ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ދިރާސާ ރިޕޯޓު އަންނަ މަހު ނިމޭނެ: އާދަމް ޝަރީފް

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަރީރު އާދަމް ޝަރީފް ޢުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ގޮތުން، ގައުމީ ޔުނިވާސިޓީގެ ދިރާސާ ރިޕޯޓު އަންނަ މަހު ނިމޭނެކަމަށް ލޯކަލް ގަވަމަންޓް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ދިރާސާތައް ކުރާއިރު، ރައީސް ޑރ. މުހައްމަދު ވަނީ ކައުންސިލްތަކުގެ މެމްބަރުންގެ އަދަދު މަދު ކުރުމާއި ގުޅޭ މަސައްކަތް އިއުލާނު ކުރައްވާފަ އެވެ. އަދި އޭގެ ކުރިން މަޖިލީހަށް ހުށަހެޅުނު އެހެން މައްސަލައެއްގައި ވެސް މެމްބަރުން ވަނީ، ކައުންސިލްތަކުގެ ބައި އިލެކްޝަން ކައިރިކައިރީގައި ބާއްވަން ޖެހޭތީ ދައުލަތަށް ބުރަ ބޮޑުކަމެއްގެ ގޮތުގައި ފާހަގަކުރައްވާފަ އެވެ.

ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތްތަކާއި ގުޅޭގޮތުން، އާދަމް ޝަރީފް ވިދާޅުވީ ކައުންސިލްތައް އެންމެ ފުރިހަމަ ގޮތުގައި މަސައްކަތް ކުރުމުގެ ރޫހު އާލާވެގެން ދާނީ ރައްޔިތުންގެ ފަރާތުން ކައުންސިލުން ކުރާ މަސައްކަތްތަކުގައި ބައިވެރިވެ އެ ފަރާތްތަކުގެ އެއްބާރުލުން ދިނުމުގެ އިތުރުން ގާނޫނުއަސާސީން ރައްޔިތުންނަށް ދީފައިވާ ހުރިހާ ބާރުތައް ބޭނުންކޮށްގެން ކަމަށެވެ. އެގޮތުން ކައުންސިލްތައް ޖަވާބުދާރީ ކުރުވުމަށް އިލްތިމާސް ކުރައްވައި މިނިސްޓަރ ވިދާޅުވީ ހަގީގީ މާނައިގައި ލާމަރުކަޒީ ހުރިހާ ބާރެއް ރަނގަޅު ކުރުމުގެ ފުރުސަތާއި އެ އިހުތިޔާރު އޮތީ ރައްޔިތުންނަށް ކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ ގާނޫނުއަސާސީގެ ހަތަރުވަނަ މާއްދާއިން ރައްޔިތުންނަށް ލިބިދީފައިވާ ވެރިކަން ކުރުމުގެ ބާރާއި، ވެރިކަން ހިންގުމުގެ ބާރު އަދި އެ ވެރިކަން ދެމެހެއްޓުމުގެ ބާރު ރައްޔިތުންނަށް ލިބިގެންވާ ކަމަށެވެ. އެހެންކަމުން ކައުންސިލްތައް ޖަވާބުދާރީ ކުރުވުމުގައި ކައުންސިލްތައް ހަމަމަގަށް އެޅުވުމުގައި ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ބާރުގެ ވާޖިބު އަދާކުރުމުގެ ބޭނުން އަދާ ކުރުމަށް އެދޭކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ.

އާދަމް ޝަރީފް ވިދާޅުވީ، ގާނޫނަށް އިސްލާހީ ބަދަލު ގެންނަން ވާނީ ފަހަރަކު ތަންކޮޅެއް ބަދަލުކޮށް، ބާއޮޑިއެއްގައި ގަނޑުލާ އުސޫލުން ނޫން ކަމަށާ، މުޅި ނިޒާމަށް އޭގެ ސަބަބުން ހެޔޮ ބަދަލުތައް ގެނެވޭނެ ގޮތެއްގެ މައްޗަށް ކަަމަށެވެ.

ލާމަރުކަޒީ ނިޒާމުގެ ޤާނޫނަށް ބަދަލު ގެންނަން ވާނީ ފަހަރަކު ތަންކޮޅެއް ބާއޮޑިއެއްގަ ގަނޑުލާ އުޞޫލުން ނޫން. މުޅި ނިޒާމަށް އޭގެ ސަބަބުން ހެޔޮ ބަދަލުތައް ގެނެވޭނެ ގޮތުގެ މައްޗަށް. އެ މަގުން ކުރިއަށް ގެންދިއުމަށް ޓަކައި އަޅުގަނޑު ޤައުމީ ޔުނިވާރ ސިޓީއާއެކު ވަރަށް ގިނަ މަސައްކަތްތައް އެބަ ކުރަން. ލާމަރުކަޒީ ނިޒާމަށް ގެންނާނެ ހެޔޮ ބަދަލަކީ ކޮބާތޯ ދެނެގަތުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ޓަކައި

މިނިސްޓަރ ވިދާޅުވީ ރިޕޯރޓް ލިބުނީމަ އޭގެ އަލީގައި އެ ކަމާ ގުޅުން ހުރި މުއައްސަސާތަކާއި، ސްޓޭ ކްހޯލްޑަރުންނާއި، އާންމު ރައްޔިތުންނާއި އަދި ގިނަ ބައެއްގެ ރައުޔު ހޯދުމާއެކު ލާމަރުކަޒީ ނިޒާމަށް ގެންނަން ޖެހޭ އިސްލާހުތައް ދެނެގަނެ އެ ކަމުގެ މައްޗަށް މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް ބަދަލުގެންނަން ވާނީ އެ ނިޒާމުގައި ހުރި ގިނަ މައްސަލަތަކަށް ހެޔޮ ބަދަލު ގެނެވޭ ގޮތަށް ކަމަށެވެ. އެ ގޮތުން ޤައުމީ ޔުނިވަރސިޓީއިން ހަދާ ރިސާޗަށް، ރައްޔިތުންގެ މަޖިލީހާއި، އާއްމުންގެ ޚިޔާލާއި، ތަޖުރިބާކާރުންގެ ލަފާ ހޯއްދަވައިގެން ޤާނޫނަށް އިޞްލާޙް ހުށައެޅުން މުހިންމުކަމުގައެވެ. އަދި ވިދާޅުވީ ދުނިޔޭގެ އެކި ޤައުމުތަކުގައި ލާމަރުކަޒީ ނިޒާމުގެ ތަފާތު މޮޑެލްތަކެއް ހުރި ކަމަށާ، އެ ހުރިހައި ކަންކަމަށް ރިއާޔަތްކުރުން ވެސް ވަރަށް މުހިންމު ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: