ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޖީގެ މަގާމަށް އައްބާސް އައްޔަނުކުރުމަށް މަޖިލީހުން ރުހުން ދީފި

ޕީޖީ އައްބާސް ޝަރީފް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ މަގާމަށް އައްބާސް ޝަރީފް އައްޔަނުކުރުމަށް މަޖިލީހުން ރުހުން ދީފިއެވެ.

އައްބާސް އެ މަގާމަށް އައްޔަނުކުރުމަށް ފާސްވީ ވޯޓުގައި ބައިވެރިވީ މެންބަރުންގެ އިއްތިފާގުންނެވެ. އައްބާސް އެ މާގާމަށް އައްޔަނުކުރުމަށް ފެންނަކަމަށް 85 މެންބަރުން ވޯޓުދެއްވިއެވެ.

ދައުރު ހަމާވާން ގާތްވެފައި ވަނިކޮށް މިދިޔަ މަހުގެ 21 ގައި އެ މަގާމުގައި ހުންނެވި ހުސެއިން ޝަމީމް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފެށުމުން އޭނާ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ އިތުބާރު ނެތްކަމުގެ މައްސަލައިގެ ވޯޓަށް އަހާ ޖަލްސާ ފަށާފައިވަނިކޮށެވެ.

ގާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަނު ކުރުމަށްޓަކައި ހުޅުވާލުމުން އެ މަގާމަށް ހަ ބޭފުޅަކު ކުރިމަތިލި އެވެ. އެހެން ނަމަވެސް ރައީސް މަޖިލީހުގެ ތަޅުމަށް ފޮނުއްވީ އައްބާސްގެ ނަން އެކަންޏެވެ.

އަބާސްއާއި ގުޅޭގޮތުން ޝަކުވާއެއް އޮތްނަމަ އެކަމަށް ހުޅުވާލުމަށް ފަހު ބޭއްވި ކޮމިޓީގައި ވަނީ އަބާސްއާއި އިންޓަވިއުކޮށްފައެވެ. މި އިންޓަވިއުގައި އައްބާސް ވިދާޅުވީ އޭނާ ހައި ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި މަސައްކަތް ކުރި ފަސް އަހަރުގެ ތަޖުރިބާގައި ސިޔާސީ ބޭފުޅުންގެ މައްސަލަތަކާއި ޖިނާއީ ބޮޑެތި މައްސަލަތައް ބެލިއިރު، އެކި ކަހަލަ އިންޒާރުތަކާއި ބިރު ދެއްކުމާ ކުރިމަތިލާން ޖެހުނު ކަމަށެވެ. ނަމަވެސް އޭގެ އެއްވެސް މައްސަލައެއް ނިންމުމުގައި އިންޒާރަކަށް ލެނބިފައި ނުވާނެ ކަމަށާއި އަދިވެސް ހުންނެވީ އެގޮތުގައި ކަމަށް އައްބާސް ވިދާޅުވިއެވެ.

އިންޓަވިއުއަށް ފަހު އައްބާސް އެ މަގާމަށް އައްޔަނު ކުރުމަށް ކޮމިޓީން ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.

އައްބާސް ޕީޖީގެ މަގާމަށް އައްޔަނު ކުރުމަށް މާދަމާ ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: