ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަދު ހަވީރު އުޅަނދު ދުއްވުން މަނާކުރި ނޯޓިސް ކެންސަލް ކޮށްފި

މަޖީދީ މަގު.
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު ހަވީރު 04:00އިން 06:00އަށް މާލޭގައި ހިނގާފައި އުޅެން ނެރުނު ޓްރެފިކް ނޯޓިސް ކެންސަލް ކޮށްފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

މިއަދު ފާހަގަކުރާ މިނިވަން ދުވަހާ ގުޅިގެން ހަވީރު ވަކި ވަގުތެއްގައި ގްރޭޓަރ މާލެ ސަރަހައްދުގައި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން މަނާ ކޮށްފައިވަނީ އިއްޔެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ގެޒެޓުގައި ޝާއިއު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ ވަގުތުތަކުގައި އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ބައެއް އުޅަނދުތައް ފިޔަވައި އެހެނިހެން އުޅަނދުތައް ގްރޭޓަރ މާލެ ސަރަހައްދުގައި ދުއްވުމަކީ “އެއްގަމު ދަތުރުފަތުރުގެ ޤާނޫނު” 2009/5 ގެ 5 ވަނަ މާއްދާގެ (ރ) ގެ ދަށުން މަނާކަމެއް ކަމަށެވެ.

މަގުމަތީގައި ދުއްވޭނެ އުޅަނދުގެ ގޮތުގައި ކަނޑައަޅައިފައިވަނީ ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދު، އެމްބިއުލެންސް، ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ޚާއްޞަކުރެވިފައިވާ އުޅަނދު، ޕަބްލިކް ޓްރާންސްޕޯޓްގެ ގޮތުގައި ދެމުންގެންދާ ބަހުގެ ޚިދުމަތް، ފުރާމީހުން ބޭނުން ކުރުމަށް ހުއްދަދެވޭ އުޅަނދުތައް އަދި މިނިވަން ދުވަހުގެ މި ގަޑިތަކުގައި ދުއްވުމުގެ ހުއްދަ ދެވިފައިވާ އުޅަނދުތަކެވެ.

ނަމަވެސް މިއަދު މާލެ ސިޓީ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ޕެރޭޑް ވިއްސާރަވުމާއި ގުޅިގެން ކެންސަލް ވެފައިވާތީ މާލޭގައި ހިނގާފައި އުޅެން ނެރުނު ޓްރެފިކް ނޯޓިސް ކެންސަލް ކޮށްފައިވާ ކަމަށެވެ.

މޫސުން ގޯސްވުމުގެ ސަބަބުން މިއަދު ބާއްވަން ހަމަޖެހުނު ސިފައިންގެ ޝަރަފުގެ ހިނގާލުން ފަސްކޮށްފައިވާކަން އެމްއެންޑީއެފް އިން ވަނީ އިއުލާނު ކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: