ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ރޭ ބަހްރެއިންއަށް ވަޑައިގެންފިއެވެ. މިނިސްޓަރު ޒަމީރު ބަހްރެއިންއަށް ވަޑައިގަތީ އެ ގައުމުގެ ފޮރިން މިނިސްޓަރު އަބްދުއްލަތީފް ބިން ރާޝިދު ޒަޔާނީގެ ދައުވަތަކަށެވެ.
މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ބެހޭގޮތުން މަޝްވަރާކުރައްވާނެ ކަމަށް ބެލެވެއެވެ. އަދި ދެ ގައުމުގެ މަސްލަހަތު ހިމެނޭ އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާ ބެހޭގޮތުން ވެސް ވާހަކަދައްކަވާނެ ކަމަށް ލަފާކުރެވެއެވެ.
ފޮރިން މިނިސްޓަރު ޒަމީރުގެ މި ދަތުރުފުޅަކީ ރާއްޖެއާއި ބަހްރެއިންއާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެ ދަތުރުފުޅެއް ކަމަށް ބެލެވެއެވެ. މި ދަތުރުފުޅުގެ މުއްދަތާއި އިތުރު ތަފްސީލު އަދި ހާމަކުރައްވާފައެއް ނުވެއެވެ.

