ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޮސްކޯގެ އިސް ޖެނެރަލަކު މަރާލުމާއެކު، އާންމުންގެ ތެރޭގައި ބިރުވެރިކަން

ރަޝިއާގެ އިސް ޖެނެރަލެއްކަމަށްވާ އައިގާ ކިރިލޯވް
ޝެއާރކޮށްލާ ކަހަލަދޯ؟

ރަޝިއާ ޔޫކްރޭން ހަނގުރާމައަށް 3 އަހަރުވެގެންދާއިރު، މި ހަނގުރާމައިގެ އަސަރު ރަޝިއާގެ ވެރިރަށް މޮސްކޯއިންވެސް މިހާރު ދަނީ ފެންނަމުންނެވެ.

ބީބީސީގައި ރިޕޯޓު ކޮށްފައިވާގޮތުން މި ހަނގުރާމައަށް 3 އަހަރުވެގެންދާއިރު، ވެރިރަށް މޮސްކޯއިން މިހާތަނަށްވެސް ފެންނަމުން އައިސްފައިވަނީ އާންމު ޙާލަތެވެ. ހަނގުރާމައިގެ ވާހަކަތައް މޮސްކޯގެ ރައްޔިތުން އަހަމުންދިޔައީ ޓީވީތަކާއި ރޭޑިއޯތަކުންނެވެ.

އެހެންނަމަވެސް، ދާދި ފަހުން ޔޫކްރޭންގެ ޑްރޯނެއް މޮސްކޯގެ ވައިގެ ދިފާއި ނިޒާމު ފޫއަޅުވާލައި މޮސްކޯއަށް ވަނުމާއި، އަންގާރަ ދުވަހު ރަޝިއާގެ ސިފައިންގެ އިސް ޖެނެރަލަކު މަރާލުން ވެގެން ގޮސްފައިމިވަނީ މޮސްކޯގެ ރައްޔިތުންނަށްވެސް އިންޒާރުގެ ރަނގަބީލަކަށެވެ.

އަންގާރަ ދުވަހު ދިން ޓާގެޓް ޙަމަލާއެއްގައި މަރާލާފައިވަނީ ރަޝިއާގެ އިސް ޖެނެރަލެއްކަމަށްވާ ލުޓެނެންޓް ޖެނެރަލް އައިގަރ ކިރިލޯވްއާއި، އޭނާގެ އެސިސްޓަންޓް އިލްޔާ ޕޮލިކަރޕޯވް އެވެ. އެމީހުން މަރާލާފައިވަނީ އިލެކްޓްރިކް ސްކޫޓަރެއްގައި ބޮން ހަރުކޮށްގެންނެވެ.

ލުޓެނެންޓް ޖެނެރަލް އައިގަރ ކިރިލޯވްއަކީ ރަޝިއާގެ ނިއުކްލިއަރ ބައޮލޮޖިކަލް ކެމިކަލް ޑިފެންސް ފޯސް (އެންބީސީ) ގެ ވެރިޔާއެވެ.

މި ޙަމަލާއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރަޝިއާގެ ކުރީގެ ރައީސް ޑިމިޓްރީ މެޑްވެޑޭވް ވިދާޅުވީ، މި ޙަމަލާގެ ފުރިހަމަ ތަހުގީގެއް ހިންގައި، ބޮން ހަރުކުރި މީހުންނަށް ހަރުކަށި އަދަބު ދޭން ޖެހޭނެ ކަމަށާއި، ޔޫކްރޭންގައި ޙަރަކާތްތެރިވާ ހަމަލާއާ ގުޅުންހުރި ފަރާތްތަކަށް އޭގެ ބަދަލު ދޭން ޖެހޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: