ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ބޯޑަރުތަކުގެ ހާލަތު، ހަތިޔާރު ގެނެވޭނެ މަގު ވެސް އޮތީ ހުޅުވިފަ: ކަސްޓަމްސް

ކަސްޓަމްސްގެ ކޮމިޝަނަރ ޖެނެރަލް ޔޫސުފް މާނިއު.
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ބޯޑަރުތައް މިހާރު އޮތް ގޮތުން ގާނޫނާ ހިލާފު ކޮންމެ އެއްޗެއް، އެއީ ހަތިޔާރު ފަދަ ތަކެތިކަމުގައި ވީ ނަމަވެސް އެ ގެނައުމުގެ ފުރުސަތު އޮތީ ހުޅުވިފައި ކަމަށް ކަސްޓަމްސްއިން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ކަސްޓަމްސްގެ އިސްބޭފުޅުން ހާޒިރުކޮށްފައިވާއިރު ކަސްޓަމްސްއިން ބުނީ އެ އޮފީހަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ކަނޑުގެ ސަރަހައްދު ރަނގަޅަށް ބެލެހެއްޓުން ކަމަށެވެ.

ބަނދަރާ ހަމައަށް އަންނަ ކޮންމެ އެއްޗެއް ބަނދަރަށް ނައިސް އެހެން ދިމަދިމާލަށް ދިޔުމުގެ ދޮރު ބަންދު ކުރަން މަސައްކަތްތަކެއް ކުރަން ޖެހޭކަން ފާހަގަކޮށް ކަސްޓަމްސް އިން ބުނީ ކަސްޓަމްސްގެ އޮފިސަރުން ބަނދަރުތަކުގައި ތިބި ނަމަވެސް ބަނދަރާ ހަމައަށް ބަޔަކު އައުމުގެ ކުރިން ބޭރުން އަންނަ އުޅަނދުތަކަށް ކޮންމެ ކަމެއް ވެސް ކުރެވޭ ގޮތަށް ހުޅުވިފައިވާ ކަމަށެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން އެންފޯސްމަންޓް އެންޑް ބޯޑާ ސެކިއުރިޓީއާ ހަވާލުވެ ހުންނެވި، އެސިސްޓެންޓް ކޮމިޝަނަރު އޮފް ކަސްޓަމްސް އިސްމާއިލް ހަމްދޫން ވިދާޅުވ ރާއްޖޭގެ ބޯޑަރަށް ދިމާވެފައިވާ އެ މައްސަލައިގެ ސަބަބުން ރާއްޖެ އަށް ގާނޫނާ ހިލާފު ކޮންމެ އެއްޗެއް ގެނައުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ސަބަބަކީ އުޅަނދުތައް ބަނދަރާ ހަމައަށް ދިއުމުގެ ކުރިން، ކަނޑުމަތިން ލޯކަލް އެހެން އުޅަނދުތަކަށް ގަވާއިދާ ޚިލާފަށް ތަކެތި އަރުވައިގެން ފަޅުރަށްރަށަށް ގެންދާ މައްސަލަތަކެއް ވެސް ފެންމަތި ވެފައިވާ ކަމަށެވެ. އެގޮތުން އެކަން ކުރުމުގެ ފުރުސަތު ހަމައެކަނި އޮތީ މަސްތުވާތަކެއްޗަށް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

މިއީ އިންތިހާ އަށް ކަންބޮޑުވާ ކަމެއް. އޮތީ އެ މީހަކު ބޭނުންވާ ކަމަކަށް ނިޔަތް ގަތުން. މިސާލަކަށް ހަތިޔާރު ގެންނަން މީހަކު ނިޔަތް ނުގަންނަނީ. ނިޔަތް ގަނެފިއްޔާ ރާއްޖެ އަށް ހަތިޔާރު ގެނެވޭނެ މަގު އޮތީ ހުޅުވިފައި.

އޭނާ ވިދާޅުވީ މީގެ ކުރިން ބަނދަރާ ހަމައަށް އައުމުން ސިގިރޭޓާއި ރަނާއި މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.

އެ ކޮމިޓީގައި ވާހަކަ ދައްކަވަމުން ކޮމިޝަނާ ޖެނަރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިއު މުހައްމަދު ވިދާޅުވީ، މިކަންކަން ހައްލު ކޮށް، މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށް ކަސްޓަމްސް އަށް ވެސް ޑްރޯންސް ބޭނުންވާ ކަމަށެވެ. ސަބަބަކީ މި ސަރަހައްދަށް ބޭރުން އަންނަ ވެސަލްތައް މޮނިޓާ ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާތީ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ޑްރޯން ލިބިއްޖެނަމަ އެ އުޅަނދުތައް މޮނިޓާ ކުރުމުގެ ފުރުސަތު ލިބި ނުރައްކަލެއް އޮތް ހާލަތެއް އައިސްފިނަމަ ވެސަލް ފޮނުވިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: