ޖަޕާނުގައި ދަނޑުވެރިކަމުގެ ދާއިރާއިން ކިޔެވުމަށް ބޭނުންވާ ފަރާތްތަކަށް ސްކޮލަޝިޕްގެ ފުރުސަތު އެގައުމުން ހުޅުވާލައިފިއެވެ.
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އިން ބުނެފައިވަނީ، ސްކޮލަޝިޕްގެ ފުރުސަތުތައް ހުޅުވާލެވިފައި ވަނީ ޖަޕާން އިންޓަރނޭޝަނަލް ކޯޕްރޭޝަން އޭޖެންސީ (ޖައިކާ) ގެ އެގްރިކަލްޗަރ ސްޓަޑީޒް ނެޓްވޯކް ފޮރ ފުޑް އެންޑް ސެކުރިޓީ 2025 ގެ ދަށުން ކަމަށެވެ. މާސްޓަރސް ޑިގްރީ އަދި ޕީއެޗްޑީ ހާޞިލުކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ވަނި ފުރުސަތު ހުޅުވައިލައިފައެވެ. މާސްޓަރސް ޑިގްރީގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި، ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލުކޮށްފައިވުމާއި އަދި 1 އޭޕްރީލް 2025 ގެ ނިޔަލަށް އުމުރުން 35 އަހަރު ފުރިފައި ނުވުން ހިމެނެއެވެ.
ޕީއެޗްޑީގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި ކޯހާއި ގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވުން އަދި އޭޕްރީލް 2025 ގެ ނިޔަލަށް އުމުރުން 40 އަހަރު ފުރިފައި ނުވުން ހިމެނެއެވެ. މި ސްކޮލަޝިޕަށް ހުޅަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި، ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ، ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ، މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ ކޮޕީ، މުއްދަތު ހަމަނުވާ ޕާސްޕޯޓް ޑޭޓާ ޕޭޖްގެ ކޮޕީ އަދި ޖައިކާ އެޕްލިކޭޝަން ފޯމާއި، އެފޯމުގައި ބަޔާންކޮށްފައިވާ ތަކެތި ހިމެނެއެވެ.
ރާއްޖެއަށް ޚިދުމަތް ކޮށްފައިވާ މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް ހިމެނުމަށް ވަނީ އެދިފައެވެ. އަދި ރަސްމީ ލިޔުމެއް ނުލިބިއްޖެނަމަ ހާލަތެއްގައި ސަބަބާއި މުއްދަތު އިނގޭނެ އަމިއްލަ ލިޔުމެއް ހިމެނުމަށް ވަނީ އެދިފައެވެ. އަދި ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެބޭފުޅަކު މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން ހިމެނުމަން ވާނެއެވެ.
ޗަޕާނުން ހުޅުވާލި މި ސްކޮލަރޝިޕަށް ހުށަހެޅުމުގެ ސުންގަނޑިއަކީ މިމަހުގެ 26 ވާ ބުރާސްފަތި ދުވަހުގެ 13:30 އެވެ. މި ސްކޮލަރޝިޕް ފުރުސަތާއި ގުޅޭ އިތުރު މަޢުލުމާތު ސާފުކުރެއްވުމަށް 1474 އިން ލިބޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

