ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި މިހާރު އެމްޕޮކްސް އަށް ޓެސްޓް ކުރެވޭނެ

އެމްޕޮކްސް އަށް ޓެސްޓު ކުރުމަށް ބޭނުންވާ ޓެސްޓް ކިޓްތައް ހެލްތު މިނިސްޓްރީއަށް ހަދިޔާ ކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި އެމްޕޮކްސް އަށް ޓެސްޓް ކުރެވޭނެ އިންތިޒާމް ހަމަޖެހިއްޖެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ އެމްޕޮކްސް އަށް ޓެސްޓު ކުރުމަށް ބޭނުންވާ ޓެސްޓް ކިޓްތައް ހެލްތު މިނިސްޓްރީއަށް ހަދިޔާކޮށްފައެވެ.

މި ތަކެއްޗާއި މިނިސްޓްރީގެ ފަރާތުން ޙަވާލުވެވަޑައިގެންނެވީ ސްޓޭޓް މިނިސްޓަރ އިސްމާއިލް ޝަރީފެވެ. ޑަބްލިޔުއެޗްއޯ ގެ ފަރާތުން މި ޓެސްޓް ކިޓްތައް ޙަވާލުކޮށްދެއްވީ މެޑިކަލް އޮފިސަރ ޑރ. ޕަޑްމަލް ޑި ސިލްވަރ އެވެ.

އެމްޕޮކްސް އަށް ޓެސްޓް ކުރުމަށް ހަމަޖެހިފައި ވަނީ އައިޖީއެމްއެޗް އިންނެވެ. އެހެން ނަމަވެސް އެމްޕޮކްސްއަށް ރާއްޖޭގެ ކޮންމެ ރަށަކުން ވެސް ސާމްޕަލް ނެގޭނެއެވެ.

އެމްޕޮކްސް އާންމުކޮށް ފެންނަނީ އެފްރިކާގެ މެދުތެރެއާއި ހުޅަނގު އެފްރިކާގެ ފަޅު ސަރަހައްދުތަކުގައެވެ. މިއީ މަދުން ނޫނީ ނުފެންނަ ވައިރަލް އިންފެކްޝަނެކެވެ. މިބަލި ފުރަތަ ފެނިފައިވަނީ ޖަނަވާރުންގެ ކިބައިން ނަމަވެސް މިދިޔަ 50 އަހަރު ވަރަކަށް މިބަލި އިންސާނުންގެ ކިބައިންވެސް ވަނީ ފެނިފައެވެ.

މި އަހަރު މިހާތަނަށް ކޭސް ރިޕޯޓް ކޮށްފައިވާ އަދަދު މިދިޔައަހަރަށް ވުރެ ބޮޑަށް އިތުރުވުމާއި އެކު ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާއިން ވަނީ 14 އޮގަސްޓް 2024 ގައި ސިއްޙީ ނުރައްކަލުގެ ހާލަތު އިޢުލާން ކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: