ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންމެ ގިނައިން މައްސަލަތައް ދިމާވަނީ ރަޖިސްޓްރީ ނުކޮށް ހުރި ތަންތަނުން: ހަލީލް

ކުރީގެ ހާރިޖީ ވަޒީރު ޑރ އަބްދުﷲ ހަލީލް
ޝެއާރކޮށްލާ ކަހަލަދޯ؟

އެންމެ ގިނައިން މައްސަލަތައް ދިމާވަނީ ރަޖިސްޓްރީ ނުކޮށް ހުރި ތަންތަނުން ކަމަށް ހެލްތު މިނިސްޓަ ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަލީލް ވިދާޅުވީ މިއަހަރުގެ ޖެނުއަރީ މަހުންފެށިގެން މިހާ ހިސާބަށް އައިއިރު 1579 ތަނެއް ބަލައިފާސްކޮށްފައި ވާ ކަމަށެވެ. އޭގެ ތެރެއިން 14 ތަނެއް ބަންދު ކުރަން ޖެހުނު ކަމަށާއި އެއީ ރަޖިސްޓަރ ކޮށްގެން ހިންގާ ތަންތަން ކަމަށް ހަލީލް ވިދާޅުވިއެވެ.

ގާނޫނު އޮތް ގޮތުން ރެޖިސްޓަރީކޮށްފައި ހުންނަ ތަންތަނަށް ވަދެވޭގޮތަށް އޮންނަ ކަމަށް ހަލީލް ވިދާޅުވިއެވެ. ރަޖިސްޓްރީކޮށްގެން ހިންގާ ތަންތަނުގެ ތެރެއިން 1579 ތަނެއް ބަލައިފާސްކުރުމަށް ފަހުގައި ގާނޫނާއި ހިލާފަށް ހެދިފައިހުރި ގަވައިދުތަކާއި ހިލާފަށް އެތަންތަނުގެ މިންގަނޑުތައް ހުރި 14 ތަނެއް ބަންދު ކުރެވުނު ކަމަށް ހަލީލް ވިދާޅުވިއެވެ.

ހަލީލް ވިދާޅުވީ 13 ތަނެއް އަލުން ހުޅުވާފައިވާ ކަމަށާއި އަދި 1 ތަން އަދިވެސް ނުހުޅުވާ ހުރި ކަމަށެވެ. މިދިޔަ ޖެނުއަރީ މަހުން ފެށިގެން އޮގަސްޓު މަހުގެ 21 ވަނަ ދުވަހާއި ހަމައަށް ޝަކުވާގެ ގޮތުގައި ލިބިފައި އޮތީ 136 މައްސަލަ ކަމަށް ހަލީލް ވިދާޅުވިއެވެ.

ހަލީލް ވިދާޅުވީ މިހާރު ވެސް ރަޖިސްޓްރީކޮށްގެން ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ހުންނަނީ ރަނގަޅަށް ކަމަށާއި މައްސަލަ ދިމާވަނީ ރަޖިސްޓްރީނުކޮށް ނުވަތަ ސިއްރުން އެކަން ކުރާ މީހުން ހިންގާ ތަންތަނުގައި ކަމަށެވެ. އަދި ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ފަރާތުން މިކަންކަން އާންމުކޮށް ފެންނަކަން ފާހަގަކުރައްވަމުން އޭނާ ވަނީ ނުތާހިރުކޮށް ކާބޯތަކެތީގެ ވިޔަފާރިކުރަނިކޮށް ފެނިއްޖެ ނަމަ ރިޕޯޓުކުރުމަށް ވެސް އެދިވަޑައިގެންފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: