ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމާޒަކީ ކަނޑުގެ ވަސީލަތްތަކާ ބެހޭގޮތުން ކުރެވޭ ދިރާސާތައް އިތުރުކުރުން: މިނިސްޓަރު

ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުގެ އަމާޒަކީ ކަނޑުގެ ވަސީލަތްތަކާ ބެހޭގޮތުން ކުރެވޭ ދިރާސާތައް އިތުރުކޮށް، ރީސާޗް ކުރާ ފަރާތްތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ދިރާސާ ކުރެވޭނެ މަގުފަހިކޮށްދިނުން ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ފަސް ވަނަ މޯލްޑިވްސް މެރިން ސައިންސް ސިމްޕޯސިއަމް ރަސްމީކޮށް ފައްޓަވައިދެއްވާ އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ އެ ދާއިރާއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ޚާއްސަ އިސްކަމެއް ދެއްވާ ދާއިރާއެއް ކަމަށެވެ. އެގޮތުން ކަނޑުގެ ދިރުންތަކާއި ކަނޑުގެ ވަސީލަތްތައް ދިރުވުމަށް ރައީސް އަހައްމިއްޔަތު ކަމެއް ދެއްވާއިރު ވަކިން ޚާއްސަކޮށް އެއިން މަންފާ ހޯދުމަށް ރައީސް ބޭނުންވެވަޑައިގަންނަވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޝިޔާމް ވަނީ ކަނޑުގެ ދިރުންތަކާ ވަސީލަތްތަކާ ގުޅޭ ދިރާސާތައް ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ކުރިއަށް ގެންދިއުމަށް ވެސް އެދިވަޑައިގެންފައެވެ. އެފަދަ ދިރާސާތައް ކުރިއަށްގެންދާނަމަ އޭގެ ސަބަބުން ކަނޑުގެ ވަޞީލަތްތަކުން ސަރުކާރުން ބޭނުންވާ ލަނޑުދަނޑިތައް ޙާސިލްކުރުމަށް ހަދާ ސްޓްރެޓީޖިކް ޕްލޭންތަކަށް މަންފާ ކުރާނެ ކަމަށެވެ.

މި ސިމްޕޯސިއަމްގެ ސަބަބުން ދިވެހި ސައިންވެރިންނަށް ބޭރުގެ ސައިންވެރިންނާ ބައްދަލުވެ، މައުލޫމާތު ބަދަލުކޮށް، ހިއްސާކުރުމުގެ ނަތީޖާ ވަރަށް ފޮނިވާނެ ކަމަށާ އެކަމުން ލިބޭ ތަޖުރިބާ ވެސް އިތުރުވެގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު ވަނީ މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓުން ކުރަމުން ގެންދާ މަސައްކަތްތައް ވެސް ފާހަގަކުރައްވާފައެވެ. އެ އިންސްޓިޓިއުޓަށް 40 އަހަރު ފުރޭކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ކަނޑާ، ކަނޑުގެ ދިރުންތަކާ ވަސީލަތަކާ ބެހޭ ގިނަ ސިޔާސަތުތަށް ބައްޓަން ކުރެވިގެން ދިޔައީ އެމްއެމްއާރްއައި ކުރި މަސައްކަތުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: