ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަތުރުވެރިންގެ އަދަދު އިތުރުކުރަން ކުރި މަސައްކަތުން ކާމިޔާބީތަކަކަކާއިއެކު، ގިނަ އެވޯޑުތަކެއް!

ވޯލްޑް ޓްރެވަލް އެވޯޑްސްގައި އިންޑިއާ ކަނޑުގެ ކެޓަގަރީ އިން އެންމެ މަގުބޫލު މަންޒިލުގެ އެވޯޑު ރާއްޖެ އަށް ވަނީ ލިބިފަ ----ފޮޓޯ/އެމްއެމްޕީއާރުސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ފަތުރުވެރިކަމަކީ މާ ބޮޑު ތައާރަފެއް ބޭނުންވާ ސިނާއަތެއް ނޫނެވެ. އޭގެ ޒާތުގައިވެސް ރާއްޖޭގެ ފަތުރުވެރިކަމަކީ ބްރޭންޑެކެވެ. އެތައް ބައެއްގެ ބުރަ މަސައްކަތުން ނަގާ ކޮޅަށް ޖަހާފައި އޮތް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަކީ މިއަދު ރާއްޖޭގެ އިގްތިސާދު އެންމެ ބޮޑަށް ބަރޯސާވާ އެއް ސިނާއަތެވެ. ރާއްޖޭގެ އިގްތިސާދުގެ ބޮޑު ބައެއް ފަތުރުވެރިކަމަށް ހިއްސާކުރާއިރު، އަދިވެސް ފަތުރުވެރިކަމުން ލިބޭ ނަފިބޭ ނަފާ އިތުރުކުރެވޭނެ އެތައް ގޮތްތަކެއް އެބަހުރިއެވެ.

މިކަން ހާސިލްކުރުމަށް ފަތުރުވެރިންގެ ވަރަށް ބޮޑު ޝާމިލުވުމެއް އޮންނައިރު، މިވީ އަހަރުގެ ތެރޭގައި މި ސަރުކާރުން ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށްޓަކައި ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ކޮށްފައި އެބަހުރިއެވެ.

ޗައިނާ މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުމަށް އަލީ ބާބާ ކުންފުނީގެ ދަށުން ހިންގާ ފްލިގީއާއިއެކީ މެމޮރެންޑަމް އޮފް އަންޑަސްޓޭޑިން (އެމްއޯޔޫ) އެއްގައި ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމްގެ އެކި ޕްރޮޑަކްޓްތައް އިޝްތިހާރުކުރުމުގެ އިތުރުން، ޗުއްޓީ ހޭދަކުރަން ހިތްގައިމު ގުދުރަތީ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކޮށް، މުހިއްމު މާކެއްޓެއްގެ ގޮތުގައި ރާއްޖޭގެ މާކެޓް ޕޮޒިޝަން ދެމެހެއްޓުމަށް މަގުފަހިވާނެކަމަށް ސަރުކާރުން ފާހަގަކުރެއެވެ.

މީގެ އިތުރުން ޗައިނާގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް، ކޮވިޑް 19 ގެ ކުރީގެ އަހަރުތަކުގައި އޮތް ގޮތަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމަކީ ޗައިނާއަށް ހެދުމަށްޓަކައި ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ބައެއް މަސައްކަތްތައް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ޑައިރެކްޓް ފްލައިޓް ފެށުމަށާއި، ޗައިނާ އީންސްޓަރން އެއާލައިންއާއި ގުޅިގެން ރާއްޖެ ޕްރޮމޯޓް ކޮށްފައިވެއެވެ.

އިންޑީއާގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށްޓަކައިވެސް ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ރައީސުލްޖުމްހުރިއްޔާގެ ދެކަނބަލުން ވަނީ އިންޑިއާއި ރާއްޖޭގެ ގުޅުން  ބަދަހިކުރުމުގެ ގޮތުން ބޮލީވުޑްގެ ތަރިންނާއި ބައްދަލުކޮށްފައެވެ. މިކަމުގެ ސަބަބުން އިންޑިއާގެ މާކެޓުގެ ސެންޓިމެންޓްސް ރަނގަޅުވެގެން ދިޔަކަން ފާހަގަވިކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން މައުލޫމާތުދެއްވައެވެ. އަދި އިންޑިއާގެ ބުކިންތައް އިތުރުވާން ފަށާފައިވާކަމަށްވެސް މައުލޫމާތު ދިނެވެ.

މިވީ މުއްދަތުގެ ތެރޭގައި ގިނަ އެވޯޑުތަކެއްވެސް ހާސިލްކޮށްފައިވެއެވެ. އެގޮތުން ރާއްޖެއަށް ލިބިފައިވާ އެވޯޑުތަކުގެ ތެރޭގައި އިންޑިއަން އޯޝަން ލީޑިން ޑެސްޓިނޭޝަން، އިންޑިއަން އޯޝަން ލީޑިން ހަނީމޫން ޑެސްޓިނޭޝަން، އިންޑިއަން އޯޝަން ލީޑިން ގްރީން ޑެސްޓިނޭޝަން އަދި އިންޑިއަން އޯޝަން ލީޑިން ޑައިވް ޑެސްޓިނޭޝަންގެ އެވޯޑުތައް ހިމެނެއެވެ. މި އެވޯޑުތަކަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހާސިލްކުރެވުނު މުހިންމު ކާމިޔާބީތަކެކެވެ.

މީގެ އިތުރުން މި ވެރިކަމުގެ ތެރޭގައި، އިކޯ ޓޫރިޒަމްގެ މަޝްރޫއުއެއް އެކުލަވާލާ، އިފްތިތާހުކޮށްފައިވެއެވެ. މި މަޝްރޫއު ގާއިމްކުރުމަށް ބޭނުންވާ ސިޔާސަތުގެ ފްރޭމްވޯކް އަދި މަގުޗާޓަކީ ތިމާވެށީގެ ގޮތުން ހާއްސަ ސިފަތައް ލިބިގެންވާ ތަންތަނުގައި ފަތުރުވެރިކަމުގެ ހަރަކާތްތައް ހިންގާއިރު، އެތަނުގެ ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑާކޮށް ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ހިމާޔަތްކުރުމަށް ހާއްސަ ސަމާލުކަމެއް ދީގެން މުޖުތަމައުއަށް އެންމެ ފައިދާވާ ގޮތަކަށް ފަތުރުވެރިކަމުގެ ހަރަކާތްތައް ހިންގުމުގެ މަގްސަދުގައި އިފްތިތާހުކުރެވުނު މަޝްރޫއުއެކެވެ.

ހއ. ބާރަށުގައި އިކޯ ޓޫރިޒަމްއަށް ހާއްސަކޮށް މަޝްރޫއުއެއް ތައާރަފުކޮށްފައިވެއެވެ. އަދި ށ. ފުނަދޫގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އިކޯ ޓޫރިޒަމް ކުރިއަށް ގެންދިއުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ. މީގެ އިތުރުން ހދ. ކުޅުދުއްފުށީގައިއާއި، ނ. ކެނދިކުޅުދޫގައި އާއި ބ. ގޮއިދޫގައިވެސް އިކޯ ޓޫރިޒަމްގެ ފަހި ފުރުސަތުތައް ގާއިމްކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުންނެވެ.

މި ސަރުކާރަށް މިވީ މުއްދަތުގެ ތެރޭގައި ރާއްޖެއަށް ޒިޔާރާތްކޮށްފައިވާ ފަތުރުވެރިންގެ ތަފާސް ހިސާބުތަކާއި، މިދިޔަ އަހަރުތަކުގެ ތަފާސް ހިސާބުތަކާއި އަޅާބަލާއިރު އިތުރުވުންތަކެއް އައިސްފައި އެބަހުއްޓެވެ. އެގޮތުން 2023 ވަނަ އަހަރާއި އަޅާބަލާއިރު، ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކުރި އަދަދުތައް ވަނީ އުފުލިފައެވެ. 2024 ވަނަ އަހަރުގެ ސެޕްޓެމްބަރސެޕްޓެމްބަރު މަހުގެ ނިޔަލަށް ފަތުރުވެރިން ޒިޔާރާތްކުރި އަދަދު ވަނީ 2023 ވަނަ އަހަރާއި ބަލާއިރު 9.6 އިންސައްތައިގެ ކުރިއެރުމެއް ލިބިފައެވެ.

މި ހުރިހާ ކާމިޔާބީތަކަކީވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާއެކެވެ. ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއަށް ލިބެމުންދާ އާމްދަނީ އިތުރުކުރުމަށާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ބްރޭންޑް އިތުރަށް ވަރުގަދަކުރުމަށް ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އައު އުފެއްދުންތައް ތަޢާރަފުކުރުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ސަރުކާރުން ދަނީ އިސްކަންދެމުންނެވެ. އިކޯ ޓޫރިޒަމްގެ މަޝްރޫޢުތަކަކީ މިކަމުގެ ހެއްކެކެވެ. މި މަޝްރޫޢުތަކުގެ ސަބަބުން ރާއްޖޭގެ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ފަތުރުވެރިކަމުގެ ނަފާ ސީދާގޮތުގައި ލިބި، އިޤްތިޞާދީ ގޮތުން ރަށްރަށް ކުރިއަރައިގެންދާނެއެވެ.

ހަމައެހެންމެ، ބޭރުގެ މާކެޓްތަކުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ސަބަބުން، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، އެކި ގައުމުތަކުން އަންނަ ފަތުރުވެރިންގެ ނިސްބަތް އެއްހަމަވެގެންދާނެއެވެ. މިކަމުގެ ސަބަބުން ވަކި ގައުމަކަށް ބަރޯސާވުން ކުޑަވެ، ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތައް ކުޑަކުރެވޭނެއެވެ.

މިވީ މުއްދަތުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން ހާސިލުކުރެވިފައިވާ ކާމިޔާބީތަކާއި އެވޯޑުތަކަކީ، ރާއްޖޭގެ ފަތުރުވެރިކަމުގެ މުސްތަޤުބަލް އުޖާލާކަމުގެ ހެއްކެކެވެ. ސަރުކާރުން މި ދާއިރާއަށް ދެމުންދާ އަހައްމިއްޔަތުކަމާއި، ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން، ކުރިއަށް އޮތް އަހަރުތަކުގައިވެސް ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއަރައި، ގައުމުގެ އިޤްތިޞާދަށް އޭގެ ހެޔޮ އަސަރު ފޯރާނެކަން ޔަޤީނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: