ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިޔަފާރިތަކަށް ލިބެންޖެހޭ 15 ބިލިއަން ހުރީ ސަރުކާރު ތެރޭ ތާށިވެފައި، އެ ފައިސާ ދައްކަން ބަޖެޓުކޮށްފައި ނެތް: ޣަފޫރު

މިއަދު އެމްޑީޕީގެ ޕީޖީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މެމްބަރު އަބްދުލްޣަފޫރު މޫސާ -- ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރައްޔިތުންގެ ވިޔަފާރިތަކަށް ލިބެންޖެހޭ 15 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ސަރުކާރުގެ ތެރޭގައި ތާށިވެފައި އެބަހުރި ކަމަށާއި އެ ފައިސާ ދައްކަން އަންނަ އަހަރުގެ ބަޖެޓުގައި ވެސް ހިމަނާފައި ނެތް ކަމަށް ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޣަފޫރު ވިދާޅުވީ، ކުރިއަށް އޮތް އަހަރަކީ ރައްޔިތުންނަށް ވަރަށް ބޮޑަށް ދަތި އަހަރަކަށް ވެގެންދާނެ ކަމަށެވެ. އަދި ސަރުކާރުން ރައްޔިތުންގެ ވިޔަފާރިތަކަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ތާށިވެފައިވާއިރު، ސަރުކާރު މިހާރު ހިންގަމުންދަނީ ރައްޔިތުންގެ އަތުން ނަގާ އިންޓްރެސްޓް ފްރީ ލުއި ލޯނުތަކުން ކަމަށް އޭނާ ސިފަކުރެއްވިއެވެ.

އެގޮތުން، ފިނޭންސް މިނިސްޓްރީއަށް ހަތް ބިލިއަން ރުފިޔާގެ ބިލު ފޮނުވާފައި އެބަ ހުރި ކަމަށާއި، އިތުރަށް އާސަންދައާއި ފެނަކަ އާއި އެޗްޑީސީގެ ސްޓެލްކޯ އާއި ހައުސިން މިނިސްޓްރީއާއި އެޑިއުކޭޝަން މިނިސްޓްރީގެ ތެރޭގައި އަށް ބިލިއަން ރުފިޔާ ތާށިވެފައި އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ދަށްވެގެން އުޅޭ ސަބަބަކީ އެ ފައިސާ ތާށިވެފައި ހުރުން ކަމަށެވެ.

”15 ބިލިއަން ރުފިޔާ ރައްޔިތުންނަށް ލިބެންޖެހޭ، ރައްޔިތުން ކުރާ ވިޔަފާރީގެ ތެރެއިން ސަރުކާރުގެ ތެރޭގައި ތާށިވެފައި އެހުރީ. އެހެންވީމާ ރާއްޖޭގެ އިގްތިސާދީ ކުރިއެރުން މިހާ ދަށަށް ވެއްޓިގެން މިދަނީ. އަޅުގަނޑުމެންނަށް ނެތް މުސްތަގުބަލެއް މިގޮތަށް ކުރިއަށް ދާކަށް.“ ޣަފޫރު

ރައްޔިތުން ކުރި މަސައްކަތުން ރައްޔިތުންނަށް ހައްގުވާ ފައިސާ ސަރުކާރުން ހިފަހައްޓާފައިވާއިރު، އެއިން އެއްވެސް ފައިސާއެއް ދެއްކުމަށް ބަޖެޓުގައި ހިމަނާފައި ނެތް ކަމަށް ވެސް ޣަފޫރު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، އެމްއޭސީއެލް ފުނޑާލާފައިވާ ކަމަށާއި ބީއެމްއެލް ހުއްޓުމަކާ ގާތަށް ގެންގޮސްފައިވާ ކަމަށާއި ޕެންޝަން ފަންޑުން ހުރިހާ ފައިސާއެއް ނަގާފައިވާ ކަމަށެވެ. އެހެންކަމުން، ގައުމަށް އިތުރަށް އެއްވެސް ކާރިސާއެއް ދިމާވެއްޖެނަމަ ނޭވާލާނެ ޖާގައެއް މިހާރު ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ކުރީގެ އެއްވެސް ސަރުކާރަކުން އެމްއެލްއޭސީއެލް، ބީއެމްއެލް އަދި ޕެންޝަން އޮފީހާ ނުބެހޭ ކަމަށާއި އެހެންނަމަވެސް، މި ސަރުކާރުން އެތަންތަނުން ވެސް ފައިސާ ނެރެ އެތަންތަން ބަންދުކުރާ ހިސާބަށް ގެންގޮސްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން، ތެޔޮ އަގުބޮޑުވުމަކީ ހުރިހާ ސަރުކާރުތަކުގައި ދިމާވި މައްސަލައެއް ކަމަށާއި ކުރިން ވެސް އަގުބޮޑު ތެޔޮ ގެނެސްގެން ގައުމު ހިންގަން ޖެހުނުކަން ރައްޔިތުންނަށް އެނގޭކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް، އެކަން ހުއްޖަތަކަށް ދައްކާއިރު، މިއަދު ރައްޔިތުން އުޅެމުންދަނީ ކޮވިޑްގެ ހާލަތަށް ވުރެ ދަތި އުނދަގޫ ހާލަތުގައި ކަމަށް ޣަފޫރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: