ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”މިއީ ދިވެހި ދަރިވަރުންނަށް ފެންވަރު ރަނގަޅު މަތީ ތަޢުލީމާއި ތަމްރީނު ހާޞިލުކުރުމަށް ލިބޭ ރަނުގެ ފުރުސަތެއް“

ޝެއާރކޮށްލާ ކަހަލަދޯ؟

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްއާއި މެލޭޝިޔާގެ އެޑިޔުކޭޝަން މިނިސްޓްރީގެ ދަށުން ހިންގާ އެޑިޔުކޭޝަން މެލޭޝިޔާ ގްލޯބަލް ސަރވިސެސް (އީއެމްޖީއެސް) އިން ދިވެހިރާއްޖެއާއި މެލޭޝިޔާގެ މަތީ ތަޢުލީމު ކުރިއެރުވުމުގެ އެއްބަސްވުމުގައި ސޮއި ކުރެވިގެން ދިޔުމަކީ ހަމައެކަނި މާލީ އެހީފޯރުކޮއްދިނުމުގެ ގޮތުން ސޮއިކުރެވޭ އެއްބަސްވުމެއް ނޫންކަމަށް މިނިސްޓްރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވެފައިވަނީ މެލޭޝިޔާގެ އީއެމްޖީއެސްއާއި މިނިސްޓްރީއާއި ދެމެދު މަތީ ތަޢުލީމު ކުރިއެރުވުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައެވެ.

މިނިސްޓަރު ވިދާޅުވީ، މެލޭޝިޔާއަކީ ފެންވަރު ރަނގަޅު މަތީ ތަޢުލީމެއް ފޯރުކޮއްދެމުން އަންނަ ޤައުމެއްކަމާއި، މިފަދަ އެއްބަސްވުމަކީ ދިވެހި ރާއްޖޭއާއި މެލޭޝިޔާއާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ދިވެހި ދަރިވަރުންނަށް ފެންވަރު ރަނގަޅު މަތީ ތަޢުލީމާއި ތަމްރީނު ހާޞިލުކުރުމަށް ލިބޭ ރަނުގެ ފުރުސަތެއްކަމަށެވެ.

އެގޮތުން، މި އެއްބަސްވުމުގެ ދަށުން، އެ ޤައުމުގެ ޔުނިވާސިޓީތަކާއި އެހެނިހެން މަތީ ތަޢުލީމު ފޯރުކޮއްދޭ މަރުކަޒުތަކުން ތަޢުލީމު ހާޞިލުކުރުމަށް އެދޭ ދަރިވަރުންނަށް މާލީ އެހީތެރިކަން (ޑިސްކައުންޓް) ފޯރުކޮއްދިނުމަށް ހަމަޖެހިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި އެއްބަސްވުމަކީ ހަމައެކަނި މާލީ އެހީފޯރުކޮއްދިނުމުގެ ގޮތުން ސޮއިކުރެވޭ އެއްބަސްވުމެއް ނޫން. މި އެއްބަސްވުމުން ރަމްޒުކޮއްދެނީ ތަޢުލީމީ ދާއިރާގެ ކުރިއެރުމާއި، ދެ ޤައުމުން ތަޢުލީމީ މަރުކަޒުތަކުގެ ތަރައްޤީގެ އިތުރުން ދަރިވަރުންނަށް އެއްބާރުލުން ދިނުމަށް ދިވެހިރާއްޖެއާއި މެލޭޝިޔާ އިން ދެއްވާ އަހަމިއްޔަތު،

އޭގެ އިތުރުން މެލޭޝިޔާގެ ސަރުކާރުން ތަޢުލީމީ ކުރިއެރުމަށް ދެއްވާ އެއްބާރުލުމަށް ޝުކުރު ޢަދާކުރައްވާކަމަށާ، ދިވެހިރާއްޖެއާއި މެލޭޝިޔާއާއި ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް އެދޭ ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.

މެލޭޝިޔާގެ އީއެމްޖީއެސްއާއި މިނިސްޓްރީއާއިއެކު ވެވުނު މި އެއްބަސްވުމުގެ ދަށުން، ދިވެހިރާއްޖޭގެ 561 ދަރިވަރުންނަށް މެލޭޝިޔާގެ ޔުނިވާސިޓީތަކުގައި، އާރޓްސް އެންޑް ހިއުމަނިޓީސް، އިންޖީނިއަރިންގ އެންޑް ޓެކްނޮލޮޖީ، ލައިފް ސައިންސެސް އެން މެޑިސިން، ނެޗުރަލް ސައިންސެސް، ސޯޝަލް ސައިންސެސް، މެނޭޖްމަންޓް ފަދަ އެތަށް ދާއިރާއަކުން ތަޢުލީމު ހާޞިލުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާއިފައެވެ.

މިއަދު އެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ ޑރ. މަރްޔަމް މާރިޔާއެވެ. އަދި މެލޭޝިޔާގެ އީއެމްޖީއެސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ އިދާރާގެ ސީއީއޯ، މރ. ނޯވީ ތާޖުއްދީން އެވެ.

މި ރަސްމިއްޔާތުގައި މި މިނިސްޓްރީގެ އިސްވެރިންނާއި، އެޑިޔުކޭޝަން މެލޭޝިޔާ ގްލޯބަލް ސަރވިސެސް (އީއެމްޖީއެސް)ގެ ބައެއް އިސްވެރިން ބައިވެރިވެލެއްވިއެވެ.

ވަރަށް ގަދަ
80%ވަރަށް ގަދަ 20%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: