ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސެންޓްރަލް ޕްރިޒަންސް ކޮމްޕްލެކްސްއާއި އެކު ޖަލުގެ ހާލަތަށް ބޮޑެތި ބަދަލުތައް އަންނާނެ: އިހުސާން

ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓަރ އަލީ އިހުސާން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުގެ އަމާޒަކީ ސެންޓްރަލް ޕްރިޒަންސް ކޮމްޕްލެކްސްއެއް ގާއިމު ކުރުންކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ސަރުކާރަށް އެއް އަހަރު ފުރުމާއި ގުޅިގެން ސަންގުޓީވީ ކުރިޔަށް ގެންދިޔަ ހާއްސަ ކަވަރޭޖުގައި އިހުސާން ވިދާޅުވީ ރާއްޖޭގައި ޖަލުތައް ގާއިމު ކުރެވިފައި ވަނީ، ޖަލުތައް ހުންނަން ޖެހޭ އުސޫލާއި އެއްގޮތަކަށް ނޫންކަމަށެވެ. ކުރީގައި އެކި ބޭނުންތަށް ހާއްސަކޮށްފައި ހުރި ގުދަންތަކެއް ހުސްކޮށް ހުރުމުން އެތަނުގައި ވަގުތީ ގޮތުން މީހުން ބަންދު ކުރުމަށް ފެށި މަސައްކަތް ދާއިމީ ވެގެން ދިޔައީކަން އިހުސާން ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ ރައީސް މުއިއްޒުގެ އެންމެ ބޮޑު ސިޔާސަތަކީ ރާއްޖޭގައި ސެންޓްރަލް ޖަލެއް އެޅުންކަމަށެވެ.

ސެންޓްރަލް އެއް ޖަލަށް ދާން ޖެހޭ އެއް ސަބަބަކީ އެއީ ބައިވަރު ޖަލުތަކުގައި ތިބީބަ، ހާއްސަކޮށް ރާއްޖޭގެ ވަކިވަކި ރަށްތަކުގައި ޖަލުތައް ގާއިމުކޮށްގެން ތިބީމަ ގައިދީއެއްގެ ބޮލަކަށް ޖެހޭ ހަރަދުތައް ބޮޑުވުން.. މިހާރުވެސް އެބަ ހަރަދު ކުރޭ ހަތާވިސްހާހެއްހާ ރުފިޔާ.. ކޮންމެ ބޮލަކަށް މަހަކު، މިއީ ވަރަށް ބޮޑު އަދަދެއް. އެވްރެޖު ރައްޔިތެއް 24 ގަޑިއިރު މަސައްކަތްކޮށްގެން މިދެނީ ފަނަރަ ހާސް ވަރަކަށް ރުފިޔާ.. އަޅުގަނޑުމެން ހަތާވިސް ހާސް ރުފިޔާ ހަރަދު ކުރަންޖެހޭ ސަބަބެއް ނެތް..

މި މައްސަލައަށް ހައްލު ހޯދުމަށް އެހެން ގައުމުތަކުގައި އަމަލު ކުރާ އުސޫލު ބަލައި ހޯދާފައިވާނެކަމަށާއި، އަދި އެންމެ ރަނގަޅު އެއް މޮޑެލްއަކީ އެއް ސިންގަލް ޕްރިޒަން ކޮމްޕްލެކްސް ޖަލު އެޅުންކަން ފާހަގަކުރެވުނުކަމަށް އިހުސާން ވިދާޅުވިއެވެ. އިހުސާން ވިދާޅުވި ގޮތުގައި މިއީ ސެކިއުރިޓީ ގޮތުންނާއި، ކުށްތަކުގެ ސެގްރިގޭޓުގެ ގޮތުން ބެލި ނަމަވެސް ރަނގަޅު ފިޔަވަޅަކަށްވާނެއެވެ.

ހަރަދު ބޮޑުކޮށް މިހާރު ހިންގަމުންދާ ޖަލުތަކުގެ ހާލަތު ސިންގަލް ޕްރިޒަންސް ކޮމްޕްލެކްސްއާއި އެކު ވަރަށް ބޮޑުތަނުން ހައްލު ވެގެންދާނެކަމަށް އިހުސާން ވިދާޅުވިއެވެ. އިހުސާން ވިދާޅުވީ ޖަލުތަކުގެ ހާލަތު ހުންނަން ޖެހޭ ގޮތާއި، އެ މިންގަނޑުތައް ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤުވާމީ މުއާހަދާތަކުން ވެސް ކަނޑައަޅާފައިވާކަމަށެވެ.

އިހުސާން ވިދާޅުވި ގޮތުގައި ބޭނުން ވަނީ ރިހެބިލިޓޭޝަނަށް ވެސް ފަހިވާނެ މާހައުލެއް އޮތް ޖަލުތަކުގެ ނިޒާމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: