އެމްޑީޕީގެ ހަރުގެއެއްގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން، މެންބަރު ޒިޔާދު ވަނީ ސަރުކާރުން ޤައުމުގެ މާލީ ހާލަތުާލީ ހާލަތު ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތްތަކާމެދު ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، ދެފުށް ފެންނަ ސިޔާސަތެއް ގެންގުޅުމުގެ ބަދަލުގައި ސަރުކާރުން ދައްކަމުންދަނީ މުނާފިޤުކަމުގެ ސިފަތަކެއް ކަމަށެވެ. އަދި ސަރުކާރުގެ ފަރާތުން ފެންނަމުންދަނީ ހަމައެކަނި ބޭރުފުށުގެ ބަދަލުތަކެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޒިޔާދު އިތުރަށް ވިދާޅުވީ، ޤައުމުގެ ހާލަތު މިހާ ދަށަށް ގޮސްފައިވާތީ، ރައްޔިތުން އަޑުއުފުލަންޖެހޭ ވަގުތު އައިސްފައިވާ ކަމަށެވެ. އަދި މިއަދު ޙައްޤުތައް ހޯދުމަށް ނުނުކުމެއްޖެނަމަ، މާދަމާ އެ ފުރުޞަތު ގެއްލިދާނެކަމުގެ އިންޒާރުވެސް ދެއްވިއެވެ.
އަގުތައް މަތިވުމުގެ ސަބަބުން ރައްޔިތުން އާ ހާލަތަށް ހޭނުމަށް މަޖުބޫރުވާނެ ކަމަށާއި، މީގެ ސަބަބުން އިޖްތިމާޢީ އިތުރު މައްސަލަތައް ކުރިމަތިވެދާނެކަމުގެ ބިރު ޒިޔާދު ފާޅުކުރެއްވިއެވެ. އޭނާ ވިދާޅުވީ، ބޭނުންތައް ފުއްދުމަށް ޓަކައި ބައެއް މީހުން އެހެން މީހުންގެ އަތުން ނަގައިގެން ބޭނުންކުރުން ފަދަ ކަންކަން އިތުރުވެދާނެ ކަމަށެވެ.
ޒިޔާދު އިތުރަށް ވިދާޅުވީ، ދުންފަތުގެ އިސްތިޢުމާލުކުރުމަށް ތާއީދު ނުކުރައްވާ ކަމުގައިވިޔަސް، އެއީ މުޖުތަމަޢުގައި ކުރެވެމުންދާ ކަމެއްކަން ޤަބޫލުކުރަންޖެހޭ ކަމަށެވެ. އަދި މިފަދަ ކަންކަމަށް ފައިސާ ހޯދުމަށް ޓަކައި ކުށްކުރުން އިތުރުވެދާނެކަމުގެ ބިރު ފާޅުކުރެއްވިއެވެ.

