ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަސީބު އީސީއަށް އައްޔަންކުރަން މަޖިލީހުން ރުހުން ދީފި

އަބްދުލްހަސީބް އިސްމާއިލް
ޝެއާރކޮށްލާ ކަހަލަދޯ؟

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުކަމަށް އަބްދުލް ހަސީބު އިސްމާއިލް އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކޭޓްރީގެ މަގާމުވެސް އަދާކުރި ހަސީބު އީސީއަށް އައްޔަނު ކުރުމަށް ފޮނުވާފައި ވަނީ އެ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގުގެ ދައުރު މި މަހުގެ 24 އަށް ހަމަވާތީ އެވެ.

އީސީއަށް ކުރިމަތިލުމަށް ހުޅުވާލުމުން، ލިބުނު ހުށަހެޅުންތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވާފައި ވަނީ ވެސް ހަސީބުގެ ނަން އެކަންޏެވެ.

ނަން ދިރާސާ ކުރުމަށް ފަހު މަޖިލީހުގެ ތަޅުމުގައި، ނެގި ވޯޓުން ހަސީބަށް ރުހުން ދޭން ފެންނަކަމަށް ފާސްވީ ވޯޓުގައި ބައިވެރިވި 67 މެމްބަރުންގެ އިއްތިފާގުންނެވެ.

ހަސީބު އިސްލާމިކް މިނިސްޓްރީގެ ޕީއެސްގެ މަގާމަށް އައްޔަނު ކުރީ 2019 ގަ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުކަމުގެ ދައުރަކީ ފަސް އަހަރެވެ.

ފުއާދުގެ އިތުރުން ކޮމިޝަނުގައި މިހާރު ތިއްބެވި މެމްބަރުންނަކީ ނައިބު ރައީސް އަލީ ނަޝާތުއާއި، ޑރ. މުހައްމަދު ޒާހިރުގެ އިތުރުން މުހައްމަދު އާސިފް އަދި ހަސަން ޒަކަރިއްޔާ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: