ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގެ ކޮމިޓީއަށް މިއަދު ހާޒިރުވެވެން ނެތްކަމަށް ގަވަނަރު އަންގަވައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަލީ ހާޝިމް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަނަރު އަލީ ހާޝިމަށް މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރެވޭތީ މަގާމުން ވަކި ކުރުމަށް ނިންމާފައިވާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރު ނުވެވޭނެކަން އަންގައިފި އެވެ.

އެމްއެމްއޭއިން މަޖިލީހަށް ފޮނުވި ސިޓީގައި ވަނީ ގަވަނަރު އަލީ ހާޝިމް އާލާސްކަންފުޅާ އުޅުއްވާތީ އޮފީހަށް ވެސް ވަޑައިނުގަންނަވާކަމަށެވެ. އެހެންވެ މަޖިލީހަށް މިއަދު ހާޒިރުވުމަށް އަންގާފައި އޮތް ނަމަވެސް، ހާޒިރުވެވެން ނެތްކަމަށް ވަނީ އަންގަވާފަ އެވެ. މިއަދުގެ ބައްދަލުވުން މަޖިލީހުގައި ތާވަލުކޮށްފައި އޮތީ 11:00 އަށެވެ.

ހާޝިމް މަގާމުން ވަކިކުރުމަށް ހުށަހެޅީ، ރައްޔިތުންގެ މަޖިލީހަށް މިވަގުތު ހުށަހަޅާފައިވާ ދަރަނި މެނޭޖު ކުރުމާއި ފިކްސަލް ޒިންމާގެ ބިލުގެ ބަހުސްގައި ގަވަނަރު ޒިންމާ އަދާނުކުރާކަން ފާހަގަކޮށް ދެކެވުނު ވާހަކައިގެ ތެރެއިންނެވެ. ހާޝިމް މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރައްވާތީ، ސުވާލުކޮށް ޖަވާބުދާރީ ކުރުވުމަށް ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް އެވެ.

އެ ދުވަހުގެ ޖަލްސާގައި މަނިޓަރީ ޕޮލިސީއަކީ ދިވެހި ދައުލަތުގެ މަރުކަޒީ ބޭންކުގެ ގަވަރުނަރާ ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތެއް ނަމަވެސް ހާޝިމަށް އެ ޒިންމާ އަދާކުރެވިފައި ނެތް ކަމަށެވެ. އަދި ސަރުކާރުގެ ފުރަތަމަ ހަ މަސް ދުވަހުގައި ގަވަނަރުގެ އެއްވެސް ލަފައެއް ވެސް ލިބިފައި ނުވާކަން ފާހަގަކުރެއްވި އެވެ.

އެ މައްސަލަ ނަންގަވައި، ހާޝިމް މަގާމުން ވަކި ކުރުމަށް މާލިއްޔަތު ކޮމިޓީއަށް ވެސް ނާޒިމް ހުށަހެޅުއްވި އެވެ. އެ ހުށަހެޅުމަށް މެމްބަރުން ތާއީދުކޮށް، އޭނާ މަގާމުން ވަކި ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ ދިނުމަށް ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.

އެމްއެމްއޭގެ ގާނޫނު ބުނާ ގޮތުގައި އެ އޮތޯރޮޓީގެ ގަވަނަރާއި ޑެޕިއުޓީ ގަވަނަރު އައްޔަނުކޮށް ވަކި ކުރާނީ މަޖިލީހުގެ ލަފާގެ މަތީން ރައީސުލްޖުމްހޫރިއްޔާ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: