ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެތައް އަހަރެއްވީ ރިސޯޓުތައް އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ފަށާ، މިލިއަނުން ފަތުރުވެރިކަމަށް އިންވެސްޓް ކޮށްފި!

ފައިސަލްގެ ތައުރީފު އަބްދުއްރަޙީމަށ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި ވެރިކަން ކުރެއްވި އެތައް ވެރިންނެއްގެ ދައުރުތަކުގައި ފަތުރުވެރިކަމުގެ ބޭނުމަށް އެތައް ރަށްތަކެއް ކަނޑައެޅުނު ނަމަވެސް، އަދިވެސް ތަރައްޤީނުކުރެވި ހުރި ގިނަ ރަށްތަކެއް ވާކަން ފާހަގަކުރެވެއެވެ. މި ސަރުކާރުގެ އަމާޒަކީ މި ރަށްތަކުގެ ތަރައްޤީގެ މަސައްކަތް އަވަސްކޮށް، ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ފުޅާކުރުމެވެ. މިގޮތުން، ނުނިމި ހުރި ރިސޯޓުތަކުގެ މަސައްކަތް އަވަސްކުރުމަށާއި، އެ ތަންތަން ހުޅުވުމަށް ބޭނުންވާ ފައިސާ ހޯދުމަށް ސަރުކާރުން އިސްނަގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ވަޢުދުވެފައެވެ.

ޓޫރިޒަމް މިނިސްޓަރު ފައިސަލްގެ ބަސްފުޅުގައި، 20 އަހަރު ވީއިރުވެސް ހަދާ ނުނިމި އޮތް 63 ރަށެއް ހުރިކަމަށް ވިދާޅުވެފައިވެއެވެ. މި ރަށްތައް ހިންގުމަށް ގެނައުމަށްޓަކައި، ސަރުކާރުން ވަނީ ޚާއްޞަ ސިޔާސަތެއް އެކުލަވާލައި، އޭގެ ތަންފީޒުކުރުމުގެ މަސައްކަތް ފަށާފައެވެ. މި މަސައްކަތުގައި ޓޫރިޒަމް މިނިސްޓްރީގެ އިތުރުން، މިނިސްޓްރީ އޮފް ފިނޭންސް، އެޓަރނީ ޖެނެރަލްގެ އޮފީސް އަދި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ހިމެނޭ ކޮމިޓީއަކުން ވަކި ބައިތަކަކަށް ބަހާލައިގެން ރަށްތަކާއި ފަޅުތައް ދިރާސާކޮށް ފާހަގަކޮށްފައިވެއެވެ.

ސަރުކާރުގެ މި ސިޔާސަތުގެ ދަށުން:

1. އެއްވެސް މަސައްކަތެއް ފެށިފައިނުވާ ތަންތަން ދައުލަތަށް އަނބުރާ ނެގުމަށް ނިންމާފައިވެއެވެ. މިގޮތުން، ކުއްޔަށް ހިފާފައިވާ ފަރާތްތަކާ މަޝްވަރާކޮށް، ދައްކަންޖެހޭ ބިމު ކުލި އަދި ޖޫރިމަނާ މަޢާފުކޮށްދިނުމަށްފަހު، އިތުރު ދަޢުވާއެއް ނުކުރާނެކަން ކަށަވަރުކުރުމަށް ވަނީ ނިންމާފައެވެ.

2. މަސައްކަތް ފަށައި ނުނިމި ހުރި ތަންތަނާ ގުޅޭގޮތުން، ކުއްޔަށް ހިފާފައިވާ ފަރާތްތަކާއެކު މަޝްވަރާކޮށް، އެއްބަސްވާނަމަ ތިންވަނަ ފަރާތެއް މެދުވެރިކޮށް ވެލުއޭޓްކުރުމަށްފަހު، ކޮށްފައިވާ މަސައްކަތުގެ އިންސައްތައަށް ޙައްޤުވާ ޙިއްޞާ އެ ފަރާތްތަކަށް ދިނުމަށް ނިންމާފައިވެއެވެ.

3. މަސައްކަތް ނުނިމި ހުރި ތަންތަނުގެ މަސައްކަތް ނިންމުމަށް ސަރުކާރު ހިއްސާވާ ކުންފުންޏަކާ ޙަވާލުކުރުމަށް ނިންމާފައިވެއެވެ.

4. މަސައްކަތް ނިމުމުން، ކުރިން ޙައްޤުވާ ޙިއްޞާ ބައި-ބެކްކުރުމުގެ ފުރުޞަތު ދިނުމަށް ނުވަތަ ސަރުކާރަށް ލީސް ޓްރާންސްފަރކޮށް ހިންގުމުގެ އޮޕްޝަން ދިނުމަށް ނިންމާފައިވެއެވެ.

މީގެ އިތުރުން، ނުނިމި ހުރި ރިސޯޓުތަކުގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް އައު އަދި ބަދަލުވަމުންދާ ޙާލަތަށް ފެތޭ ފައިނޭންސިންގ އޮޕްޝަންތައް ހޯދުމަށް ސަރުކާރުން މަސައްކަތްކުރަމުންދެއެވެ. މިގޮތުން:

1. ނުނިމި ހުރި ރިސޯޓުތަކުގެ މަސައްކަތުގެ ކުރިއެރުމުގެ އިންސައްތަ އަދި ރިޕޯޓުތައް ދިރާސާކުރުމުގެ މަސައްކަތް ވަނީ ފެށިފައެވެ.

2. ޚާއްޞަ ސިޔާސަތެއް އެކުލަވާލައި، އެ ސިޔާސަތު ތަންފީޒުކުރުމަށް ކޮމިޓީއެއް އުފެއްދުމަށް ނިންމާފައިވެއެވެ.

3. މި ކޮމިޓީއިން ރަށްތައް ވަކި ބައިތަކަކަށް ބަހާލައި، ލީސް ހޯލްޑަރުންނާ ބައްދަލުކޮށް މަޝްވކޮށް މަޝްވަރާކުރުމުގެ މަސައްކަތް ކުރިއަށްދެއެވެ.

4. މި މައްސަލައަށް ޙައްލު ހޯދުމުގެ ސިޔާސަތު ކަރުދާހެއް އިކޮނޮމިކް ކައުންސިލްގައި މަޝްވަރާކުރެވެމުންދާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށްޓަކައި ސަރުކާރުން ވަނީ ބޮޑެތި އިންވެސްޓްމަންޓްތަކެއްވެސް ކޮށްފައެވެ. މީގެ ތެރޭގައި:

1. 2023 ވަނަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން 400 މިލިއަން އެމެރިކާ ޑޮލަރު ތަރައްޤީގެ މަޝްރޫޢުތަކަށް ޚަރަދުކުރެވިފައިވެއެވެ.

2. ކްރޮސް ސަބްސިޑީގެ ގޮތުގައި 13.2 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުކުރެވިފައިވެއެވެ.

3. މި އަހަރުގެ ތެރޭގައި ސަރުކާރުން ސޮއިކޮށްފައިވާ 3 މަޝްރޫޢުއެއްގެ ފައިދާގެ ގޮތުގައި 100 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވެއެވެ.

މި ހުރިހާ މަސައްކަތްތަކަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ފުޅާކޮށް، މި ސިނާޢަތުގެ ތެރެއިން އިތުރު ފުރުޞަތުތައް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކެވެ. މި މަސައްކަތްތަކުގެ ސަބަބުން، ކުރިއަށް އޮތް ތަނުގައި ފަތުރުވެރިކަމުގެ ދާއިރާއިން ޤައުމަށް ލިބޭ އާމްދަނީ އިތުރުވެ، އިތުރު ވަޒީފާގެ ފުރުޞަތުތައް އުފެދި، ޖުމްލަކޮށް ޤައުމުގެ އިޤްތިޞާދަށް ފައިދާކުރާނެކަމަށް އުންމީދުކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: