ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިދޭސީން އަހަރެއްގެ މައްޗަށް 500 މިލިއަން ޑޮލަރު ރާއްޖެއިން ބޭރުކުރޭ: ސައީދު

އިކޮނޮމިކް މިނިސްޓަރ ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން އަހަރެއްގެ މައްޗަށް 500 މިލިއަން ޑޮލަރު ބޭރު ކުރާކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

އިގްތިސާދީ ދަތިތަކާއި އެކު މިވަގުތު ސަރުކާރުން ކުރަމުން ދާ މަސައްކަތަކީ ޑޮލަރުގެ ރިޒާވް އިތުރުކޮށް އެ އާމްދަނީ ފުޅާ ކުރުމެވެ. ރާއްޖެއިން ކޮންމެ އަހަރަކު އެތައް މިލިއަން ޑޮލަރެއް ބޭރުވާ މައްސަލައިގައި ސައީދު ވިދާޅުވީ މިއީ އަބަދުވެސް ކަން ހިނގަމުން އައި ގޮތްކަމަށެވެ.

ޑޮލަރު ބޭރު ކުރުމަށް ރައީސް ޔާމީންގެ ވެރިކަމުގައި ޓެކުހެއް ނެގި ނަމަވެސް، އެމްޑީޕީގެ ވެރިކަމުގައި އެ ޓެކްސް އުވާލީކަން ފާހަގަކޮށް ސައީދު ވިދާޅުވީ މޯލްޑިވްސް މަނިތަރީ އޮތީރިޓީ (އެމްއެމްއޭ) ގައި ކްރެޑިޓް ގެރެންޓީ ސްކީމެއް އުފައްދާފައިވާނެކަމަށެވެ.

އެކަމުގެ ސަބަބުން ރާއްޖޭގެ ކޮންޓްރެކްޓަރުންނަށް އެ މީހުން ބޮރޯކުރާ ކްރެޑިޓް ގެރެންޓީވެގެން ދިޔަކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް މި ހުރިހާކަމެއްވެސް އެމްޑީޕީއިން ވެރިކަމަށް އައުމަށްފަހު އުވާލިކަމަށް ވިދާޅުވިއެވެ.

ރާއްޖެއިން ބޭރުކުރާ ޑޮލަރުގެ މިންވަރު މަދުކުރުމަށްޓަކައި، ތެޔޮ ގަންނަ ރާއްޖެއިން 600 މިލިއަނާއި ގާތް ކުރާ އަދަދަކަށް ޑޮލަރު ހަރަދު ކުރަން ޖެހޭކަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ، ނަމަވެސް ސޯލާ ސިޓީއެއް ގާއިމްކޮށްފިނަމަ މި ހޭދައިން ބައެއް ސަލާމަތް ކުރެވޭނެކަމަށެވެ. މިކަމަށް ހައްލެއް ހޯދުމަށް އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުމަކީ މުހިންމުކަމެއްކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ފާހަގަކުރެއްވީ އިންޑިއާއާއި ޗައިނާގެ ފައިސާއިން ޕޭމަންޓު ދެއްކުމަށްޓަކައި ކުރަމުން އަންނަ މަސައްކަތްތަކެވެ. އެންމެ އަވަހަށް މި މަސައްކަތް ފަށާނީ އިންޑިއާއިންކަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ އެ މަސައްކަތްތައް ނިމުމުން ޑޮލަރަށް އޮތް ޕްރެޝަރު ކުޑަވެގެން ދާނެކަމަށެވެ.

ރައީސް އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓަރު ޑރ މުހައްމަދު ޝަފީގު ވިދާޅުވީ ރާއްޖެއަށް ޑޮލަރުގެ ބޭނުންޖެހިފައިވާ މިންވަރު މިހާރު ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށެވެ. އެހެންކަމުން ޑޮލަރު ބޭނުންވާ ބޭންކުތަކަށް އެމްއެމްއޭއިން އެހީތެރިކަން ފޯރުކޮށްދޭނެކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ގިނަ މަޝްވަރާތަކަކާއެކު އިގްތިސާދަށް ބޮޑެތި ބަދަލުތަކެއް ގެންނަން ކުރާ މަސައްކަތުގެ ތެރެއިން 70 މިލިއަން ޑޮލަރުގެ އާމްދަނީއެއް ކައިރި މުސްތަގުބަލެއްގައި ލިބޭނެ ކަމަށް އަންދާޒާ ކުރެވޭކަމަށެވެ. އަދި ފިސްކަލް ޕޮލިސީ މިހާރު ވަނީ ތައްޔާރުވެފައިވާ ކަމަށާއި ދަރަނީގެ ސިޔާސަތުވެސް އެކުލަވާލާފައިވާކަމަށް ވިދާޅުވިއެވެ.

އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތްތަކެއް ކުރުމަށް އަންނަކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ މިހާރު ފިނޭންސް މިނިސްޓްރީން ކުރަމުން އަންނަ އެންމެ މުހިންމު އެއް މަސައްކަތީ 2026 ވަނަ އަހަރު ރާއްޖެއިން ދަރަނީގެ ގޮތުގައި އެކި ފަހަރު މަތިން ދައްކަންޖެހޭ ބިލިއަނެއްހާ ޑޮލަރު ދެއްކުމަށް ވާންޖެހޭ ތައްޔާރީތައްވުންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: