ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

163 ކައުންސިލަކާއި ބައްދަލުކުރެވިއްޖެ، ބާކީތިބި ކައުންސިލުތަކާއި ވަރަށް އަވަހަށް ބައްދަލުވާނެ: ރައީސް

ޕީއެންސީގެ ހަރުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް ހަރުގެއަށް ވަޑައިގަންނަވަނީ: ފޮޓޯ/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާތަނަށް 163 ކައުންސިލަކާއި ބައްދަލުކޮށް މަޝްވަރާކުރެއްވިފައިވާކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލާއިއެކު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ރައީސްވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ކަންސިލުތަކާއިއެކު މަޝްވަރާ ބައްދަލުވުންތައް ކުރިއަށް ގެންދިއުމަށް ޒިޔާރަތްކުރައްވަމުން އައިސްފައިވާކަމުގެ މައްޗަށް އަލިއަޅުއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، މާލެ ސިޓީ ކައުންސިލާއިއެކު ބައްދަލުވުން ކުރިއަށް ގެންދެވޭކަމަށް އުފާކުރައްވާކަމަށެވެ./

ރައީސް ވިދާޅުވީ، ރާއްޖޭގެ ހުރިހާ ކައުންސިލުތަކާއިވެސް ބައްދަލުކުރައްވަމުން އައިސްފައިވާކަމަށާއި މިހާތަނަށް އެ މަސައްކަތްތަކުގެ ތެރެއިން 163 ކައުންސިލަކާއި ބައްދަލުކުރެއްވިފައިވާކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ބައްދަލުނުކުރެއްވެނީ މަދު ކައުންސިލަކާއި ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެ މަސައްކަތްތައް ފުރިހަމަކުރައްވާނެކަމަށް ހިއްސާކުރެއްވިއެވެ.

ރައީސް ވިދާޅުވީ، މާލެ ސިޓީ ކައުންސިލާއިއެކު މިއަދު ބައްދަލުކުރެއްވީ އެ ޕްރޮގްރާމްގެ ތެރެއިން އެންމެ ބޮޑު ކައުންސިލާއި މަޝްވަރާކުރެއްވުމުގެ ގޮތުންކަމަށާއި އެކަމާއި އުފާކުރައްވާކަމަށެވެ. ރައީސް ވިދާޅުވީ، އޭގެ އިތުރު އުފަލަކަށް ވެގެންދަނީ ރައީސްކަމަށް ވަޑައިގެންނެވުމުން މަސައްކަތްކުރެއްވީ މާލެ ސިޓީ ކައުންސިލުގައިކަމަށް ވުމުންކަމަށެވެ.

ރައީސްވަނީ އެމަނިކުފާނުގެ ވާހަކަފުޅު ކުރުކޮށްލައްވައި ކައުންސިލުގެ ހުށައެޅުންތައް އަޑުއެއްސެވުމުގެ ގޮތުން ފުރުސަތު ހުޅުއްވާލައްވާފައެވެ. އަދި މާލެ ސިޓީގެ އިތުރުން އެހެން ކައުންސިލުތަކާއިއެކު ކުރިއަށް ގެންދިޔަ ބައްދަލުވުންތައްވެސް ބައްޓަންކުރެއްވީ އެންމެ ފުރަތަމަ ކައުންސިލުން ބޭނުންވާ މައުލޫމާތު ހިއްސާކުރާ ގޮތަށްކަމަށާއި އެމަނިކުފާނުގެ ވާހަކަތައް ކުރިއަށް ގެންދަވަނީ އެކަންކަން އެއްސެވުމަށް ފަހުކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: