ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑރ ހައިދަރުގެ ޖަވާބާއި ދެކޮޅަށް އަޑުއުފުލި އެމްޑީޕީގެ ހަތަރު މެންބަރަކު ޖަލްސާއިން ބޭރުކޮށްފި

މަޖިލީހުގެ ތަޅުމުން ބޭރުކުރި 4 މެންބަރުން.
ޝެއާރކޮށްލާ ކަހަލަދޯ؟

ހައުސިން މިނިސްޓަރު ޑރ އަލީ ހައިދަރު ދެއްވި ޖަވާބުތަކާއިމެދު ނުރުހުންވެ، މަޖިލީހުގެ ނިޒާމު ގެއްލުމުން މަސައްކަތް ކުރެއްވި ކަމަށް ބުނެ އެމްޑީޕީގެ 4 މެންބަރަކު މަޖިލީހުގެ ތަޅުމުން ބޭރުކޮށްލައިފިއެވެ.

ޑރ ހައިދަރު މަޖިލީހަށް ހާޒިރު ކުރެއްވީ ކުރީ ސަރުކާރުން ދޫކޮށްފައިވާ ގޯތިތަކާއި، ފްލެޓުތަކުގެ މައްސަލައިގައި ޖަވާބުދާތީ ކުރުވުމަށެވެ. މިނިސްޓަރުގެ ޖަވާބުތަކަށް އެމްޑީޕީގެ މެންބަރުން ގެންދެވީ ނުރުހުންވުން ފާޅު ކުރައްވަމުންނެވެ. އެގޮތުން އެކަށީގެންވާ ޖަވާބު ނުލިބޭކަމަށް ފާހަގަކުރެއްވިއެވެ. ނިޒާމީ ނުކުތާއެއް ނަންގަވާ އެންމެ ފުރަތަމަ ނުރުހުން ފާޅުކުރީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމްއެވެ. އެގޮތުން މަޖިލީހުގެ ތަޅުމަކީ ޕީއެންސީގެ ހަރުގެ އެއް ނޫންކަމަށް ވިދާޅުވުމާއިއެކު، ރިޔާސަތުން ވަނީ މީކާއީލް ހުއްޓުވާފައެވެ.

މިނިސްޓަރު އެކަށީގެންވާ ޖަވާބެއް ނުދެއްވާ ކަމަށް ވިދާޅުވެ އިތުރު ބައެއް މެންބަރުންވެސް ނިޒާމީ ނުކުތާ ނެންގެވިއެވެ. ނަމަވެސް ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ރައީސް އަބްދުލްރަހީމް އަބްދުﷲ ވިދާޅުވީ، މެންބަރު ބޭނުންވާ ގޮތަށް ޖަވާބު ނުދިނުމުން ނިޒާމީ ނުކުތާ ނެންގެވި ނަމަވެސް ބަލައި ނުގަނެވޭނެކަމަށެވެ.

އެންމެ ފުރަތަމަ މިއަދުގެ ޖަލްސާގައި ނަން އިއްވީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދުގެއެވެ. ނަމަވެސް ތަޅުމުން ނިކުތުމަށް ދެކޮޅު ހަދާ މެންބަރު ވަނީ ރިޔާސަތުގެ ކުރި މަތީ އަޑުގަދަ ކޮށްފައެވެ. އެހެން މެންބަރުންވެސް ޒިޔާދާއި ގުޅިވަޑައިގެން ރިޔާސަތުގެ ކުރި މަތީގައި އަޑުގަދަ ކުރަން ފެށުމުން، ދެން ނަން އިއްވީ އެމްޑީޕީގެ ޕީޖީ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލާއި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު އަދި ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދުގެއެވެ.

ޖަލްސާ މެދުކަނޑާލީ ނަން އިއްވި ހަތަރު މެންބަރުން ތަޅުމުން ނުނިކުންނެވުމުންނެވެ. އެއާއިއެކު މިނިސްޓަރާއި ސުވާލުކުރުމުގެ ބައިވެސް ނިންމާލާ ޖަލްސާ މެދުކަނޑާލެއްވީއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 67%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: