ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޤުރުއާން ހިތުދަސް ޙާފިޒުންނަށް ސަރުކާރުންދޭ އިނާޔަތް ދެގުނައަށް ބޮޑު ކުރާނަން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ޤުރުއާން ހިތުދަސް ޙާފިޒުންނަށް ސަރުކާރުންދޭ އިނާޔަތް ދެގުނައަށް ބޮޑުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކީރިތި ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ކީރިތި ޤުރުއާނަކީ ހިތްތަކުގެ ނޫރު ކަމަށާއި ނަފްސުތަކުގެ ޝިފާކަމަށާއި ކީރިތި ޤުރްއާނަކީ އިންސާނާގެ ދެ ދުނިޔޭގެ ބާއްޖަވެރިކަމަށް މަގުދައްކައިދޭ އިލާހީ ދަންމަރު ކަމަށެވެ. ސައްތައިން ސައްތަ އިސްލާމީ ދިވެހިރާއްޖޭގައި ކީރިތި ޤުރްއާން ކިޔެވުމުގެ ފަންނު ކުރިއަރައިދާ މަންޒަރު ފެނުމަކީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކީރިތި ޤުރްއާނަކީ މުސްލިމުންގެ ދުސްތޫރު ކަމަށާއި އިސްލާމުންގެ ޙަޔާތުގެ ހުރިހައިކަމެއް ބައްޓަންވެގެންދަނީ އެ މާތް ފޮތުގެ ވަށައިގެން ކަމަށެވެ. އަދި އެ މާތްފޮތް ތަފުސީލުކޮށް ދޭ މޫރިތި ނަބަވީ ސުންނަތުގެ ވަށައިގެން ކަމަށާއި އެހެންކަމުން މުސްލިމުންގެ ދިރިއުޅުމުގެ މަދަކީ އަދި ނާރެހަކީ މާތްވެގެންވާ ކީރިތި ޤުރްއާން ކަމަށް ރައީސް ވިދާޅުވިއެވެ.

”އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނަށް ނަޞްރުދިނުމަކީ އަޅުގަނޑު އެންމެ އިސްކަން ދޭނެ ޤައުމީ އެއް ވާޖިބު. އެ ކަމަށް ޓަކައި ކީރިތި ޤުރްއާނުގެ ޢިލްމު ފެތުރުމަށް މި ސަރުކާރުން ޚާއްޞަ އިސްކަމެއް ދޭނަން.“

ރައީސް ވިދާޅުވީ ދިވެހީންގެ ދިރިއުޅުން އިސްލާމީ ސަގާފަތުން ޒީނަތްތެރިވެގެންވުމަކީ ދިވެހީންނަށް އެންމެ ލާބަ ހުރި ގޮތް ކަމަށާއި އެއީ ދުނިޔޭގައި ވެސް ހެޔޮކަން އަދި އާޚްރަތުގައި ވެސް ހެޔޮކަން ލިބޭ ހަމަ އެކަނި މަގު ކަމަށެވެ. ރާއްޖޭގައި މި ވަގުތު ހުރި އަޚްލާޤީ ހުރިހައި މައްސަލަތަކުގެ ޙައްލަކީ ކީރިތި ޤުރްއާން ކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: