އެސްޓީއޯ އޭޖީއެމް 2023 ބާއްވައިފިއެވެ.
އެސްޓީއޯއިން މީޑިއާތަކަށް މައުލޫމާތު ދީފައިވާގޮތުން އެ ކުންފުނީގެ ޗެއަރމަން އާމިރް މަންސޫރުވަނީ މި ބައްދަލުވުމުގައި ވާހަކަދައްކަވާފައިކަމަށެވެ. އަދި މި ބައްދަލުވުމުގައި 120 ޝެއަރ ހޯލްޑަރުންގެ ފަރާތުން 189 މަންދޫބުން ބައިވެރިވިކަމަށާއި ޕްރޮކްސީގެ ގޮތުގައި 69 ޝެއަރހޯލްޑަރަކު ބައިވެރިވިކަމަށް ބުނެފައިވެއެވެ.
މި ބައްދަލުވުމުގައި ކުންފުނީގެ އެމްޑީ ޝިމާދް އިބްރާހިމް ވެސް ވާހަކަދެއްކެވިއިރު އޭނާވަނީ ކުންފުނިން ހާސިލުކޮށްފައިވާ ކާމިޔާބީތަކާއި މުއައްޒިފުންގެ ނުގުޑާ އަޒުމުގެ މައްޗަށް އަލިއަޅުއްވާފައިކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ. އަދި ޝެއަރހޯލްޑަރުންވަނީ ޑިރެކްޓަރުންގެ ރިޕޯޓާއި މާލީ ރިޕޯޓުތައްވެސް މި ބައްދަލުވުމުގައި އެޕްރޫވް ކޮށްފައިކަމަށްވެސް ބުނެފައިވެއެވެ.
2024 ވަނަ އަހަރުގެ އެކްސްޓާރނަލް އޮޑިޓަރުންގެ ގޮތުގައި ”ޑެލޮއިޓް“ ހަމަޖައްސާފައިވާކަމަށް ބުނެފައިވާއިރު 2023 ވަނަ އަހަރު ހިއްސާއަކަށް 80 ރުފިޔާ ދިނުމަށް ނިންމާފައިވާކަންވެސް ހާމަކޮށްފައިވެއެވެ. އެސްޓީއޯއިން ބުނެފައިވާގޮތުން މިއީ ވޭތުވެދިޔަ 17 އަހަރުގެ ތެރޭގައިވެސް މި އަދަދުތައް އެންމެ މަތިވި ފަހަރުކަމަށެވެ.

