ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންގެ ފެންވަރަށް ސަރުކާރުގެ އިސްވެރިން ތިރިވެވަޑައިގެން ނަމޫނާ ދެއްކެވުމަށް އަނީސާ ގޮވާލައްވައިފި

ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަނީސާ އަހުމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުން އާދައިގެ ދިރިއުޅުމެއް އުޅުމަށް ނަސޭހަތްތެރިވުމުގެ ކުރިން ރައްޔިތުންގެ ފެންވަރަށް ސަރުކާރުގެ އިސްވެރިން ތިރިވެވަޑައިގެން ނަމޫނާ ދެއްކެވުމަށް ކުރީގެ ވަޒީރު އަދި ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަނީސާ އަހުމަދު ގޮވާލައްވައިފިއެވެ.

ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފަށް ރައްދު ދެއްވަމުން އަނީސާ ވިދާޅުވީ ރައްޔިތުންގެ ފެންވަރަށް ސަރުކާރުގެ އިސްވެރިން ތިރިވެވަޑައިގެން ނަމޫނާ ދައްކަވައިފިނަމަ ރައްޔިތުން އެކަން ހިންހަމަޖެހިގެން ގަބޫލު ކުރާނެ ކަމަށެވެ.

ޕީއެންސީގެ ހަރުގެ ޖަލްސާގައި އާރިފް ވަނީ ސަރުކާރުގެ ހަރަދު ކުޑަ ކުރުމުގެ ގޮތުން ރައްޔިތުންނަށް ގެއްލުންވާފަދަ އެއްވެސް ކަމެއް ނުކުރާ ކަމަށެވެ. އެގޮތުން އާސަންދައާއި، ކިޔާވާކުދިންގެ ލާރިޔާއި މިނޫންވެސް އެކި އިނާޔަތްތައް އެގޮތުގައި ލިބެމުން ދާކަމަށާއި އެހެން ނަމަވެސް ހަމައެކަނި ކުރެއްވި ކަމަކީ ބޮޑެތި ޖަލްސާތައް ބޭއްވުން މަޑުޖައްސާލީ ކަމަށް އާރިފް ވިދާޅުވިއެވެ. އާރިފް ވިދާޅުވީ މިދުވަސްކޮޅު ކޮންމެސް ވަރަކަށް ބޭރުގައި ޓޭކް އަވޭ އަށް ކުރާ ފަދަ ހަރަދުތައް ކުޑަކޮށް ގޭތެރޭގައި ކައްކައިގެން ކެއުމުގެ ހަރަދު ކުޑަ ކުރުމަށެވެ.

”މި ދުވަސްކޮޅު މި ޖެހެނީ އެއްކަލަ އަޅުގަނޑުމެން އަބަދު ޓޭކްއަވޭ ހަދައިގެން ކޭކެއުން ހުއްޓާލާފައި، ކޮންމެވެސް ވަރަށް ގޭތެރޭގައި އަމިއްލަ އަށް ގަރުދިޔަ އާއި ބަތާ ކައްކައިގެން ކާލައިގެން ތަންކޮޅެއް އާދައިގެ ދިރިއުޅުމަށް ތިރިވެލުން“

އާރިފް ވިދާޅުވީ ސިޔާސީ ޕާޓީތަކެއް އުފައްދައި ފިކުރެއް ކުރިއެރުވުމަށް މަސައްކަތް ކުރުމުގައި ގޯހެއް ނެތްކަމަށާއި ގާނޫނުން އެ މަސައްކަތަށް އޮތީ ތަންދީފައި ކަމަށެވެ. އެކަމަކު އެކަން ވެސް ކުރަން ޖެހޭނީ، ހަމަޖެހޭ އުސޫލެއްގެ ތެރެއިން އިހުލާސްތެރިކަމާއި އެކު ގައުމަށް ހިދުމަތެއް ކުރުމުގެ ނިޔަތުގައިކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތާއި، ކުންފުނިތަކުގެ ދަރަނި ފާހަގަކުރައްވައި އާރިފް ވިދާޅުވީ އެކަން ރަނގަޅު ކުރުމަށް ދިވެހި ރައްޔިތުން ގައުމު ހަވާލު ކުރަން ބޭނުންވީ ޕީޕީއެމް/ޕީއެންސީއަށްކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ޕާޓީއަށް ލިބުނު ސަބަބަކީ އެއީކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: