ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިދެސީންގެ ލެބްކުއާޓާއަށް މެލޭޝިއާ ކުންފުނީގެ ހުށަހެޅުމުގައި އެއްބަސް ނުވެވޭ ކަންކަން އެބަހުރި: އިހުސާން

ހޯމް މިނިސްޓްރީން ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު އިހުސާން ވާހަކަ ދައްކަވަނީ. -- ފޮޓޯ: | މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް އެކަމޮޑޭޝަން ބްލޮކްތަކެއް އެޅުމަށް މެލޭޝިއާގެ ކުންފުނީގެ ޕްރޮޕޯޒަލްއަށް އެއްބަސްވުމަކަށް އާދެވިފައި ނުވަނީ ގަބޫލު ނުކުރެވޭ ބައެއް ހުށަހެޅުންތަކެއް ވެސް ހުރުމުގެ ސަބަބުންކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

”ޖީ3 ގްލޯބަލް ބީއެޗްޑީ ނަމަކަށް ކިޔާ މެލޭޝިއާގެ ކުންފުންޏަކަށް ބިދޭސީ މަސައްކަތްތެރިންގެ ކަންކަން ބެލެހެއްޓުމަށް ހަވާލު ކުރިކަމަށް ރިޕޯޓު ކުރީ އެ ގައުމުގެ މީޑިއާތަކުންނެވެ. ޖީ3 ކުންފުނިން މެލޭޝިއާގެ މީޑިއާތަކަށް މައުލޫމާތު ދީފައިވާގޮތުން ނެޝަނަލް އިންޓަގްރޭޓެޑް މައިގްރަންޓް ޑޯމިޓޯރީ ސިސްޓަމަކީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ދިރިއުޅުމުގެ ފެންވަރާއި އެފަދަ ކަންކަން ބެލެހެއްޓުމަށްޓަކައި ބިނާކުރެވިފައިވާ ޑިޖިޓަލް ޕްލެޓްފޯމެކެވެ. އެ ކުންފުނިން ބުނެފައިވާގޮތުން މި މަޝްރޫޢު ކުރިއަށް ގެންދާނީ ޕްރައިވެޓް ޕަބްލިކް ޕާޓްނާރޝިޕު މޮޑެލްއެއްގެ މައްޗަށް ކަމަށާއި ޕްރައިވެޓް ފައިނޭންސް އިނިޝިއޭޓިވްތައްވެސް ހިމެނޭކަމަށާއި މިކަމުން ލިބޭ މަންފާވެސް ދިވެހި ސަރުކާރާއިއެކު ހިއްސާކުރެވިގެންދާނެކަމަށް ބުނެފައިވެއެވެ.

މި ޕްރޮޕޯޒަލްގެ މައުލޫމާތުތައް، އެ ކުންފުނިން އާންމު ކުރިއިރު ދިވެހި ސަރުކާރުން އެއްވެސް ތަފްސީލުތައް ހާމަކޮށްފައި ނުވެ އެވެ. އެކަމަށް ”ސަންގު“ އިން ސުވާލު ކުރުމުން އިހުސާން ވިދާޅުވީ މައުލޫމާތުތައް އާންމު ނުކުރަން އެދުނީ އެ ގައުމުގެ ކުންފުނިންކަމަށާއި އެހާ އަވަހަށް މައުލޫމާތުތައް ދިވެހި މީޑިއާތަކަށް އެނގި ރިޕޯޓުކޮށްފާނެކަމަށް ކުރިން ނުބެލެވޭކަމަށެވެ. އަދި އެއީ ހަމައެކަނި ހުށަހެޅުމެއްކަމަށްވުމާއި އެކު އެ މައުލޫމާތު އާންމު ނުކުރީކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އެކަމަކު ކުރިޔަށް އޮތް ދުވަސްތަކުގައި މައުލޫމާތުތައް އާންމު ކުރާނެކަމަށާއި، ޕްރޮޕޯޒަލްގެ މައުލޫމާތުތައް ވެސް މީޑިއާތަކަށް ދޭނެކަމަށް އިހުސާން ވިދާޅުވި އެވެ. އެގޮތުން ޕްރޮޕޯޒަލްގެ ލިޔެކިއުންތައް އާންމު ނުކުރިނަމަވެސް އިހުސާން ވަނީ އެ ޑޮކިއުމެންޓުތައް ބަލާލުމަށް ނޫސްވެރިންނަށް ފުރުސަތު ދީފަ އެވެ.

ޑޮކިއުމަންޓުގައިވާ ގޮތުން، މަޝްރޫއު މި އަހަރު ފެށިއްޖެ ނަމަ 2029 ގެ ނިޔަލަށް ނިންމާލެވޭނެ އެވެ. އަދި ހުރިހާ ބިދޭސީން އެތަނުގައި އުޅުމަށް މަޖުބޫރު ކުރާއިރު، ދިވެހި ސަރުކާރަށް ވެސް ފައިދާގެ އިންސައްތައެއް ލިބޭ ގޮތަށް ވަނީ ހިމަނާފަ އެވެ. އަދި 30 އަހަރުގެ މުއްދަތަށް ފަހު، އޮޓޯއިން މުއްދަތު ދަންމާލެވޭ ގޮތަށް ވަނީ ހުށަހަޅާފަ އެވެ.

އެކަމަކު، މިނިސްޓްރީން އެކަމަށް އެއްބަހެއް ނުވެ އެވެ. އަދި ހުރިހާ ބިދޭސީންނަށް އެތަނުގައި އުޅެން މަޖުބޫރު ކުރާ ހުށަހެޅުމަށް ވެސް ދެކޮޅެވެ.

މިނިސްޓަރ ވިދާޅުވި ގޮތުގައި މެލޭޝިއާގެ ކުންފުނީގެ ޑޯމިޓަރީ ވަނީ އެފަދަ ހުށަހެޅުންތައް ދިރާސާ ކުރާ އިންވެސްޓް މޯލްޑިވްސްއަށް ހިއްސާކޮށްފަ އެވެ.

މި ހުށަހެޅުމުގެ ދަށުން މާލޭގައި ލައްކައެއްހާ ބްލޮކް ގާއިމު ކުރައިރު، އެތަނުގައި ކެއުމާއި ބުއިމުގެ ހިދުމަތް ހިމެނެ އެވެ. އަދި ސިއްހީ ފަރުވާގެ އިތުރުން ރެކްރިއޭޝަނަލް އޭރިއާގެ އިތުރުން ކޮންވީނިއެންޓް ސްޓޯރެއް ވެސް ގާއިމު ކުރުން ހިމެނެ އެވެ.

މެލޭޝިއާގެ ކުންފުނީގެ ހުށަހެޅުމުގައި ވަނީ ސަރުކާރުން ބިން ކުއްޔަށް ނަގައި މަސައްކަތް ކުރާ ގޮތަށެވެ. އަދި ބިދޭސީން ގެންގުޅޭ، ކުންފުނިތަކުން ބޮލަކަށް ނަގާނީ މަހަކު 120 ޑޮލަރުކަމަށް ހުށަހަޅައި، 05 ޑޮލަރު ސަރުކާރަށް ދޭގޮތަށެވެ.

އިހުސާން ވިދާޅުވީ މެލޭޝިއާގެ ކުންފުނީގެ ޕްރޮޕޯޒަލްގެ މަޝްވަރާތައް ކުރިޔަށްދައިރު، އެއްވެސް އެއްބަސްވުމަކަށް އަދި މިހާތަނަށް އާދެވިފައި ނުވާކަމަށެވެ.

ތަފާތު އެކި ވިޔަފާރިތަކުގެ ތެރޭގައިއާއި، ޝަހުސު އޮޅުވާލައި އެތެރެވެ ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ޖުމްލަ އަދަދު އަދި މިހާތަނަށް ދެނެގަނެވިފައި ނުވެ އެވެ. އަދި އެ އަދަދު ދެ ލައްކައަށް ވުރެ މައްޗަށް އަރާނެކަމަށް ބެލެވޭއިރު ފަހަކަށް އައިސް ކާބޯތަކެތީގެ ވިޔަފާރިތަކުގައި ޝާމިލުވެ، މާރުކޭޓުގެ ގޮޅިތައް ނަގައިގެން ވެސް ބިދޭސީން މަސައްކަތް ކުރަމުން ގެންދާކަން ފާހަގަކުރެވެ އެވެ.

ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ހޯމް މިނިސްޓްރީއާއި، އިމިގްރޭޝަން އަދި ފުލުހުން ގުޅިގެން ކުރިޔަށް ގެންދާ އޮޕަރޭޝަނުގައި ބިދޭސީން މަސައްކަތް ކުރާ ތަންތަން ބަލައި ފާސް ކުރުމަށް ފަހު ގަވައިދާ ހިލާފަށް އުޅެމުން ދާ ގިނަ ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ.

އެގޮތުން މާރުކޭޓު ގޮޅިތަކުން އަތުލައިގަތް ބިދޭސީންގެ އަދަދު އެކަނި ވެސް 120 އަށް އަރަ އެވެ.

މި އޮޕަރޭޝަންތަކުގެ ތެރެއިން ހަށިވިއްކާ ތަންތަނާއި، ކާބޯތަކަތީގެ ޓޭކްއަވޭ ގޮޅިތައް އަދި ބިދޭސީން ހިންގަމުން ދާ ކުދި ވިޔަފާރިތައް ހިމެނެ އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: