ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަސީނާއަށް ތާއީދުކުރާ ޕާޓީއެއްގެ މައި އޮފީހުގައި ހުޅުޖަހައިފި!

ޖާޓިޔާ ޕާޓީގެ މައި އޮފީހުގައި ހުޅުޖެހުން: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިހް ހަސީނާއަށް ތާއީދުކުރާ ސިޔާސީ ޕާޓީއެއްގެ އޮފީހުގައި ހުޅުޖަހައިފިއެވެ.

ބައިނަލްއަގުވާމީ ނޫސްތަކުން ބުނާގޮތުން، ޝޭހު ހަސީނާއާއި ދެކޮޅުވެރި ފަރާތްތަކުން ހުޅުޖަހާފައިވާ ސިޔާސީ ޕާޓީގެ އޮފީހުގައި ތިބި އެއްވެސް ބަޔަކަށް އަނިޔާތަކެއް ލިބިފައިވާކަމުގެ މައުލޫމާތު ލިބިފައިނުވެއެވެ. އަދި އެގައުމުގެ ވެރިރަށް ޑާކާގައި ހުރި ޖާޓިޔާ ޕާޓީގެ އޮފީހުގައި ރޯކޮށްލުމުގެ ޒިންމާ އެއްވެސް ފަރާތަކުން ވަގުތުން ނެގިކަންވެސް ފާހަގަކުރެވިފައިނުވާކަމަށް ރިޕޯޓުތަކުގައިވާއިރު މިހާދިސާގެ ތެރެއިން ހުޅުޖެހި ފަރާތްތަކާއި އެ ޕާޓީގެ މެމްބަރުންނާއި ދެމެދު ހަމަލާތައް ބަދަލުކުރެވިގެންދިޔަކަމަށްވެސް ބައެއް ފަރާތްތަކުން ބުނާކަމަށެވެ.

އަލިފާނުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ފުރިހަމަ ތަފްސީލެއްވެސް ނުލިބޭކަމަށް ބުނާއިރު މައުލޫމާތު ހޯދުމަށް ފޯނުން ގުޅުމުން އިތުރު ތަފްސީލުތަކެއް ދީފައިނުވެއެވެ. މީޑިއާތަކުން ބުނާގޮތުން ރޯކޮށްލާފައިވަނީ އެ ގައުމުގެ ތިންވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީގެ މައި މަރުކަޒުގައިކަމަށެވެ. އަދި މި ހާދިސާ ހިނގުމުގެ ކުރިން އެ ގައުމުގައި ކުރިއަށް ގެންދިޔަ ސްޓޫޑެންޓު ޕްރޮޓެސްޓުގައި އިސްކޮށް ފާހަގަކުރެވޭ ބައެއް ފަރާތްތަކުން އެ ޕާޓީ ނައްތާލަންޖެހޭކަމަށް ބުނެ އަޑުއުފުލަމުންދިޔަކަމަށެވެ.

ކުރީގެ ބޮޑުވަޒީރު ހަސީނާ ނިސްބަތްވެވަޑައިގަންނަވާ އަވާމީ ލީގު ޕާޓީއިންވަނީ އެ ގައުމުގައި 2009 ވަނަ އަހަރުން ފެށިގެން 15 އަހަރުގެ މުއްދަތަކަށް ވެރިކަން ކޮށްފައެވެ. އޭނާއަށް ފާޑުކިޔާ މީހުން ބުނާގޮތުން އެހެން ބޮޑެތި ސިޔާސީ ޕާޓީތަކުން އިންތިހާބުތަކުގައި ވާދަނުކުރާކަމަށްވުމުން ޖާޓިޔާ ޕާޓީއިން އަދާކުރަމުންދިޔައީ ޑިމޮކްރެސީއެއް އޮތްކަމަށް ދެއްކުމުގެ ދައުރުކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: