ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

3 ގައުމަކާއިއެކު ފްރީ ޓްރޭޑް އެއްބަސްވުން ގާއިމުކުރަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

ތިން ގައުމަކާއިއެކު ފްރީޓްރޭޑް އެެއްބަސްވުން ގާއިމުކުރުމުގެ މަސައްކަތްތައް ކުރަމުންދާކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިނިވަން ދުވަހުގެ ޖަލްސާގައި ރާއްޖޭގެ އިގްތިސާދީ ހާލަތާއިމެދު ވާޙަކަދައްކަވަމުން ރައީސް ވިދާޅުވީ، އެކުވެރި ދައުލަތްތަކާއިއެކު ވަކި ވަކި ވިޔަފާރިތަކަށް ފައިދާވާނެ ފަދަ ކަންކަންވެސް ކުރަމުންދާކަމަށެވެ. އަދި ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޗައިނާއާއިއެކު ފްރީ ޓްރޭޑް އެއްބަސްވުމަށްވެސް އަމަލުކުރަން ފެށޭނެކަމަށާއި މިހާރު ކުރިއަށް ދަނީ ގާނޫނީ މަރުހަލާގެ މަސައްކަތްތައްކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެކަމާއިއެކު ދިވެހި ވިޔަފާރިވެރިންނަށް ޗައިނާއާއި ދެމެދު ވިޔަފާރިކުރުމަށްޓަކައި މަސްވެރިކަމުގެ 298 ބާވަތަކުން ޑިއުޓީ ފްރީވެގެންދާކަމަށާއި ޖުމުލަކޮށް 7897 އައިޓަމެއް 9 ދާއިރާއަކަށް ބެހޭގޮތަށް ޑިއުޓީ މާފުވެގެންދާނެކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިކަމަކީ ފަރުދީ ލެވެލްއެއްގައި ކުންފުނިތަކަށް ލިބޭ ވަރަށް ބޮޑު ފުރުސަތެއްކަމަށާއި ތުރުކީއާއިއެކުވެސް މިފަދަ އެއްބަސްވުމެއް އެކުލަވާލުމުގެ މަސައަކަތްތައް ކުރިއަށް ދާކަން ހާމަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އެ މަސައްކަތްތައް އޮތީ އެޑްވާންސްޑް ސްޓޭޖެއްގައިކަމަށާއި މަސައްކަތްތައް ފެށިގެން އައި އެމަނިކުފާނު ތުރުކީއަށް ކުރެއްވި ދަތުރުގައިކަމަށްވެސް މައުލޫމާތު ދެއްވިއެވެ. ރައީސް ވިދާޅުވީ، ތުރުކީއަށް ވަޑައިގެންނެވީ ރާއްޖެއަށް ސްޓްރެޓިޖިކަލީ މުހިންމު ކަންތައްތަކެއް ހާސިލުކުރެއްވުމުގެ ބޭނުމުގައިކަމަށެވެ.

ރައީސް ވިދާޅުވީ، ނާތީޖާ ވަރަށްވެސް ރަނގަޅުކަމަށެވެ. އެގޮތުން 53 އައިޓަމެއް ހިމެނޭހެން ތުރުކީއާއިއެކު އެފްޓީއޭ އެއްގައި ސޮއިކުރެވިގެންދާނެކަމަށެވެ. އަދި މަސްވެރިކަމުގެ ބާވަތްތައްވެސް އެ ލިސްޓުގައި ހިމެނޭނެކަމަށް މައުލޫމާތު ދެއްވިއިރު، ގިނަ އައިޓަމްތަކުގައި އެއްކޮށް ޑިއުޓީ މާފުކޮށްފައިވާނެކަމަށްވުމުން ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އިނގިރޭސިވިލާތާއިއެކުވެސް އެފްޓީއޭއެއް ގާއިމުކުރުމުގެ މަސައްކަތްތައް ކުރެވެމުންދާކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ހަމަ އެގޮތަށް އިންޑިއާ އާއިއެކުވެސް މިފަދަ އެއްބަސްވުމެއް ގާއިމުކުރެވޭ ހިސާބަށް ދާނެކަމަށް އުންމީދުކުރައްވާކަމަށެވެ. ރައީސް ވިދާޅުވީ މިކަންކަން ރޭވިގެންދަނީ ވިޔަފާރިތައް ކުރިއެރުވުމަށްޓަކައިކަމަށެވެ.

ރައީސް ވިދާޅުވީ، ސަރުކާރުންދަނީ ޗައިނާ އާއި އިންޑިއާ އާއިއެކު ކަރަންސީ ސްވަޕް އެއްބަސްވުމެއް ގާއިމުކުރުމުގެ މަސައްކަތްތައްވެސް ކުރަމުންކަމަށެވެ. އެހެންކަމުން ހުރިހާ ގައުމަކަށްވެސް އިގްތިސާދީ ގޮތުން ކުރިއެރުންތައް ލިބިގެންދާނެކަމަށް ފާހަގަކުރެއްވިއިރު އެމަނިކުފާނުވަނީ އެކަމުގެ ސަބަބުން ޑޮލަރުގައި ނުޖެހި ވިޔަފާރިކުރުމުގެ ފުރުސަތު ފަހިވެގެންދާކަމަށްވެސް ވިދާޅުވެފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: