ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާންމުނަށް އެއްވެސް ކަމެއް އުނި ނުވާނެހެން އަންނަ އަހަރުގެ ބަޖެޓުން 500 މިލިއަން ސަލާމަތް ކުރެވޭނެ: މިނިސްޓަރު

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އާންމުނަށް އެއްވެސް ކަމެއް އުނި ނުވާނެހެން އަންނަ އަހަރުގެ ބަޖެޓުން 500 މިލިއަން ސަލާމަތް ކުރެވޭނެކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވިއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ދިޔަ، 2025 ވަނަ އަހަރަށް ދައުލަތުން ހުށައެޅި ބަޖެޓުގެ ބަހުސްގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ފުރުސަތަކަށް އެދުނީ ބަޖެޓާއި ގުޅޭ ބައެއް ވާހަކަތައް އޮޅުން އަރާ ގޮތަށް ދައްކާފައިވާތީ ސާފުކޮށްދިނުމަށްކަމަށެވެ.

މަޝްރޫއުތައް ލިސްޓުކޮށްގެން ފެށުމުން ވަރަށް ގިނަ މަޝްރޫއުތައް ނުފެށި ޕެންޑިންގައި ހުންނަކަމަށް މެންބަރުން ވިދާޅުވަނީ ރަނގަޅަށްކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި މަަސައްކަތް ކުރައްވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަކީ މި ސަރުކާރުގެ އަމާޒެއްކަމަށެވެ.

ދެންމެ ވިދާޅުވެއްޖެ އެސްއޯއީ ރިފޯމްގެ ވާހަކަ ވަރަށް ގިނަ އެހެން މެންބަރުންވެސް އެބަހުރި އެ ފާހަގަކުރައްވާފަ، އެސްއޯއީ ރިފޯމްއަކީ އަޅުގަނޑުމެން ހަގީގަތުގައިވެސް ވަރަށް ބޮޑަށް ލަސްވެފަ.

މިނިސްޓަރު ވިދާޅުވިއެވެ.

އެސްއޯއީތައް ރިފޯމް ކުރުމުގެ މަސައްކަތް އޮތީ ވަރަށް ބޮޑަށް ލަސްވެފައިކަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ، މީގެ ކުރީގައި ކަންކަން ހިނގަމުން ދިޔައީ ކުންފުނިތައް ޖަވާބުދާރީ ކުރެވޭ ގޮތަށް ނޫންކަމަށެވެ. ނަމަވެސް މި ސަރުކާރުން އެކަން ބަދަލުކުރާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އާންމު ރައްޔިތުންނަށް ދެމުން އަންނަ ހިދުމަތަށް ބަދަލު ނުގެނެސް ލީކޭޖުގެ މައްސަލަ ހައްލުކޮށްގެން 500 މިލިއަން ރުފިޔާ ރައްކާކުރެވޭނެ މަގުތައް އެބަހުރިކަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ، މިހާރު ލިބެމުންދާ ޕެންޝަނާއި، އުމުރުން ދުވަސްވީ މީހުންނަށް ލިބޭ އެލެވަންސަށް ބަދަލު އައިސްދާނެކަމަށް ހީވެފައި އޮތް އޮތުމަކީ އޮޅުމެއްކަމަށެވެ.

މިފަދަ އެއްވެސް ކަމަކަށް ބަދަލެއް ނާންނާނެކަމަށާއި، ނަމަވެސް ޑަބަލް ޕެންޝަންފަދަ ކަންކަން ބަދަލުކޮށް، ރިފޯމް ކުރާނެކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: