ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެ ސިޓީ ކައުންސިލް ހިންގުމަށް އާ އިމާރާތެއް، ކުއްޔަށް ކުރާ ހޭދަ ކުޑަ ވާނެ: މޭޔަރ

މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީ ކައުންސިލް ހިންގުމަށް އަލަށް އިމާރާތް ކުރަމުންދާ އޮފީހުގެ މަސައްކަތް ނިމި، އެތަނުގައި ސިޓީ ކައުންސިލް ހިންގަން ފެށުމުން އެތައް ފައިސާއެއް ސަލާމަތް ކުރެވޭނެކަަމަށް މާލެ ސިޓީ ކައުންސިލުގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މި އިމާރާތާ ގުޅިގެން މައުލޫމާތު ދެމުން އާޒިމް ވިދާޅުވީ، މިއީ ވަރަށް ގިނަ ގޮން ޖެހުންތަކެއްގެ ހައްލުކަމަށެވެ. ކައުންސިލްގެ މަސައްކަތްތައްވެސް މި އިމާރާތުގެ ސަބަބުން ހަލުވިވެގެންދާނެކަމަށް އާޒިމް ވިދާޅުވިއެވެ.

މިހާރު މާލެ ސިޓީ ހިންގަމުން އަންނަނީ އެކި އިމާރާތްތަކުގައިކަމަށްވާއިރު، އާ އިމާރާތަކަށް ބަދަލުކުރުމުން ވަރަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ. އެގޮތުން މުވައްޒަފުންނާއިއެކު ބާއްވަން ޖެހޭ ބައްދަލުވުން ބޭއްވޭނެކަމަށާއި، އެއީ މަސައްކަތަށް ލިބޭ ކުރިއެރުމެއްކަމަށް އާޒިމް ވިދާޅުވިއެވެ.

އެކި އިމާރާތްތަކުގައި ސިޓީ ކައުންސިލްގެ އޮފީސްތައް ހިންގަމުން އަންނައިރު، ކުއްޔަށް ބޮޑެތި ހަރަދުތަކެއް ހިނގާކަމަށް ފާހަގަކޮށް، އާޒިމް ވިދާޅުވީ ނަމަވެސް މި އިމާރާތުގެ ސަބަބުން ކުއްޔަށް ކުރަން ޖެހޭ ހޭދަ ކުޑަވާނެކަމަށެވެ.

މި އިމާރާތަށް ބިޑު ހުށައެޅުން ހަމަވީ ސެޕްޓެމްބަރު މަހުގެ 17 އަށެވެ. ކުރިއަށް ދުވަސްތަކުގެ ތެރޭގައި މި މަސައްކަތް ބަޔަކާއި ހަވާލުކުރުމަށް ހަމަޖެހިފައިވާއިރު، ވަގުތީ ގޮތުން އަޅާ ސިޓީ ކައުންސިލުގެ އިމާރާތް ހެދުމަށް ހަމަޖެހިފައިވަނީ ދެ ބުރިޔަކަށެވެ. މި އިމާރާތުގެ މަސައްކަތް 8 މަހާއި 10 މަސް ދުވަހާއި ދެމެދުގެ މުއްދަތެއްގައި ނިމޭނެކަމަށް އާޒިމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: