ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެ ސިޓީ ކައުންސިލަށް އިންތިޚާބުވި މެންބަރުން ހުވާކުރައްވައިފި

މާލޭ ސިޓީ ކައުންސިލަށް އަލަށް އިންތިޚާބުވި މެންބަރުން - ފޮޓޯ: ދައުރު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީ ކައުންސިލަށް އަލަށް އިންތިހާބުވި ތިން މެންބަރުން ހުވާ ކުރައްވައިފިއެވެ.

މި ތިން ދާއިރާގެ ގޮނޑި ހުސްވީ، އެ މަގާމުގައި ތިއްބެވި ކައުންސިލަރުން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމުންނެވެ. މާލޭ ސިޓީ ކައުންސިލްގެ ތިން ދާއިރާއެއްގެ ގޮނޑިއަށް އަލަށް މެމްބަރުން އިންތިހާބު ކުރަން ބޭއްވި ބައި-އިލެކްޝަން ބާއްވާފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުގައެވެ.

މާލެ ސިޓީ ކައުންސިލުން ހުސްވެފައިވާ ގޮނޑިތަކަށް ކައުންސިލަރުން އިންތިހާބު ކުރުމަށް ބޭއްވި ބައި އިލެކްޝަންގެ ތިން ގޮނޑި ވެސް ޕީއެންސީން ކާމިޔާބުކުރިއިރު، މިއަދު ހ. މާގިރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ތިން މެންބަރުންނަށް ހުވާ ލައިދެއްވީ ޑްރަގް ކޯޓުގެ ގާޒީ މުހައްމަދު ސަމީރެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓު ފާތުމަތު ޝައުފާ ސަލީމެވެ. ޝައުފާ އާ ވާދަކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު އަލީ ޖިނާދުއެވެ. މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓު ފާތުމަތު އިޝާން އަލީއެވެ. އޭނާއާ ވާދަކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓު ހައްވާ ޝިފާނާއެވެ.

ހުޅުމާލެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓު އަލީ އައިމަންއެވެ. އޭނާއާ ވާދަކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓު އަހުމަދު ރަޝީދު އާއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: