ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަންކަރިންގެ ޚިދުމަތް ފަށަން ވާން ޖެހޭ ހުރިހާ ތައްޔާރީއެއް ނިމިއްޖެ: ވަޖީހު

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޓަނޭޝަނަލް ބަންކަރިންގެ ޚިދުމަތް އިހަވަންދިއްޕޮޅުގައި ފެށުމަށްޓަކައި ވާންޖެހޭ ހުރިހާ ތައްޔާރީއެއްވެ ނިމިފައިވާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ސީއީއޯ މުހައްމަދު ވަޖީހު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވަޖީހު ވިދާޅުވީ އެ ހިދުމަތް ފެށުމަށް ބޭނުންވާ ބަންކަރިން ދެ ބޯޓާއި ޓަގު ބޯޓު އަދި ޕައިލެޓް ބޯޓު މިހާރު ވަނީ އިހަވަންދިއްޕޮޅަށް ގެންގޮސްފައެވެ.  ބަންކަރިން ހިދުމަތް ދިނުމުގައި ހުންނަންޖެހޭ ޝަރުތެއް ކަމަށްވާ އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ސެކިއުރިޓީ ގޭޓް (އައިއެސްޕީއެސް ގޭޓް) ވެސް ވަނީ ގާއިމްކޮށް ނިމިފައިކަމަށް ވިދާޅުވިއެވެ.

މިއީ ގައުމުގެ އިގްތިސާދަށް އިންގިލާބީ ހެޔޮ ބަދަލެއް ގެނެދޭނެ ހިދުމަތެެއްކަމަށް ވަޖީހު ވިދާޅުވިއެވެ. މިއީ މާ ކުރިންވެސް ކޮށް ނިމިފައި އޮންނަން ޖެހޭ މަސައްކަތެެއްކަމަށްވެސް ވިދާޅުވިއެވެ. ދެތިން ފަހަރެއްގެ މަތިން މި ހިދުމަތް ފެށުމަށް ދިން ތާރީހު ބަދަލުކޮށްފައިވާއިރު، މިހާރު ސަރުކާރުން ބަންކަރިންގެ ހިދުމަތް ފެށުމަށް މަސައްކަތް ކުރަނީ، މި މަހުގެ 20 އަށެވެ.

ބަންކަރިންގެ ހިދުމަތް ފެށުމާއިއެކު، އިންޓަނޭޝަނަލް ކަސްޓަމަރުންނަށް އިތުރު 14 ހިދުމަތެއް އެ ސަރަަހއްދުން ދެވޭނެކަމަށް ފާހަގަކޮށް ވަޖީހު ވިދާޅުވީ މިކަމުގެ ސަބަބުން އަމިއްލަ ފަރާތްތަކަށާއި، ސަރުކާރު ކުންފުނިތަކަށްވެސް އާމްދަނީ ހޯދުމުގެ މަގު ފަހިވާނެކަމަށެވެ.

ރާއްޖޭގެ 59 ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ރައިސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ އިގްތިސާދު ފުޅާކުރުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެކަމަށާއި، އެގޮތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބަންކަރިންގް ހިދުމަތް މި މަހު ފެށިގެންދާނެކަމަށެވެ.

ރައީސް ވިދާޅުވީ، އަބަދު ދައްކާ ވާޙަކައެއްގެ ގޮތުއި ނުވެ، އެކަން ފެށިގެންދާނެކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެ މަސައްކަތްތައް ފެށުމާއިއެކު ފުރަތަމަ އަހަރުގެ ތެރޭގައިވެސް ދިވެހިރާއްޖޭގެ ޖީޑީޕީއަށް 400 މިލިއަން ޑޮލަރު އިތުރުކޮށްދޭނެކަމަށާއި އެއީ އެންމެ އަހަރެއްގައި އިތުރުވެގެންދާނެ މިންވަރުކަމަށް ހިއްސާކުރެއްވިއެވެ.

ރައީސް ވިދާޅުވީ، އޭރުން ދަރަނި ކުޑަވެގެންދާނެކަމަށާއި އުފެއްދުންތެރިކަމާއި އަޅާ ބަލާއިރު ދަރަނި ދަށްވެގެންދިއުމުގެ އިތުރުިންވެސް ބޮޑެތި ފައިދާތައްވެގެންދާކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ބިޒްނަސް ޕްރޮފިޓް ޓެކްސްއިން ފައިދާތައް ލިބިގެންދާނެއިރު ވަޒީފާތައް އިތުރުވެގެންދިއުމުގެ މަންފާވެސް ހާސިލުވެގެންދާނެކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އެމްޕީއެލް ފުޅާވެ ހަރުދަނާ ވެގެންދާނެކަމަށާއި ރައްޔިތުންނަށް އެކަމުގެ ފައިދާތައް ކުރާނެކަމަށްވުމުން ކުރެވެމުންދަނީ ފައިދާވަނިވި މަސައްކަތްތަކެއްކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި ބަންކަރިންގެ ޚިދުމަތްދެނީ ދުނިޔޭގެ މަޤްބޫލު މުދާ އުފުލާ އަދި ޝިފިންގ މަސައްކަތްތައް ކުރަމުންދާ ވިޓޯލް ބަންކާސްއާ ގުޅިގެންނެވެ. އެކި ސަރަހައްދުތަކުގައި ބޯޓުފަހަރަށް ތެޔޮ ފޯރުކޮށްދިނުމުގެ ޚިދުމަތް ފުޅާ ދާއިރާއެއްގައި ދެމުން އަންނަ ވިޓޯލް ބަންކާސްގެ މެޕުގައި ދިވެހިރާއްޖެ މިހާރު ވަނީ ހިމަނާފައެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސަޢީދު ވިދާޅުވީ، ބަންކަރިންގެ ޚިދުމަތް ފެށުމަށް ދިން ބައެއް ތާރީޚުތަކަށް ބަދަލުއައުމުގެ ސަބަބުތަކުގެ ތެރޭގައި މޫސުން ތަންނުދިނުން ހިމެނޭކަމަށެވެ.

އުތުރުގެ ބަންކަރިން ޚިދުމަތް ފޯރުކޮށްދޭ އުޅަނދުތަކަށް އިތުރު ޚިދުމަތްތައް ފޯރުވައިދިނުމަށް އެސްޓީއޯއާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއާ ދެމެދުވެސް ފަހުމުނާމާއެއްގައި މިހާރު ވަނީ ސޮއިކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: