ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޫކްރެއިން ހަނގުރާމަ އިތުރަށް ގޯސްވިޔަ ނުދިނުމަށް އެމެރިކާއިން ޗައިނާއަށް ގޮވާލައިފި!

ޗައިނާގެ ރައީސް ޝީ ޖިންގް ޕިންގް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރަޝިއާ ޔޫކްރެއިން ހަނގުރާމަ އިތުރަށް ފުޅާވިޔަ ނުދިނުމަށް މަސައްކަތްކުރުމަށް އެމެރިކާއިން ޗައިނާއަށް ގޮވާލައިފިއެވެ.

ބައިނަލްއަގުވާމީ ނޫސްތަކުން ބުނާގޮތުން އެމެރިކާ އަދި ދެކުނު ކޮރެއާއިންވަނީ ރަޝިއާ އާއި އުތުރު ކޮރެއާގެ މައްޗަށް އޮންނަ ނުފޫޒުގެ ބޭނުން ހިފައިގެން އިތުރަށް އެ މައްސަލަ ފުޅާވިޔަ ނުދިނުމަށް މަސައްކަތްކުރުމަށް ގޮވާލާފައެވެ. އަދި މިކަމަށް ގޮވާލާފައިވަނީ އުތުރު ކޮރެއާއިން އެތައް ހާސް ސިފައިންނެއް ރަޝިއާއަށް އެހީތެރިވެދިނުމުގެ ގޮތުން ހަނގުރާމައިގައި ބައިވެރިވަމުންދާކަމުގެ އަޑުތައް ފެތުރިފައިވާއިރުކަމަށްވާއިރު ޗައިނާއިންވަނީ މި މައްސަލައިގައި ހަނުހުރެފައިކަމަށެވެ.

ވަރަށް މަދުން ނޫނީ ކުރިއަށް ނުގެންދާ ބައްދަލުވުމެއް މި ފަހުން ބޭއްވިފައިވާކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ. އެގޮތުން އެމެރިކާގެ ހާރިޖީ މަސައްްކަތްތަކުގެ އިސްވެރިންނާއި ޗައިނާއިން އެމެރިކާއަށް ކަނޑައަޅާފައިވާ ސަފީރާއި ދެމެދު މަޝްވަރާ ބައްދަލުވުންތައް ބޭއްވި އެމެރިކާގެ ކަންބޮޑުވުންތައް ހިއްސާކުރެވިފައިވާކަމަށާއި މައިގަނޑު ގޮތެއްގައި އަލިއެޅިގެންދިޔައީ މިހާރު އޮތް މަޝްރަހު ފިނިކުރުމުގެ މައްޗަށްކަމަށެވެ.

އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންތަނީ ބްލިކެން މީޑިއާތަކަށް މައުލޫމާތު ދެއްވިގޮތުން ދެ ފަރާތުގެ ދެމެދު ވަރަށް ފުޅާ މަޝްވަރާތަކެއް ކުރެވިފައިވާކަމަށެވެ. އަދި ޗައިނާއަށް މިހާރު އެމެރިކާގެ އުންމީދުތައް ސާފުވާނެކަމަށްވެސް ބުނެފައިވެއެވެ. އޭނާ ވިދާޅުވީ، އެ ގައުމުން އުންމީދުކުރަނީ މިހާރު އުފެދިފައިވާ މައްސަލަތައް ހައްލުކުރުމުގައި އެ ގައުމުގެ ނުފޫޒު ބޭނުން ކުރާނެކަމަށެވެ. ބްލިންކެން ވިދާޅުވީ، މިއީ ހަމައެކަނި އެމެރިކާގެ އެދުމެއް ނޫންކަމަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ގައުމުތަކުން މިކަމަށް އެދެމުންދާކަމަށެވެ.

އެމެރިކާގައި ހުންނަ ޗައިނާގެ އެމްބަސީގެ ތަރުޖަމާނަކު ހާމަކުރިގޮތުން ޗައިނާއިން ޔޫކްރެއިން ހަނގުރާމަ އާއިމެދު ގެންގުޅޭ ވިސްނުން ވަރަށް ސާފެވެ.  އެގޮތުން ޗައިނާއިން މަސައްކަތްކުރަމުންދަނީ ސުލްހައިގެ މަޝްވަރާތަކަށް ކަމަށާއި އެ ގައުމުން އެދެމުންދަނީ ޔޫކްރެއިންގައި ސިޔާސީ ހަމަޖެހުން ގާއިމުވެގެންދިއުމަށްކަމަށެވެ. އެހެންކަމުން ޗައިނާއިން މިކަމާއިމެދު ގެންގުޅޭ ހިޔާލުތަކަށް ބަދަލެއް ނާންނާނެކަމަށާއި މި މައްސަލައިގައި ބިނާކުރަނިވި ދައުރެއް އަދާކުރަމުންދާނެކަމަށެވެ.

އެމެރިކާއިން ބުނާގޮތުން މިވަގުތު ރަޝިއާގެ ސަރަހައްދީ އިމުގެ ތެރޭގައި ހަނގުރާމައިގެ ހާލަތަށް ތައްޔާރުވެތިބި އުތުރުކޮރެއާގެ 8000 އަށްވުރެ ގިނަ ސިފައިން ތިބކަމަށެވެ. އަދި މީހުންދަނީ ޔޫކްރެއިން އާއި ދެކޮޅަށް ކާމިޔާބު ހޯދުމުގެ ގޮތުން ރަޝިއާއިން ކުރަމުންދާ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުވުމަށްޓަކައި ތައްޔާރުވުވަމުންކަމަށެވެ. އެހެންނަމަވެސް ޗައިނާއިން މި ފިޔަވަޅުތަކާއިމެދު ރަސްމީ ސިފައެއްގައި ބަހެއް ބުނެފައިނުވާކަމަށް ނޫސްތަކުން ފާހަގަކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: