ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުރަނީ ދައުލަތުގެ ހަރަދު، ރައްޔިތުންނަށް ބޭނުން އެއްޗެއް ކައިގެން އުޅެވޭނެ: އަޒާން

ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރްޒޫގް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަ ކުރަނީ ސަރުކާރުގެ ހަރަދު ކަމަށާއި ރައްޔިތުންނަށް ބޭނުން އެއްޗެއް ކައިގެން އުޅެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރްޒޫގް ވިދާޅުވެއްޖެއެވެ.

އަޒާން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރުގެ ހަރަދުކުޑަ ކުރުމުގެ ސިޔާސަތުގެ ދަށުން ކުޑަ ކުރަނީ ދައުލަތް ހިންގުމުގެ ހަރަދު ކަމަށެވެ. އަދި ރައީސް ޑރ.މުއިއްޒު ވަނީ ދައުލަތުގެ ހަރަދުކުޑަކުރަން އެމަނިކުފާނު ގެންގުޅުއްވާ ބައެއް ސިޔާސަތުތައް ހާމަކުރައްވާފަ ކަމަށްވެސް ވިދާޅުވިއެވެ.
އެގޮތުން މިހާތަނަށް ހަމާކުރައްވާފައިވާ ކަންކަމުގެ ތެރޭގައި:

1. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު މަދު ކުރުން

2. ކައުންސިލް މެމްބަރުންގެ އަދަދު މަދު ކުރުން

3. އެކިއެކި ކޮމިޝަންތަކުގެ މެމްބަރުންގެ އަދަދު މަދު ކުރުން

4. އާސަންދަ, އެންސްޕާ ހިންގުމުގެ އުސޫލުތައް ހަރުދަނާ ކުރުން

5. އެކިއެކި ސަބްސިޑީސް, އެ ސަބްސިޑީސް އެންމެ ހައްޤުވާ ފަރާތްތަކަށް ލިބޭކަން ކަށަވަރުކުރުން.

ސަރުކާރުގެ ހަރަދު ކުޑަ ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުން ނަތީޖާ ފެންނަމުންދާ ކަމަށް ސަރުކާރުގެ ބޭފުޅުން ދަނީ ވިދާޅުވަމުންނެއެވެ. އަދި އިދިކޮޅުގެ ފަރާތްތަކުން ދޮގު ވާހަކަތައް ފަތުރަމުން ދިޔަ ނަމަވެސް ރައްޔިތުންނަށް ގެއްލުންވާ ގޮތަށް އެއްވެސް ކަމެއް ނުކުރައްވާނެ ކަަމަށް ޕީއެންސިގެ މަޖިލިސް މެމްބަރުން ވިދާޅުވެއެވެ. އާއްމު ރައްޔިތުންނަށް ދައްޗެއް ނެތި ސިއްހީ ހިދުމަތުގެ ތެރެއިން ވެސް ލިބެންޖެހޭ ހުރިހާ ހިދުމަތެއް މިސަރުކާރުގެ ތެރެއިން ލިބިގެންދާނެ ކަމަށް މެމްބަރުން ވިދާޅުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: