ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ޑިއުޓީ ނުނަގާ އެމެރިކާގެ މާކެޓަށް ވެއްދުމަށް އެދެފި

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ޑިއުޓީ ނުނަގާ އެމެރިކާގެ މާކެޓަށް ވެއްދުމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެދިވަޑައިގެންފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

މިނިސްޓަރު އެކަމަށް އެދިވަޑައިގަތީ މި މަހު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި މިނިސްޓަރާ އެމެރިކާގެ ވިޔަފާރި ނައިބު ބްރެންޑަން ލިންޗް ބައިވެރިވެވަޑައިގެން ބޭއްވި ބައްދަލުވުމުގައެވެ.

މިނިސްޓަރު އެމެރިކާއަށް ކުރެއްވި އެ ދަތުރުފުޅުގެ އުސްއަލިތައް ހިއްސާކޮށް ސަރުކާރުން ބުނީ އެ ބައްދަލުވުމުގައި އަލިއަޅުވާލެވުނީ އެމެރިކާއާއި ދިވެހިރާއްޖެއާ ދެމެދު ވެފައިވާ ވިޔަފާރިއާއި އިންވެސްޓްމަންޓް އެއްބަސްވުމުގެ މައްޗަށް ކަމަށެވެ. ވޮޝިންގްޓަން ޑީ.ސީ.ގައި ބޭއްވުނު މި ބައްދަލުވުމުގައި ދިވެހި ޑިޖިޓަލް ކޮންޓެންޓް ހަދާ ފަރާތްތަކާއި އާޓިސްޓުންނަށް ބައިނަލްއަޤްވާމީ ޕްލެޓްފޯމްއެއް ހޯދައިދިނުމަށް ދިވެހި ސަރުކާރުން އެހީތެރިވާނެ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ގުޅުން ވެސް ބަދަހިވެގެން ދިއަކަން ފާހަގަކޮށް ސަރުކާރުން ބުނީ މިިނިސްޓަރު ސައީދުގެ އެ ދަތުރުފުޅުގެ ތާވަލުގައި ހިމެނިފައިވަނީ އިޤްތިޞާދީ އެއްބާރުލުން އިތުރުކުރުމަށާއި އައު ގުޅުންތައް ޤާއިމުކުރުމަށް އަމާޒުކޮށްފައިވާ ތަފާތު ބައްދަލުވުންތަކެއް ކަމަށެވެ.

އޭގެއިތުރުން ޔޫ.އެސް. ޗެމްބަރ އޮފް ކޮމާސްއިން އިންތިޒާމުކުރި އިންވެސްޓްމަންޓް ރައުންޑްޓޭބަލްގައި ވެސް މިނިސްޓަރު ބައިވެރިވެވަޑައިގެންފައިވާއިރު އެ ބައްދަލުވުމުގައި ވިޔަފާރީގެ ދާއިރާގެ މުހިންމު ފަރާތްތައް ބައިވެރިވެ، ދެ ޤައުމުގެ ދެމެދުގައި އިންވެސްޓްކުރުމާއި އިޤްތިޞާދީ ކުރިއެރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.

ސަރުކާރުން ބުނީ ޑިޕާޓްމަންޓް އޮފް ސްޓޭޓްގައި ޑެޕިއުޓީ ސެކްރެޓަރީ އޮފް ސްޓޭޓް ރިޗަރޑް އާރ. ވަރމާއާ ބައްދަލުކުރައްވާ އެކި ދާއިރާތަކުން ދެ ޤައުމުގެ ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ވެސް އެ ދަތުރުފުޅުގައި މަޝްވަރާކުރެވުނު ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ޚާއްޞަކޮށް ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ގުޅުން ވަރުގަދަކުރުމާ ބެހޭގޮތުން މަޝްވަރާ ކޮށްފައިވެއެވެ. އަދި އެމެރިކާގެ އިންވެސްޓަރުންނާއެކު، ސަރުކާރާއި އަމިއްލަ ފަރާތްތަކާއެކު، ގުޅިގެން މަސައްކަތްކުރަން ބޭނުންފުޅުވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ ސަޢީދުގެ މި ދަތުރުފުޅުން ދެ ޤައުމުގެ ސިޔާސީ ގުޅުމުގެެ އިތުރުން، ދެ ޤައުމަށް އިޤްތިޞާދީގޮތުން ފައިދާވާނެ ކަންކަމުގައި ޢަމަލީ އެއްބާރުލުމަށް މަގުފަހިވެގެންދިއަކަން ފާހަގަކޮށް ސަރުކާރުން ބުނީ ދިވެހިރާއްޖެއިން ތަރައްޤީއާއި ކުރިއެރުމަށް މަސައްކަތްކުރަމުންދާއިރު، މި ދަތުރުފުޅަކީ އެ އުންމީދުތައް ޙާޞިލުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: