ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިސްޓްރީތަކުން ކުރާ ހަމައެކަނި ކަމަކީ ސިޓީބިޓީ ދޫކުރުުން: ޣަފޫރު

ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރް މޫސާ(ގަޕޯ)
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ މިނިސްޓްރީތަކާ މުއައްސަސާތަކުން ކުރާ ހަމައެކަނި ކަމަކީ ސިޓީބިޓީ ދޫކުރުން ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލަށް ބަހުސް ކުރައްވަމުން ޣަފޫރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ރިޔާސީ އިންތިޚާބު އެއްކޮށްލާއިރު ކައުންސިލްތަކުގެ އިންތިޚާބު ވެސް އެ އިންތިޚާބުތަކާ އެއްކޮނުލެވެންވީ ކީއްވެގެންތޯ ސުވާލު އުފެދޭ ކަމަށެވެ. މެންބަރު ވިދާޅުވީ ވެރިންގެ މުށުގަ އޮންނަ ބާރު ރައްޔިތުންނާ ހަމައަށް ދޫކޮށްލުމަކީ އަބަދުވެސް އުނދަގޫ ކަމެއް ކަމަށެވެ.

ވެރިކަމުގަ އޮންނައިރު އެ ވެރިކަމުގެ ބާރުވެރިކަން ހުރިހާ ހިސާބަކަށް ހިންގަން ބޭނުންވާ ސަރުކާރުތަކެއް މި ގައުމުގައި އަންނަމުން މިދަނީ. މިއީ ގޯހެއް. މި ނިޒާމު ގަބޫލު ކުރަނީ ސަރުކާރުގައި ތިބިކަމުގައި ވީނަމަވެސް އިދިކޮޅު ކައުންސިލެއް އޮތް ކަމުގައި ވީނަމަވެސް އެ ކައުންސިލްތަކާ އެއްކޮށް މަސައްކަތް ކުރުން. އެހެންވީމަ އަޅުގަނޑުމެން މިއަދު ކައުންސިލްތަކުގެ ވާޙަކަދައްކާއިރު ކައުންސިލްތައް އެކަންޏެއް ނޫން ޚަރަދު ބޮޑުވަނީކީ.

ދައުލަތުގެ ބަޖެޓް 50 ބިލިއަނަށް އަރާފަ އޮތް އިރު އޭގެތެރެއިން 42 ބިލިއަން ރުފިޔާއަކީ ރިކަރަންޓް ޚަރަދު. ހަމައެކަނި ދެ ބިލިއަން ކައުންސިލްތަކަށް މި ދެނީ. ކޮބައިތޯ އަނެއް 40 ބިލިއަން ރުފިޔާ. ދައުލަތުގެ މުއައްސަސާތައް އެބަހުރިތޯ ދައުލަތުގެ މިނިސްޓްރީ އެބަހުރިތޯ. މިކަންކަމުން ނަތީޖާ ހާސިލްކުރެވޭތޯ. ނޫން. މަދު ކަމަކުން ނަތީޖާ ހާސިލު ކުރެވެނީ. ޚރަދު ކުރަމުންދާ ބައިވަރު ފައިސާތަކެއް. ރައްޔިތުންގެ ހިތްހަމަޖެހުން ސަރުކާރަށް ނުލިބެނީ އެހެންވީމަ. ދައުލަތުގެ މިނިސްޓްރީތަކާ މުއައްސަސާތަކުގައި އެތައް މުވައްޒަފުންނެއް ތިބި އިރު އެންމެ ކުޑަމިނުން މެނޭޖްމަންޓް އޮޑިޓެއްވެސް ހެދިފައި ނެތް ގިނަ ތަންތާ.

ޣަފޫރު ވިދާޅުވީ ބޭނުންވަނީ ކިތައް މުވައްޒަފުންތޯ ބޭނުންވަނީ އަދި ކިތަށް މުވައްޒަފުންތޯ ތިބީ ވެސް ބަލަން ޖެހޭ ކަމަށެވެ. ނަމަވެސް އެކަން ވެސް ކުރެވިފައި ނުވާ ކަމަށް މެންބަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އަހަރު ނިމިގެންދާއިރު އަންނަ އަހަރަށް 20 ޕަސެންޓާ 15 ޕަސެންޓް އިތުރުކުރުމަށްފަހު ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ހުށަހަޅަމުންދާ ކަމަށެވެ. އެ ހުށަހަޅާ ބަޖެޓުން ރައްޔިތުންނަށް ދެވުނީ ކޮން ޚިދުމަތެއްތޯ އަދި ހާސިލް ކުރެވުނީ ކޮން ނަތީޖާއެއްތޯ ބަލާ އެއްވެސް ތަނެއް ނެތް ކަމަށް ޣަފޫރު ވިދާޅުވިއެވެ.

އަޅުގަނޑު މިވާހަކަ މި ދައްކަނީ މިކަން އެނގިހުރެ. އަޅުގަނޑު މިދިޔަ 15 އަހަރު ދުވަހު މި މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އިން މީހަކަށް ވާތީ. އެއްވެސް ނަތީޖާއެއް ހާސިލުނުކޮށް ރައްޔިތުންގެ ފައިސާތައް ހޭދަކުރަމުން އެދަނީ. މިނިސްޓްރީއެއް ވެއްޖެޔާ ކުރާ ހަމައެކަނި ކަމަކީ ސިޓީބިޓީ ދޫކުރުުން. އެއްވެސް ދިރާސާއެއް ނުކުރޭ. ރައްޔިތުން ބޭނުންވާ ޚިދުމަތެއް ދެވެނީތޯ ބަލަނީއެއްވެސް ނޫން. އަދި ކުރިމަގުގައި އެ މިނިސްޓްރީ އޮންނާނެ ތަސައްވުރެއްވެސް އެއިންތާކު ނެތް.

އޭނާ ވިދާޅުވީ ދައުލަތުގެ މުއައްސަސާތަކަށް މަޖިލީހުން އެބޭފުޅުން ބޭނުންވާހާ ކަންތައް ކޮށްދޭއިރުވެސް ހާސިލްކުރެވުނީ ކޮން ނަތީޖާއެއްތޯ ސުވާލުއުފެދޭ ކަމަށެވެ.

އަޅުގަނޑުމެން އެންޓީ ކޮރަޕްޝަން އޮފީހެއް ހަދައިފިން، އަޅުގަނޑުމެން އޮޑިޓް އޮފީހެއް ހަދައިފިން އަދި ދުނިޔޭގަ ލެއްވި ހުރިހާ ނަމެއް ދީގެން ތަންތަން ހަދައިގެން ޚަރަދުކުރަމުން ދަނީ. އެހެން ނަމަވެސް ރައްޔިތުން ބޭނުންވާ ނަތީޖާ ނުނިކުންނާތީ ރައްޔިތުން ކަންބޮޑުވުން އޮތީ.

ރައްޔިތުން ވޯޓުލާން ނުނިކުންނަނީ ދުނިޔޭގެ ފިކުރީ ނިޒާމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަމަށް ވިދާޅުވެ ޣަފޫރު ވިދާޅުވީ އެއީ މިގައުމުގަ އެކަނި ހިނގާ ކަމެއް ނޫން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: