ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ދާނަމަ ކަރަންޓު ނެޓްވޯކް މައްސަލަ އައްޑުއަށް ދިމާވާނެ: ފެނަކަ

އައްޑޫސިޓީ - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީގެ މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދިޔުމުގެ ސަބަބުން ކަރަންޓު ނެޓްވޯކަށް ދިމާވާ މައްސަލަ އިތުރަށް ދިމާވެދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

އައްޑޫ ސިޓީގެ ކަރަންޓުގެ ހާލަތު ދަށްވެ، އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑުމާ ގުޅިގެން ފެނަކައިން ނެރުނު ބަޔާނުގައި ބުނީ އެ ސިޓީގައި މިހާރު ހަރުކުރެވިފައިވާ ޖެންސެޓްތަކުގެ ތެރެއިން 1.8 މެގަ ވޮޓް ގެ އިންޖީނަށް ދިމާވެފައިވާ މައްސަލައަކާ ގުޅިގެން އެ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ބޭނުންވާ މިންވަރަށް ކަރަންޓު އުފެއްދުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

ފެނަކައިން ބުނީ މި އިންޖީނު މަރާމާތު ކުރުމަށް ބޭނުންވާ ސްޕެއާ އަކީ ރާއްޖެއިން ލިބެން ހުންނަ އެއްޗަކަށް ނުވުމާއެކު ސްޕެއާ ހޯދުމުގައި ވެސް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ.

ނަމަވެސް އެ ސްޕެއާ ހޯދާ، އިންޖީނު މަރާމާތު ކުރުމުގެ އިތުރުން މި މައްސަލައަށް ހައްލު ހޯދުމަށް ގިނަ މަސައްކަތް ކުރަމުންދާ ކަމަށާ 1.6 މެގަ ވޮޓްގެ އައު ޖެންސެޓެއް އައްޑުއަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފެނަކައިގެ ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނީ އެ ސިޓީގެ ކަރަންޓުގެ ހާލަތް ކުރިއަށް އޮތް 20 އަހަރަށް ބޭނުންވާ ވަރަށް ކެޕޭސިޓީ އިތުރު ކުރުމަށް ވެސް މިހާރު މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން ޑީސެލް ޕަވާ ޖެނެރޭޝަން އެންޑް ޑިސްޓްރިބިއުޝަން ސިސްޓަމް ޕްރޮޖެކްޓް ފޯ އައްޑޫ ސިޓީގެ ނަމުގައި ޑޮންފެންގް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަނާ ހަވާލުކޮށް، ޒަމާނީ ޕަވާ ހައުސެއް ގާއިމް ކުރުމަށް އެއްބަސް ވުމެއްގައި ވެސް ސޮއި ކޮށް މަސައްކަތް ކުރެވެމުންދާ ކަމަށް ފެނަކައިން ބުންޏެވެ.

ފެނަކައިން ބުނީ އައްޑޫ ސިޓީގެ ޖެނެރޭޝަން ކެޕޭސިޓީގެ މައްސަލައިގެ އިތުރުން، މަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދާ ކުންފުނި، އެފްކޮންސް އަތުން އެޗް.ވީ ކޭބަލާއި ނެޓްވޯކަށް ތަކުރާރުކޮށް ގެއްލުންވެ ހިތަދޫ ސީ.ޕީ.އެސްއާ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑުމުގެ ހާދިސާތަކާ މީގެ ކުރިން ވެސް ދިމާވެފައިވާ ކަމަށެވެ.

އެގޮތުން މި މަހުގެ އެއް ވަނަ ދުވަހު އެ ކުންފުނީގެ އިހުމާލުން ކޭބަލް ހަލާކުވުމާ ގުޅިގެން ނެޓްވޯކަށް މައްސަލަތަކެއް ދިމާވެފައިވާ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ފާހަގަކޮށްފައެވެ. ފެނަކައިގެ ބަޔާނުގައި ބުނީ އިއްޔެ ދިމާވި މައްސަލައަކީ ވެސް އޭގެ ފަހުން ނެޓްވޯކަށް ދިމާވާންފެށި މައްސަލައެއްކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެ މައްސަލަ ފެނަކަ ކޯޕަރޭޝަނުގެ ޓެކްނިކަލް ޓީމުން މިހާރު ވަގުތީ ގޮތުން ހައްލު ކޮށްފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: