ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަގާފަތަކީ އަދުގެ ދިރިއުޅުމުގެ ބައެއްގެ ގޮތުގައި ހެދުން މުހިއްމު: ސާޖިދާ

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިންގެ ސަގާފަތަކީ އަދުގެ ދިރިއުޅުމުގެ ބައެއްގެ ގޮތުގައި ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު އެދިވަޑައިގެންފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ކ. މާފުށީ ޖަލުގެ ގޯތިތެރޭގައި ހަދާފައިވާ ”ދިވެހި ސަގާފީ ގޯތި“ ރަސްމީގޮތުން ހުޅުއްވައިދެއްވައި ދެއްކެވި ވާހަކަފުޅުގައި މެޑަމް ސާޖިދާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހި ޤައުމިއްޔަތު އިޢާދަކުރުމުގެ ޤައުމީ ސިޔާސަތެއް އެކުލަވާލެއްވުމަކީ އޭގައި މުހިންމު މަޤްޞަދުތަކެއް، މާނަތަކެއް އަދި މަންފާތަކެއް އެކުލެވޭ ކަމެއްކަމަށެވެ. އަދި މިއަދުގެ ދިވެހިންގެ ދިރިއުޅުމުގެ ބަޔަކަށް ދިވެހިންގެ ރީތި ސަގާފަތް ހެދުމުން ކުރާނެ ފައިދާތަކުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ.

ދިވެހިންގެ އިހުގެ ސަގާފަތަށް އެނބުރި ބަލައިލުމުން ފެންނަނީ އިޖުތިމާޢީ ބަލިމަޑުކަމެއްނެތް ފުދުންތެރި ފަޚުރުވެރި ދިވެހިރާއްޖެއެއްކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި ދިވެހި ސަގާފަތާއި ދިވެހިންގެ ތަރިކައިގެ މައްޗަށް ވަރަށް ތަފްޞީލީ ގޮތެއްގައި އަލިއަޅުވާލައްވައި އެކަމަނާ ވަނީ ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވާ މައްސަލަތަކަށް ޙައްލު ލިބެން އޮތީ ދިވެހި ޤައުމިއްޔަތު އިޢާދަކުރެވިގެންކަން ފާހަގަކުރައްވާފައެވެ.

މާފުށީ ޖަލުގެ ގޯތިތެރޭގައި ހަދާފައިވާ ދިވެހި ސަގާފީ ގޯއްޗަކީ ސަގާފީ ގޯއްޗެއްގެ ތެރެއިން އަދި ދިވެހިންގެ އިހުގެ ދިރިއުޅުމާ އާދަކާދައިގެ ތެރެއިން ފެންނަ ވަރަށް ގިނަ ކަންތައްތައް ހިމެނޭގޮތަށް ހަދާފައިވާ ތަނެކެވެ. މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ ގައީދިން ރިހެބިލިޓޭޓްކުރުމުގައި ދިވެހި ސަގާފީ ގޯތީގެ ތެރެއިން ފެންނަންހުރި ދިވެހިންގެ ސަގާފަތާއި އާދަކާދައިގެ ތެރޭގައި ހިމެނޭ އެކި މަސައްކަތްތައް އެމީހުންނަށް ދަސްކޮށްދީ މަސައްކަތްތެރި ބަޔަކަށް އެމީހުން ހެދުންވެސް ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: