަންކަމާއި، އެހެނިހެން ބައެއް ކަންކަން ކުރުމަށް ފައިސާ ބޭނުންވާކަމަށް ބުނުމާއެކު ދަރިވަރުންނަށް ފައިސާ ދޫކުރުން އަވަސް ކޮށްދެވޭނީ ފައިސާ ދިނުމުންކަމަށް ބުނެ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދަމުންދާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

އެ މިނިސްޓްރީން ބުނީ ސަރުކާރުން ދޭ ސްކޮލޮޝިޕަށް، ލޯނު ހޯދުމަށް އެދިފައިވާ ނުވަތަ ލޯނު ދިނުމަށް ހޮވިފައިވާ ދަރިވަރުންނާ ގުޅައިގެން މަކަރާއި ހީލަތުން ފައިސާ ހޯދަން އެދެމުން ދާކަން އެ މިނިސްޓްރީގެ ސަމާލުކަމަށް ވަނީ އައިސްފައިވާ ކަމަށެވެ.

ސަރުކާރުން ދޭ ސްކޮލޮޝިޕަކަަށް ވިޔަސް ނުވަތަ ލޯނަކަށް ވިޔަސް ދަރިވަރަކު ހޮވުމަކަށް، އަދި ހޮވިފައިވާ ދަރިވަރެއްގެ އެއްވެސް ކަމަކަށް މިނިސްޓްރީއަށް، އެއްވެސް ދަރިވަރަކު، އެއްވެސް ކަމަކަށް، ފައިސާއެއް ދައްކާކަށް ނުޖެހޭނެ ކަން ފާހަގަކޮށް މިނިސްޓްރީން ބުނީ އެއްވެސް ކަމެއް އަވަސް ކުރުމަކަށް ވެސް ފައިސާ ދައްކަން ނުޖެހޭނެ ކަމަށެވެ.

މިނިސްޓްރީން ބުނީ ދަރިވަރުންނާއި ގުޅޭ ކަންކަމުގައި އެ މިނިސްޓްރީން މުއާމަލާތް ކުރަމުންދާނީ އެކަމަށް ޚާއްސަކޮށްފައި އޮންނަ އުސޫލުގެ ތެރެއިން ކަމަށެވެ. އެގޮތުން މުއާމަލާތް ކުރާނީ ޕޯޓަލް މެދުވެރިކޮށް ނުވަތަ އީމެއިލްގެ ޒަރީޢާއިން ކަމަށާ ކޮންމެހެން ގުޅަން ޖެހިގެން ބައެއް ޙާލަތްތަކުގައި ފޯނުން ވެސް ގުޅަން ޖެހިއްޖެނަމަ ގުޅާނެ ކަމަށެވެ.

ހަޔަރ އެޑިއުކޭޝަނުން ބުނީ، އެހެންކަމުން، ދަރިވަރެއްގެ އެއްވެސް ކަމަކާ ގުޅޭގޮތުން ކޯލެއް ލިބިއްޖެ ނަމަ އެ ގުޅާ ނަންބަރަކީ މިނިސްޓްރީގެ ނަންބަރެއްކަން ޔަޤީންވާ ނުވާ ނަމަ ނުވަތަ ގުޅާ މީހަކީ މިނިސްޓްރީގެ މުވައްޒަފެއްކަން ކަށަވަރުކު ނުވާ ނަމަ އެއްވެސް ޒާތީ މަޢުލޫމާތެއް ހިއްސާ ނުކުރުމަށް އެދޭ ކަމަށެވެ. އަދި އެއްވެސް ޙާލަތެއްގައި ފައިސާގެ އެއްވެސް މުއާމަލާތެއް ނުކުރުމަށް ވެސް އެދިފައިވެއެވެ.

އެ މިނިސްޓްރީން ބުނީ ހަޔަރ އެޑިއުކޭޝަނުން ދަރިވަރުންނަށް ދޭ އެއްވެސް ޚިދުމަތަކީ އެކަމަށް ދަރިވަރުންގެ ފަރާތުން އެއްވެސް އަގެއް ދައްކަން ޖެހޭ ޚިދުމަތެއް ނޫން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: